ގައުމީ ފުޓްސަލް ޓީމު ރަޖިސްޓްރީ ކުރުން: ރާއްޖޭގެ ފުޓްސަލް ތާރީހު "އޮޅިއްޖެ"

ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން،---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން،---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ސްޕޯޓްސް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ގައުމީ ފުޓްސަލް ޓީމު ރަޖިސްޓްރީ ކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކައާ ގުޅިގެން ރާއްޖޭގެ ފުޓްސަލް ތާރީހާ މެދު "ބޮޑު އޮޅުމެއް" އަރައިފި އެވެ. 

"ގައުމީ ޓީމަށް ބަލާއިރުގައި އަޅުގަނޑުމެން ދަންނަވާނީ، ފުޓްސަލްގެ ގައުމީ ޓީމު އެކުލަވާލައިފައިވަނީ 2 ޑިސެމްބަރު 2025 ވަނަ އަހަރު، މިއީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމެއްގެ ގޮތުގައި ފުޓްސަލް އަޅުގަނޑުމެންނަށް، ފުޓްބޯލް އެސޯސިއޭޝަނުން ސްކޮޑެއް އެކުލަވާލައި ގައުމީ ޓީމެއްގެ ރަސްމީ ހައިސިއްޔަތު ލިބިގެންދިޔަ ފުރަތަމަ ފަހަރު ކަމުގައި ވެސް އަޅުގަނޑު ފާހަގަކޮށްލަން،" ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި މިިނިސްޓަރު ރާފިއު ވިދާޅުވި އެވެ. 

ރާއްޖޭގެ ފުޓްސަލް އަށް އަމަލީ ސިފަ ނުޖެހޭ އެތައް ވައުދެއް!

ރާއްޖޭގައި މި ވަގުުތު އެންމެ ފޯރީގައި ކުރިއަށްދަނީ ފުޓްސަލް މުބާރާތައް، އެންމެ ނުފޫޒުގަދަ ކުޅިވަރުގެ ގޮތުގައި އޮތް ފުޓްސަަލް އަށް އަދިވެސް ރަސްމީ ސިފައެއްގައި އެއްވެސް ހައްލެއް ލިބިފައި ނެތް، އެތައް ސަރުކާރަކުން ފުޓްސަލްގެ ކުރިމަގަށް، ގައުމީ ފުޓްސަލް ޓީމަށް ގިނަ ވައުދުތަކެއް ވީ ނަމަވެސް އަދި އެ ވައުދުތައް ފުއްދިފައެއް ނުވޭ.

"އަދި މި ޓީމު (ގައުމީ ފުޓްސަލް ޓީމު) ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކައި އަޅުގަނޑުމެން ވަނީ ޑިސެމްބަރު 30 ވަނަ ދުވަހުގައި ފުރުވާލެވިފައި. އަދި، ތައިލެންޑުގައި ބޭއްވި މި ދެންނެވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށްޓަކައި ޖެނުއަރީ 12 ގައި ވަނީ އެ ގައުމަށް ގޮސް، އެ މުބާރާތް އަޅުގަނޑުމެންނަށް ކޮމްޕްލީޓް ކުރެވިފައި" 

މިނިސްޓަރު މި ގޮތަށް ވިދާޅުވިއިރު، ރާއްޖޭގައި ގައުމީ ފެންވަރުގެ ފުޓްސަލް ޓީމެއްގެ މަސައްކަތް ކުރާތާ 20 އަހަރަށް ވުރެން ގިނަ ދުވަސްވަނީ ވެފަ އެވެ. އަދި، މިދިޔަ އަށް ވަރަކަށް އަހަރަށް ބަލާއިރު، ބައިނަލްއަގުވާމީ ލެވަލްގައި ގިނަ މުބާރާތްތަކެއް ވަނީ ކުޅެފަ އެވެ. 

އެ ގޮތުން،2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި އޮތް އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްގައި ގައުމީ ފުޓްސަލް ޓީމު ކުޅެފައިވާއިރު، 2022 ވަނަ އަހަރާއި 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ގައުމީ ފުޓްސަލް ޓީމުން ވަނީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކޮށްފަ އެވެ. މީގެ ތެރެއިން، 2025 ވަނަ އަހަރު ގައުމީ ފުޓްސަލް ޓީމުން ކުޅެފައިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު މިޔަންމާގަ އެވެ. އެއީ، މި ސަރުކާރުން ބަޖެޓް ދީގެން ގައުމީ ފުޓްސަލް ޓީމު ވާދަކުރަން ދިޔަ މުބާރާތެކެވެ. 

މިއަދު މިިނިސްޓަރު ރާފިއު، ދެއްކެވި ވާހަކައިން ދޭހަވެގެންދިޔަ އެއް ކަމަކީ، މިދިޔަ ޑިސެމްބަރު ދެ ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމެއް ރަސްމީކޮށް ބައިވެރިވެގެން ކުރެވުނު އެއްވެސް ކަމެއް ނެެތެވެ. އަދި، ސަރުކާރުން ބަޖެޓް ދީގެން މީގެ ކުރިން ބައިވެރިވެފައިވާ އެއްވެސް ފުޓްސަލް ޓީމެއްގެ ގައުމީ ޓީމެއްގެ ހައިސިއްޔަތެއް ނެތެވެ. 

މިނިސްޓަރު، މިއަދު ވިދާޅުވި ގޮތަށް ރާއްޖޭގެ ފުޓްސަލް ޓީމެއް "ރަސްމީކޮށް ފުރަތަމަ ފަހަރަށް" ރަޖިސްޓްރީ ކޮށްގެން ކުޅެން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ކަމަށްވާނަމަ، އޭގެ ކުރިން ބައިނަލްއަގުވާމީ ލެވަލްގައި ގައުމީ ފުޓްސަލް ޓީމުން ކުޅުނު އެއްވެސް މެޗެއް އެއީ ރާއްޖޭގެ ގައުމީ ޓީމަށް ނުވާކަމަށް ދޭހަވުމުގެ ފުރުސަތު އެބައޮތެވެ. މިއީ، ރާއްޖޭގެ ފުޓްސަލް އަށް ގައުމީ ލެވަލްގައި އެތައް ހިދުމަތެއް ކޮށްދީފައިވާ ފަރާތްތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭނެ ފަދަ ވިސްނުމެކެވެ. 

މީގެ 10 ވަރަކަށް އަހަރު ކުރިން، ރާއްޖޭގެ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ގަވާއިދު، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން އެންގި ގޮތަށް، އިސްލާހުކުރިއިރު، އޭގެ ދަށުން އުފައްދަން ޖެހުނު، ސަބް އެސޯސިއޭޝަންތަކުގެ ތެރޭގައި ފުޓްސަލް އެސޯސިއޭޝަން ވެސް ހިމެނުނެވެ.

އެކަަމަކު، އެ ފުޓްސަލް އެސޯސިއޭޝަން ރަސްމީކޮށް ހިނގައިގަނެފައިނުވެ އެވެ.

އެފްއޭއެމް އިން އިސްވެ، އެންމެ ފަހުން ފުޓްސަލް މުބާރާތެއް ބޭއްވީ 2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ފުޓްސަލް ކަޕްގެ ނަމުގަ އެވެ. އެ އަހަރު ރާއްޖޭގެ ގައުމީ ޓީމު އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްގައި ކުޅެފައިވެ އެވެ. އޭގެ ފަހުން، ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ތިން ފަހަރެއްގެ މަތިން ރާއްޖޭން ވާދަކޮށް، މި ވަގުތަށް ބަލާނަމަ، ދުނިޔޭގެ ރޭންކިންގެ ތެރެއިން، ދެކުނު އޭޝިއާގެ ގައުމުތަކުގެ ވަކިން ރޭންކިން އަށް ބަލާނަމަ ރާއްޖެ އޮތީ އެއް ވަނައިގަ އެވެ. 

އެކަމަކު، މި ހުރިހާ ކަމެއް ބިނާވަނީ، ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމުން އޭއެފްސީ ކޮލިފައިންގައި މިދިޔަ ތިން ބުރާއި މި ފަހަރު ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ހޯދި ކާމިޔާބީ އަށެވެ. 

އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން ފުޓްސަލްގެ ކަންކަން ގަވާއިދުގެ ތެރެއިން ހިންގަން މަސައްކަތްތައް ފަށާފައިވާއިރު، ސްޕޯޓްސް މިނިސްޓްރީއާ އެކު މި އޮތް ހިޔާލު ތަފާތުވުންތަކުގެ ތެެރެއިން ވިޔަސް، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ރަސްމީ މުއްދަތަކީ، މިދިޔަ ޑިސެމްބަރު މަހުން ފެށިގެންތޯ ރާއްޖޭގެ ފުޓްސަލް ކޮމިއުނިޓީ އަށް ސާފުކޮށްދޭން ޖެހެ އެވެ.

ގައުމީ ލެވަލްގައި ފުޓްސަލް ޓީމަށް ކުޅެފައި، މި ކަމުގެ ތެރޭގައި 30 އަށް ވުރެން ގިނަ އަހަރު ހޭދަކޮށްފައި ތިބި ހިދުމަތްތެރިން އެބަތިބި އެވެ. އެ މީހުންގެ ހައްގުގައި މި ކަން ސާފުވާން ޖެހެ އެވެ. 

އިހުމާލުވެފައި އޮތް ފުޓްސަލް ބަަދަލުވީ ނުފޫޒުގަދަ ކުޅިވަރަަކަށް!

ވޭތުވެދިޔަ ދެ ސަރުކާރުން ވެސް އެންމެ އަޑުހަރުކޮށް ދައްކަމުން ދިޔައީ ރާއްޖޭގެ ޒުވާނުންގެ އުންމީދުތައް ހާސިލްކޮށްދިނުމުގެ ބޭނުމުގައި ފުޓްސަލް ދަނޑު އަޅައިދީފައިވާ ކަމުގެ ވާހަކަތައް.އެކަމަކު، ސަރުކާރުތަކުން މި ހިންގި ފުޓްސަލް ދަނޑު އެޅުމުގެ ޕްރޮޖެކްޓްތަކަށް ބަލާއިރު، މިސްރާބެއް ނެތް

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox