ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް އެބަދޭ: ރާފިއު

ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)

ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)

މި ސަރުކާރުން ބައިނަލްއަގުވާމީ ފެންވަރުގެ އެކި ފަރާތްތަކުގެ އެހީގައި އެކުލަވާލި ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭނުގައި ހިމެނޭ ކަންތައްތައް ފުރިހަަމަ ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސްް (14 ހަފްތާ) ތެރޭގައި ކުރެވޭ ހާއްސަ މަސައްކަތެއްގެ ގޮތުގައި، ފަށައިގެން މި ޕްލޭން ލޯންޗްކުރެވުނީ، މީގެ ދެ އަހަރު ކުރިންނެވެ. މި ޕްލޭންގެ ތެރެއިން، ސްޓްރެޓީޖިކް ވިސްނުމެއްގައި ކަންކަން ކުރުމަށް ފަހު، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސް ރާއްޖޭގައި ބޭއްވުމާއި، ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި، އޭޝިއަން ގޭމްސް ރާއްޖޭގައި ހޯސްޓް ކުރެވޭތޯ މަސައްކަތް ކުރުން ހިމެނެ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕްލޭނުގައި ހިމެނޭ ކަންތައްތަކާ އެއްގޮތަށް ކުރިއަށްދާ މަސައްކަތްތަކާ މެދު މިނިސްޓަރު ރާފިއު ވިދާޅުވީ، ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

"އަޅުގަނޑުމެންގެ ޓާގެޓް ވަރަށް ސާފު، އަޅުގަނޑުމެންގެ ލޯންގް ޓާމް ޕްލޭންގައި ވެސް މި އޮތީ. ކުރިން ދެންނެވިހެން، އޭރު އަޅުގަނޑު ދެންނެވީ 10 އަހަރު، މިހާރު އަށް އަހަރު ތެރޭގައި ރާއްޖޭގައި ރީޖަނަލް ގޭމްސްއެއް ހޯސްޓްކުރުން. އަދި، ކުރިއަށް އޮތް 15 ވަރަކަށް އަހަރު ތެރޭގައި، ނޫނީ 20 އަކަށް އަހަރު ތެރޭގައި އޮލިމްޕިކްސް އިން، އޭޝިއަން ގޭމްސް ކަހަލަ ގޭމްސް އަކުން މެޑަލެއް ހޯދުން. މި ޓާގެޓް ހާސިލްކުރަން ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަޖެހޭ،" ރާފިއު ވިދާޅުވި އެވެ. 

ޓާގެޓަށް ވާސިލްވުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ރާފިއު އިތުރަށް ފާހަގަކުރެއްވީ ކޯޗުންނާއި އޮފިޝަލުން، ޓްރެއިން ކުރުމާއި އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރުމެވެ. އަދި، މި ކަންކަން ފުރިހަމަ ކުރުމަށްޓަކައި، ކުޅިވަރުގެ ދާއިރާއިން، ވަކި ހާއްސަވެގެންވާ ޕްރޮގްރާމްތަކެއް ކުރިއަށްގެންދަން ޖެހޭ ކަަމަށް ރާފިއު ވިދާޅުވި އެވެ. 

"އެއީ، އަރުތަ ޕްރޮގްރާމް، މިހާރު އޮތް ޕްރޮގްރާމްގެ އިތުރު ކަންކަން ކޮށްގެން ކަމުގައި ވިޔަސް، އަދި، ފައިނޭންސް ސްޓްރަކްޗާ، ނެޝަނަލް ސްޕޯޓްސް ފަންޑް ތުރޫކޮށް ވިޔަސް މި ކަހަލަ ބައިވަރު ކަންތައްތަކެއް ކުރުން. މީގެ ތެރޭގައި ހިމެނޭ،" ރާފިއު ވިދާޅުވި އެވެ. 

ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭ ފަށަން އިއުލާނުކޮށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބިން ހަވާލުކުރި، ހުޅުމާލޭގައި ގާއިމްކުރާ ނެޓްބޯޅަ އާއި ފުޓްސަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަަތް އަދި ނުފެށެ އެވެ. މިނިސްޓަރު ވިދާޅުވީ މަލްޓި ސްޕޯޓްސް ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކުރެވި، އެގްރިމެންޓްގައި ސޮއިކުރެވި މަސައްކަތަށް ބޭނުންވާ ފައިނޭންސް ހަމަޖެހި، އެކަން ކުރަން ބޭނުންވާ ގޮތަށް ނިމިފައިވާ ކަމަށެވެ.

"ހަމަ އެ ގޮތަށް ނެޓްބޯޅަ ކޮމްޕްލެކްސް ވެސް ފޭސް 1 ގައި އަޅުގަނޑުމެންނަށް ކުރެވޭނެ ގޮތަށް އަޅުގަނޑުމެންނަށް ވަނީ އިންތިޒާމް ހަމަޖެހިފައި،" ރާފިއު ވިދާޅުވި އެވެ. 

ނެޓްބޯޅަ، ފުޓްސަލް، ސާފިން، ރޭސިން އަދި ހޭންޑްބޯޅަ މަޝްރޫއުގެ ކަންކަން ކުރިއަށްދޭ: ރާފިއު

މި ސަރުކާރުން ކުރިއަށްގެންދަމުން އަންނަ ފުޓްްސަލް، ނެޓްބޯޅަ، ހޭންޑްބޯޅަ، ސާފިން އަދި ރޭސިންގެ އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ވިދާޅުވެފައި.

މިދިޔަ އަހަރު މާލޭ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ފަށައި، މިދިޔަ އަހަރުގެ ނިޔަލަށް ނިންމަން އަމާޒުހިފިނަމަވެސް އަދި އެކަން ނިމިފައިނުވެ އެވެ. މިނިސްޓަރު ވިދާޅުވީ، އެކަން ދިގުލައިދިޔަ އެއް ސަބަަބަކީ، ޕޭމަންޓެއް ހަމަނުޖެހި އޮތުން ކަމަށާއި އެ އަށް ހައްލެއް ލިބިފައިވާ ކަމަށް ހޭންޑްބޯލް އެސޯސިއޭޝަނުން ބުނެފައިވާ ކަމަށެވެ. 

ހެންވޭރު ރާޅުގަނޑުގައި ގާއިމްކުރާ ސާފިން އެރީނާގެ މަސައްކަތް ކުރަން އެ ތަނުގައި ބިން ހުސްކުރި ނަމަވެސް އެކަށީގެންވާ ދުވެލީގައި އެ ޕްރޮޖެކްޓް ނުހިނގާ ކަމުގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ. މިނިސްޓަރު ވަނީ، މި ޕްރޮޖެކްޓްގެ ކުރެހުމަށް ބަދަލު ގެންނަން ޖެހި މިހާރު އެކަން ނިންމާލެވިފައިވާ ކަމަށާއި އަވަހަށް މަސައްކަތްތައް ކުރިއަށްގެންދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. 

މިދިޔަ އަހަރު އިއުލާނުކުރި ރޭސިން ޓްރެކްގެ މަސައްކަތް، ހުޅުމާލެ އާއި މާލެ ގުޅޭ ހައިވޭ ބޭރުން ފަޅު ހިއްކައިގެން ކުރިއަށްގެންދިއުމުގެ މަޝްރޫއު ދާދި ފަހުން ވަނީ ފަށައިފަ އެވެ. އެ ޕްރޮޖެކްޓްގައި ވެސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުންތަކެއް ހިއްސާކޮށްފަ އެވެ. 

"އިންފްރާސްޓްރަކްޗާ ގާއިމްކުރުމަކީ ވަރަށް މުހިންމު ކަމެއް، ކޮންމެހެން ކުރަން ޖެހޭ ކަމެއް، އެހެންވެގެން ސަރުކާރުން މިހާ ބޮޑު އިސްކަމެއް ދީގެން ރާއްޖޭގެ ހަމައެކަނި މާލޭ ސަރަހައްދެއް ނޫން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 16 ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރުމަށްޓަކައި މިހާރު އެމްއޭސީއެލްއާ ހަވާލުކޮށްގެން އަޅުގަނޑުމެން އެބަ ކުރިއަށްގެންދަން. އެކަންކަން އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އޭގެ ތެރެއިން، ބައެއް އަޅުގަނޑުމެންގެ އެކި ހިސާބުތަކުގައި އެ މަސައްކަތް ފަށައިގެން ވެސް އެބަދޭ، މާލެ ސަރަހައްދުގައި ދާދި ފަހުން އެ ބިން ލިބިގެންދިޔައީ، މީގެއިން ކޮންމެ ތަނަކީ ވެސް އިންޑޯ، އާންމުކޮށް ކުޅެވޭނެ ހުރިހާ ގޭމްސްއެއް ކުޅެވޭނެ ތަނެއް. އެ ގޮތަށް ބަލާފައި މިތަން ޑިޒައިން ކޮށްފައި މި ހުރީ. އިންޑޯ، އެންމެ ގިނަ ކުޅިވަރު ކުޅެވޭނެ ގޮތަށް،" އިންފްރާސްޓްރަކްޗާ މުޅި ރާއްޖެ އަށް ފުޅާކުރަން ގެންގުޅޭ ވިސްނުން ހިއްސާކުރަމުން ރާފިއު ވިދާޅުވި އެވެ.  

އޭނާ ވިދާޅުވީ، ސޯޝަލް ސެންޓަރަކީ ވެސް، ޖާގަ އަށް ބަލާއިރު ކުޑަތަނެއް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ގާއިމްކުރާ 16 ތަނުގައި އިންޑޯ ފުޓްސަލް ކުޅެން ޖެހުނު ކަމުގައި ވިޔަސް، އެކަން  ވެސް ކުރެވޭނެ ކަމަށް ރާފިއު ފާހަގަކުރެއްވި އެވެ.

"އެހެންވީމަ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާންމުކޮށް މި ކުޅޭ އިންޑޯ ކުޅިވަރުތައް މިއިން ކޮންމެ ތަނެއްގައި ވެސް މަލްޓި ސްޕޯޓްސް އެރީނާ އަކަށްވާތީވެ، އަޅުގަނޑުމެންނަށް ކުޅެވިގެންދާނެ،" ރާފިއު ވިދާޅުވި އެވެ. 

"މި ކަން (އިންފްރާސްޓްރަކްޗާގެ މަސައްކަތް) އަޅުގަނޑުމެންނަށް ކުރެވިގެންދިޔައީމަ، މިހާރު ޓީމުތަކަށް މި ލިބޭ ހިތްދަތިކަން ފިލައިގެންދާނެ. މުބާރާތްތައް ލަސްކުރަން ޖެހި، ނޫނިއްޔާ މުބާރާތްތައް އެ ވިއްސާރައާ ހެދި ކަމުގައި ވިޔަސް، ބަރާބަރަށް އަޅުގަނޑުމެންނަށް ޕްލޭންކޮށްގެން ކުޅިވަރު ކުޅޭނެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް، ހަމަ ޔަގީނުން ވެސް،" 

ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭން ހެދީ، ސަރުކާރާއި އޮލިމްޕިކް ކޮމިޓީ އަދި ސްޕޯޓްސް ކައުންސިލުން އިސްވެ، އެމެރިކާގެ، އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ)ގެ އެހީތެރިކަމާ އެކު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox