ކައުންސިލް އިންތިހާބާއި ރެފެރެންޑަމް އެކުގައި ބޭއްވުމުން ރެފެރެންޑަމްއަށް ހިޔަނި އެޅުނު: މުންދު

މުހައްމަދު ހުސައިން ޝަރީފް (މުންދު): ކައުންސިލް އިންތިހާބާއި ރެފެރެންޑަމް އެކީގައި ބޭއްވުމުން ރެފެރެންޑަމްއަށް ހިޔަނި އެޅުނު ކަމަށް ވިދާޅުވި -- ފޮޓޯ: ދައުރު

މުހައްމަދު ހުސައިން ޝަރީފް (މުންދު): ކައުންސިލް އިންތިހާބާއި ރެފެރެންޑަމް އެކީގައި ބޭއްވުމުން ރެފެރެންޑަމްއަށް ހިޔަނި އެޅުނު ކަމަށް ވިދާޅުވި -- ފޮޓޯ: ދައުރު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓު އެކީގައި ބޭއްވުމުން ފެންނަ ނުފެންނަ ވޯޓަށް ހިޔަނި އެޅުނުނު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 

ދައުރު ނޫހުން ގެނެސްދިން ޕޮޑްކާސްޓެއްގައި މުންދު ވިދާޅުވީ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓަކީ މުޅިން ތަފާތު ދެ އިންތިހާބަކަށް ވެފައި، އެ ދެ އިންތިހާބު އެކީގައި ބޭއްވުމުން އޭގެ ހިޔަނި ފެންނަ ނުފެންނަ ވޯޓަށް އެޅުނު ކަމަށެވެ. 

"އަޅުގަނޑު ގަބޫލު ކުރަމޭ [ހިޔަނި އެޅުނު ކަމަށް]. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މީގައި ހުރި، ޖުމްލަ ގޮތެއްގައި އިންތިހާބުތަކުގައި ހުރި ރައްޔިތުންގެ އަރިހުން އަޅުގަނޑުމެން އޮޅުންފިލުވަން ޖެހޭ އެއްޗަކާއި، މީގައި ކޮންމެ ގޮތަކަށް އިބާރާތް އޮތަސް، އޮޅުންފިލުވަން ޖެހޭ އެއްޗަކާ އެއީ ދެ އެއްޗެއް،" މުންދު ވިދާޅުވި އެވެ. 

Advertisement

މުންދު ވިދާޅުވީ ވޯޓާސް ރަޖިސްޓްރޭޝަނާއި ސިވިކް އެޑިއުކޭޝަންގެ ޒަރިއްޔާއިން އެކަނި ބެލި ކަމުގައިވިޔަސް އިންތިހާބުގައި ގިނަ އަދަދެއްގެ މީހުން ބާތިލު ވޯޓު އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ އިންތިހާބުގައި ވޯޓުލާ ކަރުދާސް މީހުންނަށް ވެގެންދިޔައީ މުޅިން އައު ކަރުދާހަކަށް ކަމަށެވެ. 

"އެއަށްވުރެ ބޮޑަށް އަޅުގަނޑު ކަންބޮޑުވިކަމެއް ޕާސަނަލީ އަނެއްކާވެސް ސިޔާސީ ތޮފި އަޅާފައި މި ދަންނަވަނީ ވަރަށް އާ އެއްޗަކަށްވި އެ ކަރުދާސް. އަޅުގަނޑުމެން ރާއްޖެއަކީ ގިނަ ގައުމުތައްހެނެއް އެއް ބެލެޓް ޝީޓެއްގައި ސުވާލުތަކެއްކޮށް އެތައް ބައިވަރު ބަޔަކު ވަކިން ހޮވާ،" މުންދު ވިދާޅުވި އެވެ. 

"ވަރަށް ބައިވަރު ހުއްޓޭ ބައްލަވާ. މީގައި ވޯޓާ ރަޖިސްޓްރޭޝަނާއި ވޯޓާ ރަޖިސްޓްރޭޝަނާއި ސިވިކް އެޑިއުކޭޝަންގެ ނަޒަރިއްޔާ އެކަނި ބައްލަވާލެއްވިޔަސް އަޅުގަނޑު ކަންބޮޑުވޭ އެހާ ގިނަ އަދަދެއްގެ މީހުން ބާތިލުވެފައި އޮތީމަ."

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުން ހޭލުންތެރިކުރުމަށް އެކަށީގެންވާ މަސައްކަތްތައް ކޮށްފައި ނުވާ ކަމަށާއި އޭގެ ރަނގަޅަށް މީހުން ހޭލުންތެރިކުރުމުގެ ޒިންމާ ޕާޓީތަކުންވެސް ނަގަން ޖެހޭ ކަމަށެވެ. 

"ކުރަންވީ ވަރަކަށް ނުކުރެވޭ [އިލެކްޝަނަކަށް]. އަސްލު އެއަށްވުރެ މާ ތިރިކޮށް. ބައްލަވާ މި ރާއްޖޭގައި އާގޮތަކަށޭ މި އަންނަނީ ކަރުދާސް. އާންމުކޮށް ތިބޭފުޅުން ޒަމާނުއްސުރެ އާދަވެފައި އޮތް ކާފު ޖަހާފައި ނިންމާލާ އުސޫލަކުން ނޫނޭ. އޭގެ ޒިންމާ އޮންނާނެ ޕާޓީތަކުގައި ވެސް. އެ ފަރާތްތަކުގައި ވެސް،" އޭނާ ވިދާޅުވި އެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް 68.7 ޕަސަންޓު މީހުން ވޯޓު ދިންއިރު، އެއީ ޖުމްލަ 148،859 މީހުންގެ ވޯޓެވެ. 

މުހައްމަދު މުއިއްޒު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުން ބޮޑު ތަފާތަކުން ސަރުކާރު ބަލިވީ އެވަރަށް މަސައްކަތް ނުކުރެވުމުންނާއި ވާނުވާ އޮޅުންނުފިލުވާ ތިބެ ރައްޔިތުން ވޯޓު ދިނުމުން ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުގެ މައުލޫ ޕީއެންސީގެ ކެމްޕެއިން ޓީމުތަކަށް ނުކިޔައިދެވުނު ނަމަވެސް އެމަނިކުފާނު އެ ވާހަކަ ވަރަށް ރަނގަޅަށް ރައްޔިތުންނަށް ކިޔައިދީފައިވާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox