ޑރ. މުފްލިހާގެ "ސިއްހަތާއި ދުނިޔެ" ފޮތް ނެރެފި

ޑރ. މުފްލިހާގެ "ސިއްހަތާއި ދުނިޔެ" ފޮތް

ޑރ. މުފްލިހާގެ "ސިއްހަތާއި ދުނިޔެ" ފޮތް

ދިވެހިބަހުން ސިއްހީ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި "ސިއްހަތާއި ދުނިޔެ" ނަމުގައި ޑރ. ފާތިމަތު މުފްލިހާ ލިޔުއްވާފައިވާ ފޮތެއް ނެރެފި އެވެ.

ޑރ. މުފްލިހާ ވިދާޅުވި ގޮތުގައި މިފަދަ ފޮތެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ބަހުން ސިއްހީ މައުލޫމާތު ކިޔުންތެރިންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ. ސިއްހީ ދާއިރާއިން ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް މަދުވުމަކީ މި ފޮތް ނެރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަސްދޮޅަސް އަށް ސަފުހާގެ މި ފޮތް ތައްޔާރުކޮށްފައިވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ކިޔާލަން ފަސޭހަ، ގަޔާވާނެ ފަދަ ގޮތަކަށެވެ. މި ފޮތުގައި މައުލޫމާތުތައް ގެނެސްދިނުމުގައި ކުރެހުމާއި ވާހަކައިގެ އުކުޅުތައް ބޭނުންކޮށްފައިވެއެވެ.

Advertisement
ފޮތް ނެރުމުގެ ހަފުލާގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރުނާ އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއާއެކު ޑރ. މުފްލިހާ (މ) ފޮޓޯއަކަށް ހުއްޓިގެން. މި ފޮތް ނެރެދެއްވީ ޝިރުނާ އާއި ހަލީމް.
ފޮތް ނެރުމުގެ ހަފުލާގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރުނާ އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއާއެކު ޑރ. މުފްލިހާ (މ) ފޮޓޯއަކަށް ހުއްޓިގެން. މި ފޮތް ނެރެދެއްވީ ޝިރުނާ އާއި ހަލީމް.

މި ފޮތުގައި މައިގަނޑު ފަސް ބާބެއް ހިމެނޭއިރު، އޭގެ ތެރޭގައި އާންމުކޮށް ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރެއިން ފެޓީ ލިވާ ނުވަތަ ފުރަމޭގައި ސަރުބީޖެހުމާއި، ޕްރޮސްޓްރޭޓް ދުޅަވުން ފަދަ މައުޟޫއުތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން ޖިސްމާނީ، ނަފުސާނީ އަދި ރޫހާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާއި، އެކަކު އަނެކެއްގެ އިހުސާސްތައް ދެނެގަތުމުގެ މުހިއްމުކަން ފޮތުގައި ގެނެސްދީފައިވެ އެވެ.

ސިއްހީ ހިދުމަތް ދިނުމުގެ އެކި މަރުހަލާތަކުގައި ކަންކަން ހިނގަމުންދާ ގޮތާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކުގެ ވާހަކަވެސް މި ފޮތުގައި ވަނީ ހިމަނާފައެވެ. ވަކިން ހާއްސަކޮށް، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި، ބަލިމީހުންނާއި ޑޮކްޓަރުންނާ ދެމެދު އޮންނަ މުއާމަލާތްތައް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ޑރ. މުފްލިހާ ވަނީ ބައްލަވާލައްވާފައެވެ. މިއީ ސިއްހީ ނިޒާމުގެ ތެރޭގައި ހިމެނޭ އެކި ފަރާތްތަކުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް އެހީތެރިވެދޭނެ މައުލޫމާތުތަކެކެވެ.

"ސިއްހަތާއި ދުނިޔެ" މި ފޮތަކީ ހަމައެކަނި ބަލިތަކުގެ މައުލޫމާތު ހިމެނޭ ފޮތެއް ނޫނެވެ. މިއީ އިންސާނީ ގުޅުންތަކާއި، އަނެކުންގެ އިހުސާސްތައް ދެނެގަތުމާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މުހިންމު އިރުޝާދުތަކެއް ދިވެހި ބަހުން ގެނެސްދީފައިވާ އަގުހުރި މަސައްކަތެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox