ފުޓްސަލްގެ ތާރީހުގައި އޮޅުންއެރި ބައި ރަނގަޅުކޮށް، ކުރިމަގަށް އުންމީދުތަކެއް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު، ގައުމީ ފުޓްސަލް ޓީމުން ބޭއްވި އުފާފާޅުކުރުމުގެ ތެެރެއިން، މިނިސްޓަރު ރާފިއު އާއި އެފްއޭއެމްގެ ރައީސް ތޯރިގު.---- ފޮޓޯ: އިމޭޖަސް.އެމްވީ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު، ގައުމީ ފުޓްސަލް ޓީމުން ބޭއްވި އުފާފާޅުކުރުމުގެ ތެެރެއިން، މިނިސްޓަރު ރާފިއު އާއި އެފްއޭއެމްގެ ރައީސް ތޯރިގު.---- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމުގެ ރަޖިސްޓްރީވުމާ ގުޅޭގޮތުން އޮޅުންއަރާ ގޮތަށް ދެކެވުނު ވާހަކަ ރަނގަޅުކޮށް، ގައުމީ ފުޓްސަލް ޓީމުތަކަށް އުންމީދީ ވާހަކަތަކެއް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ދައްކަވައިފި އެވެ. 

"ގައުމީ ޓީމަށް ބަލާއިރުގައި އަޅުގަނޑުމެން ދަންނަވާނީ، ފުޓްސަލްގެ ގައުމީ ޓީމު އެކުލަވާލައިފައިވަނީ 2 ޑިސެމްބަރު 2025 ވަނަ އަހަރު، މިއީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމެއްގެ ގޮތުގައި ފުޓްސަލް އަޅުގަނޑުމެންނަށް، ފުޓްބޯލް އެސޯސިއޭޝަނުން ސްކޮޑެއް އެކުލަވާލައި ގައުމީ ޓީމެއްގެ ރަސްމީ ހައިސިއްޔަތު ލިބިގެންދިޔަ ފުރަތަމަ ފަހަރު ކަމުގައި ވެސް އަޅުގަނޑު ފާހަގަކޮށްލަން،" ރައީސް އޮފީހުގައި މި މަހު 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރު ރާފިއު ވިދާޅުވި އެވެ. 

އެހެން ނަމަވެސް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކުޅެން ފެށިތާ 22 އަހަރު ވެފައިވާއިރު، "ރަސްމީ" ވުން މިނިސްޓަރު ރާފިއު، މާނަކުރެއްވީ ކިހިިނެއްތޯ، މިއަދު، "އަދަދު ސްޕޯޓްސް" އިން ސުވާލުކުރުމުން ވަނީ އެކަން އޮޅުންފިލުވައިދެއްވައިފަ އެވެ. 

Advertisement

"ދެން، އޭގަ، ފުޓްސަލްގެ ދެ ޓީމެއް އެބަ އުޅޭ، އަޅުގަނޑު ދެކޭ ގޮތުގައި އަންހެން ޓީމު ވަރަށް ފަހުން، އަޅުގަނޑުމެންނަށް ފޯމް ވެގެންދިޔައީ، އެއީ އެއް ކަންތައް، ދެން، އަނެއް ކަމަކީ، އެ ހަމަ އަހަރެއް ނުވެސްވޭ އަދި، ފޯމު ވީ ފަހުން، އެހެންވީމަ އެތަންކޮޅު އަޅުގަނޑު ރަނގަޅުކޮށްލަން ބޭނުން، ދެން، ފުޓްސަލް ޓީމު (ގައުމީ ފިިރިހެން ފުޓްސަލް ޓީމު) ކުޅެފައި އެބައޮތް ރާއްޖޭން އެކި މުބާރާތްތަކުގައި މީގެ ކުރީގައި ވެސް،" ރާފިއު ވިދާޅުވި އެވެ. 

ގައުމީ ފުޓްސަލް ޓީމުން އޭޝިއާ ލެވަލްގައި ކުޅުނުތާ 22 އަހަރު: އެފްއޭއެމް އިން އޮތީ އެކަން މިނިސްޓްރީ އަށް ވެސް އަންގާފައި

ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން 2004 ވަނަ އަހަރުން ފެށިގެން އޭޝިއާގެ މުބާރާތްތަކުގައި ވާދަކުރަން ފަށާފައިވާއިރު، ފުރަތަމަ ދެ އަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުމުގެ ފުރުސަތު ލިބުނު. އޭގެ ފަހުން ކޮލިފައިންގައި ހަ ފަހަރު ކުޅުނުއިރު، ފުޓްސަލް ޓީމުން ރަސްމީކޮށް މިނެކިރަން ޖެހޭ ތާރީހަކީ، މިދިޔަ ޑިސެމްބަރު ދެ ވަނަ ދުވަހުން ފެށިގެނެއް ނޫން.

ޖެނުއަރީ މަހު، ތައިލެންޑުގެ ނޮންތަބުރީގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން އަދި ފިރިހެން މުބާރާތް ކުރިއަށްދިޔަ އެވެ. އެ މުބާރާތަށް ގައުމީ ފިރިހެން ފުޓްސަލް ޓީމު ޕްރެކްޓިސް ފެށީ، ޑިސެމްބަރު މަހު ފުރަތަމަ ހަފްތާގަ އެވެ. އަދި، އަންހެން ފުޓްސަލް ޓީމުން ޕްރެކްޓިސް ފެށީ ޑިސެމްބަރު ފަހު ހަފްތާގަ އެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕަކީ، އަންހެން ގައުމީ ފުޓްސަލް ޓީމުގެ ފުރަތަމަ މުބާރާތެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ރާފިއު ވަނީ، ގައުމީ ފުޓްސަލް ޓީމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި، ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް އުންމީދީ ވާހަކަތަކެއް ދައްކަވައިފަ އެވެ. 

"ގިނަ ބޭފުޅުންގެ ސުވާލެއް އެއީ، މިސާލަކަށް، ސްޕޯޓްސް އެވޯޑްގައި ފުޓްސަލް ޓީމުގެ ނަން ނާންނަނީ ކީއްވެތޯ، ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ ކީއްވެތޯ. މި ކަހަލަ ސުވާލުތަކެއް އެބަ އާދޭ،" ރާފިއު ވިދާޅުވި އެވެ. 

"ހުޅުވާލެވިގެން ނެޝަނަލް މުބާރާތެއް ކުރިއަށްގެންދަން އެބަޖެހޭ، ނެޝަނަލް މުބާރާތެއް، އެއް އަހަރު ދުވަހުގައި ކުރިއަށްގެންދެވިގެން، އެ ޕެޓާން އެ ހިސާބަށް ދިޔައީމަ މުސާރަ ދޭ ހިސާބަށް މި ދަނީ. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެކަން ފަހިވެގެންދާނެ، އެފްއޭއެމްގައި މިހާރު ވެސް އެ ވަނީ އޮފިޝަލީ ފިރިހެން ޓީމު ވެސް ރަޖިސްޓްރީ ކުރެވިފައި، އަންހެން ޓީމު އޮތަސް، އަންހެން ޓީމާ ވެސް އެއްކޮށް އެ ބީދައިން އަޅުގަނޑުމެން ކުރިއަށްގެންގޮސް، އެއީ ބަޖެޓް ކޮށްގެން ކުރަންޖެހޭ ކަމެއް ވީމަ، މުސާރައިގެ ކަންތައް ވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ،" 

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދާދި ފަހުން ދޭން ހަމަޖެއްސި އިންޝުއަރެންސްގެ ކަންކަން ވެސް ފުޓްސަލް ޓީމަށް ހަމަޖެހިގެންދާނެ ކަމަށް ރާފިއު ވަނީ ޔަގީންކަން ދެއްވައިފަ އެވެ. 

"އިންޝުއަރެންސްގެ ތެރެއަށް މި ޓީމުތައް (ފުޓްސަލް ޓީމުތައް) ލެވިގެންދިއުން އަޅުގަނޑު އުންމީދުކުރަނީ، އޭރަށް އަޅުގަނޑުމެންނަށް މި ކަން އެންމެ ރަނގަޅަށް ހާސިލްކުރެވިގެންދާނީ، އިރާދަކުރެއްވިއްޔާ އަންނަ އަހަރަކީ ބަޖެޓް ހަދާއިރުގައި، ބަޖެޓަށް ލައިގެން، މުސާރަ ދެވި، އިންޝުއަރެންސް ވެސް ހަމަޖެހިގެންދާނެ،" ރާފިއު ވިދާޅުވި އެވެ. 

އެފްއޭއެމް އިން މި އަހަރަށް އެކުލަވާލި ކަލަންޑަރާއި ފާސްކުރި ބަޖެޓުގައި ފުޓްސަލް މުބާރާތްތަކެއް ކުރިއަށްގެންދަން ވަނީ ހިމަނައިފަ އެވެ. އެއީ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އާއި އެފްއޭއެމް ފުޓްސަލް ލީގުގެ އަންހެން އަދި ފިރިހެން މުބާރާތެވެ. އެ މުބާރާތްތަކަށް ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox