ޓޭމްގެ ފާޑުކިޔުން ކުޅިވަރު އެސޯސިއޭޝަންތަކަށް، އަސްލު މައްސަލަ ދެނެގަންނަންޖެހޭ

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ހުކުރު ދުވަހު، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ބޭއްވި އިވެންޓުގެ ތެރެއިން، ޓީޗާސް އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ ބެނާއެއް. --- ފޮޓޯ: އަދަދު

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ހުކުރު ދުވަހު، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ބޭއްވި އިވެންޓުގެ ތެރެއިން، ޓީޗާސް އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ ބެނާއެއް. --- ފޮޓޯ: އަދަދު

ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ބާއްވާ އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތައް ކުރިއަށްގެންދާ ގޮތާ މެދު ނުރުހުންފާޅުކޮށް، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރިއިރު، އެ ކަމުގެ އަސްލު ސަބަބުތައް ދެނެގަނެ އެކަން ހާމަކުރުމަށް ކުޅިވަރު އެސޯސިއޭޝަންތަކުން ބުނެފި އެވެ. 

މި މަހު 19 ވަނަ ދުވަހު، ޓޭމްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކުޅިވަރު އެސޯސިއޭޝަންތަކާއި މިނިސްޓްރީތަކުން ރާވާ ހިންގާ ކުޅިވަރު ހަރަކާތްތަކަކީ މުދައްރިސުންގެ ވަގުތާއި އެހީތެރިކަން ނުނަހު ބޮޑަށް ބޭނުންކުރާ ކަމަކަށްވާތީ، އިންޓަ ސްކޫލް ހަރަކާތްތަކާ ގުޅޭ ކަންކަމުގައި މަޝްވަރާކުރުމުގައި، "ޓޭމް" ގެ ބައިވެރިވުން އޮންނަ ޖެހޭ ކަމަށެވެ. 

އޭގެ ފަހުން، މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ހުކުރު ދުވަހު، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ބޭއްވި އިވެންޓުގެ ތެރެއިން، ޓީޗާސް އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ ބެނާއެއްގައި ލިޔެފައިވަނީ، "ކުޅިވަރު އެކަޑަމީތައް ހިންގާ ބައެއްގެ ގޮތުގައި ޓީޗަރުން ބޭނުންނުކުރޭ!" މިހެނެވެ.

އެކަމަކު، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން، ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ހިންގާ އެއްވެސް ކުޅިވަރު އެކަޑަމީ އަކަށް ޓީޗަރުން ނެރެގެން މަސައްކަތް ނުކުރާ ކަމަށް ކުޅިވަރުގެ ތަޖުރިބާކާރު ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެހެންކަމުން، މި ބެނާގެ މާނައިން ދެވެނީ ވަރަށް ނުރަނގަޅު މެސެޖެއްކަން ވެސް އޭނާ ފާހަގަކުރި އެވެ. 

ޓީޗަރުންގެ އެސޯސިއޭޝަނުން ރޭ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގެ ސްކްރީންޝޮޓެއް.
ޓީޗަރުންގެ އެސޯސިއޭޝަނުން ރޭ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގެ ސްކްރީންޝޮޓެއް.

ޓޭމް އިން ރޭ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، "ރުހުނަސް ނުރުހުނަސް ހަގީގަތަކީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި ގުރުބާންކުރަނީ ޓީޗަރުންކަން" މިހެނެވެ. އޭގެ ދަށުން، ހަތް ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އެއީ، ކުދިން ގޮވައިގެން އެތަނުގައި ތިބެނީ ޓީޗަރުން ކަމަށާއި ދަނޑަށް ދަނީ ޓީޗަރުން ކަމަށާއި ޕްރެކްޓިސްގައި ޑިއުޓީ އަދާކުރަނީ ޓީޗަރުން ކަމަށާއި މުބާރާތްތަކަށް ތައްޔާރުވާން އެތައް މަހެއް ނަގާ ކަމަށާއި މި ހުރިހާ ކަމެއް ވެސް ކުރަނީ ޓީޗަރުން ކަމަށެވެ. އަދި، ޓޭމް އިން ދެން ބުނެފައިވަނީ، މި ކަންކަމަށް ޓީޗަރުން ވަގުތު ހޭދަކުރުމަށް ވުރެ، އުނގަންނައިދިނުމުގެ ކަންކަން ޓީޗަރުންލައްވައި ކުރުވަން ވަގުުތު ދެވިއްޖެނަމަ، ދަރިވަރުންނަށާއި ގައުމަށް ލިބޭ މަންފާ ބޮޑުވާނެ ކަމަށެވެ. 

"އެހެންވީމަ، އިންޓަ ސްކޫލް މުބާރާތްތައް ސްކޫލުގެ ހަތަރުފާރުން ބޭރަށް މިހިނދުން މިހިނދަށް ނެރުމަށް ގޮވާލަން،" ޓޭމްގެ އެ ޕޯސްޓުގައި ލިޔެފައިވެ އެވެ. 

ޓޭމްގެ މި ޕޯސްޓަކީ ހަގީގަތުގައި މި ކަމުގައި އޮތް ހިޔާލު ތަފާތުވުން ނޫނީ މައްސަލަ އަށް ހައްލެއް ނޫން ކަމަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ އެކި ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ނައިބު ރައީސް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ)، ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވަނީ އަސްލު މައްސަލަ އަކީ ކޮބައިތޯ ޓޭމްގެ ކިބައިން ސުވާލުކުރައްވައިފަ އެވެ. 

"ކުޅިވަރު ޓީމް ތަކާ އެކު ޓީޗަރުން، ލަވަ މުބާރާތަށް ކުދިން ތައްޔާރުކުރަން ޓީޗަރުން، ނަށަން ދަސްކޮށްދޭން ޓީޗަރުން، ސްކޫލް ކްލާސް ރޫމްގަ ކުލަލާން ޓީޗަރުން، އެކި އެކި މުނާސަބާތަކަށް ސްކޫލް ޒީނަތްތެރި ކުރަން ޓީޗަރުން، ނައިޓް މާކެޓް ބާއްވަން ޓީޗަރުން، މި ނޫން އިތުރު ހަރަކާތްތައްވެސް ހިންގަން ޓީޗަރުން، މިފަދަކަންކަން ޓީޗަރުން ބޭނުން ނުކޮށް ކުރާން ނޭނގުނީމަ ހުރިހާ ރޯޅިއެެއް ކުޅިވަރަށް؟؟؟" މުންތަގިމް ލިޔުއްވާފައިވެ އެވެ. 

ދާދި ފަހުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި ވިދާޅުވީ، ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތަކުގައި ގްރޭޑް 7 އިން ދަށުގެ ކުދިންނަށް ނުކުޅެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އުސޫލުތަކާ މެދު މަޝްވަރާކުރާނެ ކަމަށެވެ. މިނިސްޓަރު އެހެން ވިދާޅުވި ފަހުން، އެޑިއުކޭޝަން މިނިސްޓްރީ އާއި ކުޅިވަރު އެސޯސިއޭޝަންތަކުން މި ކަމަށް އެކުލަވާލާފައިވާ ކޮމިޓީން ބައްދަލުކުރި އެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމަކާހެދި ކުޅިވަރުގެ ކުރިމަގު ބަނަ

އިންޓަ ސްކޫލް މުބާރާތްތަކުގައި ބައިވެރިވެވޭނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން، ކުދިން ކުޅިވަރުގެ ތެރެއިން ތަމްރީނުކުރުމަށް ގޮންޖެހުން ވަނީ ބޮޑުވެފައި. ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ފަރާތްތަކުން "އަދަދު ސްޕޯޓްސް" އަށް ބުނީ މިއީ ކުޅިވަރުގެ މުސްތަގުބަލަށް ބޮޑު ދެރައެއް ލިބޭ ނިންމުމެއް ކަމަށް

އޭގެ ފަހުން، ޓޭމްގެ ފާޑުކިޔުން، ކުޅިވަރު އެސޯސިއޭޝަންތަކަށް އަމާޒުވެފައިވާއިރު، މި ކަމާ ގުޅޭގޮތުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ފަރާތްތަކުން ވަނީ މުހިންމު ކަންކަން ފާހަގަކޮށްފަ އެވެ. 

"މައްސަލަ އަކީ، ޓީޗަރުން ނެތި، ސްކޫލް ކުއްޖަކު ފިޔަވަޅެއް އެޅިޔަނުދޭން އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތަކުގައި އޮންނަ ޕޮލިސީސްތައް،" މޯލްޑިވްސް އެކުއަޓިކްސްގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ޝާރިފް، ލިޔުއްވާފައިވެ އެވެ. 

ކުޅިވަރު އެސޯސިއޭޝަންތަކުން އިންޓަ ސްކޫލްގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީއާ ގިނަ ފަހަރުތަކެއް މަތިން މިދިޔަ ދެ މަހެއްހާ ދުވަސްތެރޭ ބައްދަލުކޮށްފަ އެެވެ. އަދި، އިންޓަ ސްކޫލް ބޭއްވުމުގައި، ސްކޫލްތަކަށް ހުރި ގޮންޖެހުން އަޑުއަހައި، ސްކޫލްތަކުގެ މުބާރާތްތައް ބޭއްވޭނެ ގޮތްތަކެއް ހިމެނޭހެން ތިން އޮޕްޝަނެއް ކުޅިވަރު އެސޯސިއޭޝަންތަކުން ހުށަހެޅި ނަމަވެސް، މި ކަމުގައި އެޑިއުކޭޝަން މިިނިސްޓްރީއާ މަޝްވަރާ ކޮށްގެން އެކަށޭނެ ހައްލެއް އަދި ނުލިބޭ ކަމަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ އެކި ފަރާތްތަކުން، "އަދަދު ސްޕޯޓްސް" އަށް ވަނީ ބުނެފަ އެވެ. 

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox