ސަރުކާރު ކުންފުނިތަކުގައި 42،000 މުވައްޒަފުން، 13،000 މީހެއްގެ ވަޒީފާ ގެއްލިދާނެ

މާލޭގެ އަމީނީ މަގު ތާރު އަޅައިގެން ހެދި ދުވަސްވަރު އެ މަގުގައި އާރުޑީސީގެ މުވައްޒަފުން މަސައްކަތް ކުރަނީ: އެންމެ ގިނައިން މުވައްޒަފުން ނެގި ކުންފުނިތަކުގެ ތެރޭގައި ފެށުނީއްސުރެން ގެއްލުމުގައި ހިންގާ އާރުޑީސީ ހިމެނޭ --- ފޮޓޯ: އަދަދު

މާލޭގެ އަމީނީ މަގު ތާރު އަޅައިގެން ހެދި ދުވަސްވަރު އެ މަގުގައި އާރުޑީސީގެ މުވައްޒަފުން މަސައްކަތް ކުރަނީ: އެންމެ ގިނައިން މުވައްޒަފުން ނެގި ކުންފުނިތަކުގެ ތެރޭގައި ފެށުނީއްސުރެން ގެއްލުމުގައި ހިންގާ އާރުޑީސީ ހިމެނޭ --- ފޮޓޯ: އަދަދު

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އެންގިއިރު، އެ ކުންފުނިތަކުގައި 42،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިބި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް އެ ކުންފުނިތަކަށް އެންގީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އަޅަން ނިންމާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.

އެ ގޮތުން ސަރުކާރުން ކުންފުނިތަކަށް އަންގާފައި ވަނީ ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިހާރު ތިބި މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި ކޮންމެހެން ބޭނުން ނުވާ ވަޒީފާތަކަށް މީހުން ނުނެގުމަށެވެ. 

Advertisement

ހަނގުރާމަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމުގެ ތަފުސީލުތަކަށް ވަޑައިގަންނަވަމުން ޒަމީރު ވިދާޅުވީ، ބައެއް ކުންފުނިތައް "ރައިޓް ސައިޒް" ކުރާއިރު 33 ޕަސެންޓު މުވައްޒަފުން ނުކެނޑިދާނެ ކަމަށެވެ.

މީގެ މިސާލެއްގެ ގޮތުގައި ޒަމީރު ހިއްސާކުރެއްވީ ގައުމީ އެއާލައިން، މޯލްޑިވިއަން، އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން އެވެ. އޭނާ ވިދާޅުވީ، އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތަކުން އެ އަދަދަށް މުވައްޒަފުން ކަނޑައިފިނަމަ، ކުންފުނި ނުހިންގޭ ހާލަތަށް ގޮސްދާނެތީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

ސިޔާސީ ބޭނުމަށް އެތައް ހާސް ވަޒީފާތަކެއް އުފެއްދުމަށް ފަހު އެސްއޯއީތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރުމަށްޓަކައި، އެސްއޯއީތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގައިފި. މީގެ އިތުރުން، ސިޔާސީ ބޭނުމަށް ވަޒީފާ ދިނުން ހުއްޓާލައި، ތައުލީމާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު ހަރުދަނާކުރުމަށް ވެސް ވަނީ އިރުޝާދު ދީފައި.

ޒަމީރު ވިދާޅުވީ، ސަރުކާރުން އަންގާފައި ވަނީ ކުންފުނިތަކުގެ މިހާރުގެ އޮޕަރޭޝަންސްއަށް ބަލާފައި އެކަށީގެންވާ އަދަދަކަށް މުވައްޒަފުންގެ ބައިތިއްބަން ކަމަށެވެ. އަދި، މި ގޮތަށް ވަޒީފާތަކުން ވަކިކުރާއިރު ވެސް، ގާނޫނުތަކުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެކަން ކުރަން އަންގާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ދެންނެވީ، މާދަމާ ހެނދުނު އިރުއަރަންވާއިރަށް މީހުން ކަނޑާށެކޭއެއް ނޫން. ހަމަޖެހޭ އުސޫލެއްގެ ގޮތުން، އަދި އެމްޕްލޯޔިމަންޓް ގާނޫނާ އެއްގޮތަށް އެކަން ކުރަން އަންގާފަ ވާނީ،" ޒަމީރު ވިދާޅުވި އެވެ. 

ވަޒީފާތަކުން މީހުން ކަނޑާއިރު، ޒަމީރު ވިދާޅުވީ، މީހުންނަށް ވާނެ އުނދަގޫތަކަށް ބަލައިގެން މިކަން ކުރަން ވެސް ކުންފުނިތަކަށް އަންގާފައި ވާނެ ކަމަށެވެ. 

އަހަރެއް ތެރޭ ސަރުކާރު ކުންފުނިތަކަށް 4،600 މުވައްޒަފުން އިތުރުވި، 12 ކުންފުންޏެއް ހިންގީ ގެއްލުމުގައި

މިދިޔަ އަހަރުގެ ރިވިއު އަށްވުރެ މި އަހަރުގެ ރިވުގައި މުވައްޒަފުންނާ ގުޅޭގޮތުން ހިމަނާފައި ވަނީ މަދު މައުލޫމާތުތަކެއް. މިދިޔަ އަހަރުގެ ރިވިއުގައި ވަކިވަކި ކުންފުނިތަކުގައި ތިބީ ކިހާ މުވައްޒަފުންނެއްކަން އެނގޭ ގޮތަށް އޮތްއިރު މި އަހަރުގެ ރިވިއުގައި އެފަދަ އެއްވެސް މައުލޫމާތެއް ނެތް

ސަރުކާރު ކުންފުނިތަކުގައި ތިބި ކަމަށް ޒަމީރު އަންދާޒާކުރާ އަދަދުން ހިސާބުކުރާއިރު، ސީދާ 33 ޕަސެންޓު މުވައްޒަފުން ކަނޑާނަމަ، 13،000 އަށް ވުރެ ގިނަ މީހަކަށް ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ. މިހެނަސް، ބައެއް ކުންފުނިތަކުން މުވައްޒަފުން ނުކުނޑާނަމަ، ވަޒީފާ ގެއްލޭ މީހުންގެ އަދަދު މަދު ވާނެ އެވެ. 

ގިނަ ބަޔެއްގެ ވަޒީފާ ގެއްލޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ކުއްލިއަކަށް ބަދަލުކުރިއިރު،  ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިހާ ވަރަށް އިތުރުވީ މި ސަރުކާރުގަ އެވެ.

ސަރުކާރުން މިކަން ކުރީ، ކުރީ ސަރުކާރުން ސިޔާސީ ބޭނުންތަކަށް ކުންފުނިތަކުން ވަޒީފާ ބަހާލިކަމަށް ބުނެ އެ ގޮތަށް ވަޒީފާ ނުދޭނެ ކަމަށް ތަކުރާރުކޮށް ބުނުމަށް ފަހުގަ އެވެ. އަދި، މި ސަރުކާރުގެ ހޯމް ގްރޯން ރިފޯމް އެޖެންޑާގައި ވެސް ކުންފުނިތައް "ރައިޓް ސައިޒް" ކުރަން ހިމެނުމަށް ފަހު، އެކަމެއް ވެސް ނުކުރެ އެވެ.

ޕީސީބީން ޝާއިއުކޮށްފައިވާ އެނުއަލް ސެކްޓާ ރިޕޯޓު 2024 ގައިވާ ގޮތުގައި، މި ސަރުކާރުގެ ދައުރު ފެށުނު 2023 ވަނަ އަހަރު ނިމުނުއިރު ސަރުކާރު ކުންފުނިތަކުގައި ތިބީ 35,000 މުވައްޒަފުންނެވެ.

މިހާރު ކުންފުނިތަކުގައި ތިބި ކަމަށް ބުނާ އަދަދަކީ އަސްލު އަދަދު ނަމަ، އެ ފަހުން މިވީ ދެ އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި އެސްއޯއީތަކުން ވަނީ 7،000 ވަޒީފާ އުފައްދާފަ އެވެ.

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ކަމަށް އަންދާޒާކުރެވޭ 45،000 ވަރަކަށް މީހުން އެއްކޮށްލުމުން ވަޒީފާތަކުގައި ތިބި މީހުންގެ އަދަދު 87,000 އަށް އަރަ އެވެ.

މިއީ ރާއްޖޭގެ މަސައްކަތް ކުރާ އާބާދީ ކަމުގައިވާ 270،000 މީހުންގެ ގާތްގަނޑަކަށް ތިން ބައި ކުޅަ އެއް ބަޔެވެ. މީގެ މާނައަކީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކަށް އާމްދަނީ ލިބެނީ ސަރުކާރު ނޫނީ ސަރުކާރު ކުންފުންޏަކުން ކަމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox