އެމްއޭސީއެލްގައި ވަޒީފާއަށް ނުގޮސް، މުސާރަ ލިބޭ ބަޔަކު ތިބި ކަމެއް މުއިއްޒުއަކަށް ނޭނގޭ

ރައީސް މުހައްމަދު މުއިއްޒު އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފް އާއި ޑީއެމްޑީ މުޖުތަބާ: ބޮޑު މުސާރައިގައި ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ދިން ކަމުގެ ތުހުމަތު އެމްއޭސީއެލްއަށް ކުރެވޭ --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފް އާއި ޑީއެމްޑީ މުޖުތަބާ: ބޮޑު މުސާރައިގައި ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ދިން ކަމުގެ ތުހުމަތު އެމްއޭސީއެލްއަށް ކުރެވޭ --- ފޮޓޯ: ރައީސް އޮފީސް

އެއާޕޯޓުތައް ހިނގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި އޮފީހަށް ވަޒީފާއަށް ނުނިކުމެ ގޭގައި ތިބެގެން މުސާރަ ލިބޭ ބަޔަކު ތިބި ކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމްއޭސީއެލްގައި މި ގޮތަށް މުސާރަ ލިބޭ ކަމަށް ބުނާ 85 މީހުންގެ ލިސްޓެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ލިސްޓުގެ ސުރުހީގައި އޮތީ، "ސްޓާފް ލިސްޓް ފްރޮމް ޕްރެޒިޑެންޓް އޮފީސް" އެވެ.

މި ލިސްޓުގެ ސައްހަކަން ރަސްމީ މަސްދަރަކުން މިހާތަނަށް ކަށަވަރު ނުކުރެވުނު ނަމަވެސް، އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން އާންމުން ދަންނަ މޫނުތަކާއި ނަންތައް ތިބި މީހުން އުޅެނީ އެމްއޭސީއެލްގެ ވަޒީފާގައި ކަން އަދަދު އަށް ވަނީ ކަށަވަރުކުރެވިފަ އެވެ. 

އެމްއޭސީއެލްގައި ތިބި "ސިޔާސީ ވަޒީފާ" ތަކުގެ ލިސްޓާ ގުޅުވާ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ފުރަތަމަ ދެއްކެވީ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މުވައްޒަފުން މަދުކުރަން ފިނޭންސް މިނިސްޓްރީން  ފޮނުވާފައިވާ އެންގުމުގެ ވާހަކަ އެވެ.

މުއިއްޒު ވިދާޅުވީ، މި އެންގުމުގެ ދަށުން އެމްއޭސީއެލް ހިމެނޭހެން ސަރުކާރު ހުރިހާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

"ޕާފޯމަންސް ބޭސްޑްކޮށް ބައްލަވާފައި، މަސައްކަތުގެ ފަރުވާތެރިކަން ހުރިވަރާއި، ނޫނިއްޔާ ވަޒީފާއަށް ގަޑިއަށް ނުކުމޭތޯ، ހާޒިރީއާ، މި ހުރިހާ ކަމަކަށް ބަލައި، އަދި ކުންފުނީގެ ހިނގުމަށް ބަލައި، މި ހުރިހާ ކަމަކަށް ބަލައި މުވައްޒަފުންގެ އަދަދު މަދުކުރަން ވަނީ އަންގާފައި،" އެމަނިކުފާނު ވިދާޅުވި އެވެ. 

މުއިއްޒު ސީދާ ޖަވާބެއް ނުދެއްވުމުން، ސުވާލުކުރި ނޫސްވެރިޔާ ވަނީ އެމްއޭސީއެލްއާ ގުޅުވާ ކުރި ސުވާލު ތަކުރާރުކޮށް، ދައުރުވަމުންދާ ލިސްޓުގައި ތުހުމަތުކުރާ ގޮތަށް މަސައްކަތެއް ނުކޮށް މުސާރަ ލިބޭ ބަޔަކު ނެތް ކަން ކަށަވަރުކުރެއްވިންތޯ އަހާފަ އެވެ.

މި ސުވާލާ ގުޅިގެން ދިން ޖަވާބުގައި މުއިއްޒު ވިދާޅުވީ އަޅުގަނޑާ ހަމައަށް އެ ފަދަ ލިސްޓެއް ނާންނަ ކަމަށެވެ. މިހެން ވިދާޅުވުމަށް ފަހު އެމަނިކުފާނު އަނެއްކާ ވެސް ވަޑައިގެންނެވީ، ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ ތަފުސީލުތަކަށެވެ. 

"މަދުކުރާއިރުގައި، އެކަށީގެންވާ ވަރަށް ވުރެ ބޮޑުކޮށް މުސާރަ ލިބޭ  ފަރާތްތައް ކަމުގައި ވިޔަސް، ނޫނިއްޔާ މި ދެންނެވިހެން ފާފޯމަންސް ބޭސްޑްކޮށް ތަނަށް ބޭނުންނުކުރެވޭ މީހުން ކަމަށް ވަންޏާ، ނޫނިއްޔާ ތަނުގައި އޮންނަ މިންގަނޑުތަކާ ހިލާފަށް އޮތް ކަމެއްކަމަށް ވަންޏާމުން ރަނގަޅުކުރަން،" މުއިއްޒު ވިދާޅުވި އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުން ދެއްކެވި ވާހަކަތަކުގެ ތެރެއިން، މުއިއްޒު ވަނީ އިންތިހާބާ ގުޅިގެން ސަރުކާރުން ވަޒީފާތައް ދިން ކަމަށް ޒާތަކަށް އިއުތިރާފުވެވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ކެމްޕެއިނަކާ ގުޅިގެން ނޫނީ ސިޔާސީ ގޮތުން ވަޒީފާ ދިނުން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން ބުނެފި ކަމަށެވެ.

ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި

ސިޔާސީ ގޮތުންނާއި ކެމްޕެއިންތަކާ ގުޅުވައިގެން ވަޒީފާ ދިނުން ހުއްޓާލައި، މެރިޓް އުސޫލުން ވަޒީފާ ދޭން ފެށުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ގަވާއިދާ ހިލާފަށް ވަޒީފާ ދީފިނަމަ، އެފަދަ މީހުން ވަޒީފާއިން ވަކިކުރުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.

މި ގޮތަށް ހަބަރު ޖެހުމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، މުހައްމަދު ހުސައިން ޝަރީފު (މުންދު)، ވަނީ އަދަދު ނޫހުން މާނަ އޮޅުވާލައިގެން ހަބަރު ލިޔުނު ކަމަށް ބުނެ ނޫސް ބަޔާނެއް ނެރެފަ އެވެ. 

"... އެ ހަބަރުގައި ރައީސުލްޖުމްހޫރިއްޔާއާ ހަވާލާދީ، ހަބަރުގައި އޮތް ސުރުހީ ހިމެނޭގޮތަށް، ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމަނިކުފާނު ދެއްވި ޖަވާބުގެ ދޭހަވީ މާނަ އޮޅުވާލައި، ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަގުސަދާ މުޅިން ހިލާފު މާނައެއް އުފަންކުރުވައިގެން ލިޔެފައިވާ ހަބަރެއް،" އެ ބަޔާނުގައިވެ އެވެ.

ރައީސް އޮފީހުން މާނާ އޮޅުވާލީ ކަމަށް ބުނި ނަމަވެސް، ނޫސްވެރިޔާ ސުވާލު ކުރީ އިންތިހާބާ ދިމާކޮށް ވަރަށް ގިނަ ވަޒީފާތަކެއް ދިން މަންޒަރު ފެނުނު ކަމަށާއި، މުވައްޒަފުން މަދުކުރާއިރު އެ ފަދަ ފަރާތްތައް ވަޒީފާއިން ވަކިވެގެން ދާނެތޯ އެވެ. 

"ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނޫނިއްޔާ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް ރައްޔިތުން މިއޮތީ ބުނެފައި. އެހެންވީމަ އަޅުގަނޑު ވެސް ދާނީ އެގޮތަށް ދެން އެނގޭތޯ،" ޖަވާބުގައި މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ހަރަދު ކުޑަކުރަން ކަމަށް ބުނެ، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރަން އެންގިއިރު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިއްބެވެ. މި އަދަދުތަކާއި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު ކެނޑުމުން، ސަރުކާރު ކުންފުނިތަކުގައި އެކަނި 7،000 ވަޒީފާ އުފައްދާފައިވާ ކަމަށް ދައްކަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox