ބަދަލު ގެނެސްގެން ވިޔަސް ސްކޫލް ކުޅިވަރު މުބާރާތްތައް އޮންނާނެ: މިނިސްޓަރު ރާފިއު

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު.... ފޮޓޯ: އަދަދު ސްޕޯޓްސް

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު.... ފޮޓޯ: އަދަދު ސްޕޯޓްސް

އެޑިއުކޭޝަން މިނިސްޓްރީ އާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ އެކުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިގެން ބޭނުންވާ ބަދަލުތައް ގެނެސްގެން ސްކޫލްތަކުގެ ކުޅިވަރު މުބާރާތްތައް އޮންނާނެ ކަމަށް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ. 

މިދިޔަ މަހުގެ 29 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާ ސިޓީއެއްގައި ބުނެފައިވަނީ، އިންޓަ ސްކޫލް ލެވަލްގައި، "14 (ސާދަ) އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާނީ ގްރޭޑް 7 އިން ފެށިގެން މަތީގެ ދަރިވަރުންނެވެ" މިހެނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމާ އެކު، ގްރޭޑް 7 އިން ދަށަށް އިންޓަ ސްކޫލްގެ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު އެސޯސިއޭޝަންތަކަށް ގެއްލުނީ އެވެ. އަދި، އިންޓަ ސްކޫލް މުބާރާތްތައް މީގެ ކުރިން ބާއްވަމުން އައި 12 އަހަރުން ދަަށުގެ ކެޓަަގަރީ ފަދަ މުހިންމު އުމުރުފުރާއެއްގައި، އަދި އޭގެއިން ދަށް އުމުރުގެ  ކުދިން ކުޅިވަރު ކުޅުންތެރިން ގޮތަށް ޑިވެލޮޕްކުުރުމުގެ ފުރުސަތު ކުޅިވަރު އެސޯސިއޭޝަންތަކަށް ގެއްލިދިޔައީ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމަކާހެދި ކުޅިވަރުގެ ކުރިމަގު ބަނަ

އިންޓަ ސްކޫލް މުބާރާތްތަކުގައި ބައިވެރިވެވޭނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން، ކުދިން ކުޅިވަރުގެ ތެރެއިން ތަމްރީނުކުރުމަށް ގޮންޖެހުން ވަނީ ބޮޑުވެފައި. ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ފަރާތްތަކުން "އަދަދު ސްޕޯޓްސް" އަށް ބުނީ މިއީ ކުޅިވަރުގެ މުސްތަގުބަލަށް ބޮޑު ދެރައެއް ލިބޭ ނިންމުމެއް ކަމަށް

މި ސާކިއުލާއާ ގުޅިގެން، އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތަކަށް އިޝާރާތްކޮށް، މިނިސްޓަރު ރާފިއުއާ، މިއަދު ނ ސުވާލުކުރުމުން ވިދާޅުވީ އެކަމަށް އެކަށޭނެ ހައްލެއް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

"އަޅުގަނޑު އުންމީދުުކުރަނީ، އަޅުގަނޑުމެން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލްތަކުގެ މުބާރާތް ހަމަ ކުރިއަށްދާނެ ކަމަށް. އެ ގޮތަށް އަޅުގަނޑަށް ލަފާ ވެސް ލިބިފައި އޮންނަނީ، އަޅުގަނޑުމެން ނިންމަންޖެހެނީ ފެސްޓިވަލް ސްޓައިލަށް ކޮން އޭޖް ގްރޫޕެއްތޯ ދާނީ ކޮމްޕެޓިޓީވް ލެވަލްގައި ކޮން އޭޖް ގްރޫޕެއްތޯ ކުޅޭނީ، އަދި ކުޅޭއިރުގައި ކިތައް ސްޕޯޓްސްއެެއްގައި ތޯ އެއް ކުއްޖަކު ބައިވެރިކުރާނީ، މި ކަހަލަ ކަންތައްތަކެއް ތާވަލުކުރެވިގެންދާނީ،" ރާފިއު ވިދާޅުވި އެވެ. 

ރާފިއު ވަނީ ކުޅިވަރު މުބާރާތްތަކާ ގުޅޭގޮތުން، އެޑިއުކޭޝަން މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީން ގުޅިގެން މީގެ ތިން މަހެއްހާ ދުވަސްކުރިން މަސައްކަތްތަކެއް ފެށިގެން އަދިވެސް އޭގެ މަޝްވަރާތައް ހިނގަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން، މީގެ ތިން މަސް ކުރިން މިިނިސްޓަރު ރާފިއު، ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލުކޮށް، ކޮމިޓީއެއް އެކުލަވާލެވުނު ކަމަށް ވިދާޅުވި އެެވެ. އަދި، ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކަންކަން ތަރުތީބުކުރުމަށްޓަކައި، އެޑިއުކޭޝަން މިނިސްޓްރީ އާއި ކުޅިވަރު އެސޯސިއޭޝަންގެ ތެރެއިން ކޮމިޓީތަކެއް އުފައްދައި މަސައްކަތްތަކެއް ކުރަމުން އައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ދެން، މި އަހަރަކީ އެކަޑަމިކް އިޔާ އެެހެން އަހަރުތަކާ ތަފާތުވެގެންދިޔަ އަހަރެއް ކަމަށްވާތީވެ، އޮތް އެކަޑަމިކް ދުވަސްތައް ވީހާވެސް ދިގު ކުރެވޭނެ ގޮތަށް އެހެން ނަމަވެސް ކުޅޭނެ ގޮތަކީ ކޮބައިކަމާއި އަޅުގަނޑުމެން ކިހިނެއްކަން މުބާރާތް ބޭއްވޭނީ ކޮމިޓީ ތެރޭގައި ޑިސްކަސް ކުރެވިގެންދިޔަ، މަޝްވަރާތައް މިހާރު ވެސް ކުރިއަށްދިޔަ، އެހެންވީމަ، ސްކޫލްތަކުގެ މުބާރާތްތައް އެއްގޮތަކަށް ވެސް ނުބާއްވާނެ ގޮތަކަށް ޑިސްކަސް އެއް ނުއެއްކުރެވޭ،" ރާފިއު ވިދާޅުވި އެވެ. 

"އެހެން ނަމަވެސް ސުވާލުކުރެވުނީ، އިންޓަ ސްކޫލް ކިޔާފައި މުބާރާތެއް ބާއްވާނީތޯ ނޫނީ ރާއްޖެ ޖޫނިއާސް ކިޔާފައި މުބާރާތެއް ބާއްވާނީތޯ އެކަމުގެ މަޝްވަރާ ކުރެވުނީ، އެހެން ނަމަވެސް އެ ސާކިއުލާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާތަކެއް ކުރަމުން އެބަގެންދަން، މާދަމާ، އިރާދަކުރެއްވިއްޔާ، އެސޯސިއޭޝަންތަކާއި މިނިސްޓްރީއާ އެއްކޮށް މަޝްވަރާތަކެއް ކުރެވިގެންދާނެ، އިރާދަކުރެއްވިއްޔާ، އެ ސްކޫލްތަކުގެ އެ ކުޅިވަަރު މުބާރާތްތައް ކުރިއަށް އޮތްތަނުގައި ކުރިއަށްދާނެ،" 

އިންޓަ ސްކޫލްގެ ބަދަލުގައި ދެން އޮންނާނީ ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް

ރާއްޖޭގެ ސްކޫލްތަކުގެ މެދުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ކިޔަމުން އައި "އިންޓަ ސްކޫލް" ނަން "ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް" އަށް ބަދަލުކޮށް، އެކި ރީޖަންތަކަށް ބަހާލައިގެން މުބާރާތްތައް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި.

މިނިސްޓަރު ރާފިއު ވަނީ ކުރިއަށް އޮތްތަނުގައި ސްކޫލް ކުޅިވަރު މުބާރާތެއް ކުރިއަށްގެންދިއުމަށްޓަކައި، ވަކި މެންޑޭޓެއް އެކުލަވާލުމުގެ މަސައްކަތުގެ ވާހަކަ ހިއްސާކުރައްވައިފަ އެވެ. 

"ކޮން އޭޖް ގްރޫޕަކުންތޯ ފެސްޓިވަލް ސްޓައިލަށް އަޅުގަނޑުމެން ކުޅެމުންދާނީ، ކޮން އޭޖްތަކަކުންތޯ އިންޓަ ސްކޫލް މުބާރާތްތައް ކޮމްޕެޓިޓިވް ލެވަލްގައި ކުޅެމުންދާނީ. މިއީ، އަޅުގަނޑުމެން ޑިސްކަސް ކުރަން (މަޝްވަރާކުރަން) ބޭނުންވާ ކަމަކީ ވެސް، މީގެ ތެރޭގައި ކުދިންނަށް މިނިމަމް ކިތައް ކުޅިވަރުގައިތޯ ބައިވެރިވެވޭނީ. ނޫނީ މެކްސިމަމް ކިތައް ކުޅިވަރުގައި ތޯ ބަައިވެރިވެވޭނީ، އަދި އެ ކުޅިވަރުތަކުގެ ވައްތަރުތަކަށް ބަލާފައި ކިހިނެއްތޯ އަޅުގަނޑުމެން ބައިވެރިވުން އެންމެ ރަނގަޅީ. ޓީމު ސްޕޯޓެއް ނޫނީ އިންޑިވިޖުއަލް ސްޕޯޓެއް ވެއްޖިއްޔާ ކިިހިނެއްތޯ އަޅުގަނޑުމެން އެ ޑައިރެކްޝަން ގެންދާނީ،" ކުރިއަށް ރޭވިފައި ހުރި ކަންތައްތަކާ ބެހޭގޮތުން ރާފިއު ވިދާޅުވި އެވެ. 

ސްކޫލްތަކުގެ ކުޅިވަރު މުބާރާތްތައް ގެންދާނެ ގޮތެއް، މެންޑޭޓް ކުރުމުގައި އޮތީ މުުހިންމު މަގުސަދެއްކަން ފާހަގަކުރައްވައި، ރާފިއު ވިދާޅުވީ، އެއީ މީގެ ޖުމްލަ ނަތީޖާ ރަނގަޅު ކުރުމުގެ މުހިންމުކަން ކަމަށެވެ. 

"މިސާލަކަށް 12 އަހަރުން ދަށަށް ވެއްޖިއްޔާ، އެކި ކުޅިވަރުތަކުގައި ކުދިން ބައިވެރިކުރަން އެބަޖެހޭ. އެއީ، ކުދިންގެ ސްކިލް އެކި ކުޅިވަރުގައި އެކި ވަރަށް މި ޑިވެލޮޕްވަނީ. ކުޑައިރު ކުދިން އެބަ ބައިވެރިކުރަން ޖެހޭ، އެކި ހަރަކާތްތަކުގައި، އެހެން ނަމަވެސް ކޮމްޕެޓިޓިވް ލެވަލެއްގައި ގެންދަން ބަލާއިރުގައި ވަކި އޭޖް ގްރޫޕެއް، ކަނޑައަޅަން އެބަޖެހޭ. ކުއްޖާ ޑިވެލޮޕްވަމުންދާ ވަރަކަށް އެ ކުއްޖާގެ އެ ޓްރެއިނިން ސެޝަންތަކާ މި ކަންކަން މިއީ ޓެކްނިކަލް ލެވްގައި ޑިސްކަސް ކުރެވިގެންދާނެ ކަންކަން،" ރާފިއު ވިދާޅުވި އެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކާ މެދު މުއާމަލާތްކުރަމުން އަންނަ ގޮތާ މެދު ވެސް ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 


 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox