އިންޓަ ސްކޫލްގެ ބަދަލުގައި ދެން އޮންނާނީ ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް

TT Inter School 2024

TT Inter School 2024

ރާއްޖޭގެ ސްކޫލްތަކަށް ބާއްވަމުން އަންނަ ކުޅިވަރު މުބާރާތްތަކުގައި ބޭނުންކުރި އިންޓަ ސްކޫލްގެ ނަން، ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕަށް ބަދަލުކޮށްފި އެވެ. 

ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުން މިހާތަނަށް ބޭނުންކުރަމުން އައީ އިންޓަ ސްކޫލްގެ ނަމެވެ. އެކަމަކު، މި އަހަރު ކުޅިވަރު އެސޯސިއޭޝަންތަކުގެ އަހަރީ ކަލަންޑަރާއި އެޑިއުކޭޝަން މިިނިސްޓްރީގެ އެކްޓިވިޓީ ކަލަންޑަރު އާންމުކުރިއިރު، އިންޓަ ސްކޫލްގެ ބަދަލުގައި ހުރިހާ ކުޅިވަރު މުބާރާތެއްގައި ބޭނުންކޮށްފައިވަނީ ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް އެވެ. 

އެ ގޮތުން، ކަލަންޑަރު ކޮށްފައިވާ މުބާރާތްތަކަށް ބަލާއިރު، ރާއްޖެ ޖޫނިއާ ޝޫޓިން ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ ވޮލީބޯލް ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ ކްެރިކެޓް ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ ކެރަމް ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ ހޭންޑްބޯލް ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ ބާސްކެޓްބޯލް ޗެމްޕިއަންޝިޕް، ރާއްޖެ ޖޫނިއާ އެތުލެޓިކްސް މީޓް އަދި ރާއްޖެ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ވަނީ ހިމަނައިފަ އެވެ. 

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ދިން ބައެއް އެސޯސިއޭޝަންތަކުން ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހާ ގުޅިފައިވާ އިންޓަ ސްކޫލް މުބާރާތްތަކުގެ އެ ނަމުގެ ބަދަލުގައި ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕްގެ ނަމުގައި މުބާރާތް ކުރިއަށްގެންދިއުމާ މެދު ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް ބުނެފަ އެވެ.   

ސްކޫލްތަކުގެ މެދުގައި ކުރިއަށްދާ މި މުބާާރާތްތައް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކާ މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ، އެކި ރީޖަންތަކަށް ބަހާލައިގެން މުބާރާތްތައް ކުރިއަށްގެންދާ ގޮތަށެވެ. އެހެންކަމުން، އަަހަރު ތެރޭގައި، އެކި ކުޅިވަރުތަކުގެ މުބާރާތްތައް އެކި ޒޯންތަކުގައި ކުރިއަށްދާނެ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމަކާހެދި ކުޅިވަރުގެ ކުރިމަގު ބަނަ

އިންޓަ ސްކޫލް މުބާރާތްތަކުގައި ބައިވެރިވެވޭނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން، ކުދިން ކުޅިވަރުގެ ތެރެއިން ތަމްރީނުކުރުމަށް ގޮންޖެހުން ވަނީ ބޮޑުވެފައި. ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ފަރާތްތަކުން "އަދަދު ސްޕޯޓްސް" އަށް ބުނީ މިއީ ކުޅިވަރުގެ މުސްތަގުބަލަށް ބޮޑު ދެރައެއް ލިބޭ ނިންމުމެއް ކަމަށް

ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް ކުރިއަށްދާނީ، 14 އަހަރުން މަތީގެ އުމުރުފުރާ އަށެެވެ. އެއީ، 14 އަހަރުން ދަށް، 16 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށަށެވެ. އެ ގޮތުން، 14 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކުރެވޭނީ ގްރޭޑް 7 އިން މަަތީގެ ދަރިވަރުން ކަމަށް ވެސް ވަނީ ނިންމައިފަ އެވެ. 

މިދިޔަ މަހުގެ 29 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާ ސިޓީއެއްގައި ބުނެފައިވަނީ، އިންޓަ ސްކޫލް ލެވަލްގައި، "14 (ސާދަ) އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާނީ ގްރޭޑް 7 އިން ފެށިގެން މަތީގެ ދަރިވަރުންނެވެ" މިހެނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމާ އެކު، ގްރޭޑް 7 އިން ދަށަށް އިންޓަ ސްކޫލްގެ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު އެސޯސިއޭޝަންތަކަށް ގެއްލުނީ އެވެ. އަދި، އިންޓަ ސްކޫލް މުބާރާތްތައް މީގެ ކުރިން ބާއްވަމުން އައި 12 އަހަރުން ދަަށުގެ ކެޓަަގަރީ ފަދަ މުހިންމު އުމުރުފުރާއެއްގައި، އަދި އޭގެއިން ދަށް އުމުރުގެ  ކުދިން ކުޅިވަރު ކުޅުންތެރިން ގޮތަށް ޑިވެލޮޕްކުުރުމުގެ ފުރުސަތު ކުޅިވަރު އެސޯސިއޭޝަންތަކަށް ގެއްލިދިޔައީ އެވެ. 

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox