ސަރުކާރުގެ ފަސް ކުންފުންޏެއްގެ އެންމެ އިސްވެރިޔާގެ މަގާމު ހުހަށް!

ފޮޓޯ: އިސްމާއިލް އިމްދާދު

ފޮޓޯ: އިސްމާއިލް އިމްދާދު

ސަރުކާރުގެ ފަސް ކުންފުންޏެއްގެ އެންމެ އިސްވެރިޔާގެ މަގާމު ހުހަށް ހުންނަތާ ދުވަސްތަކެއް ފާއިތުވެއްޖެ އެވެ. 

ކުންފުނީގެ އެންމެ އިސްވެރިޔާގެ މަގާމު މިވަގުތު ހުހަށް އޮތީ ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން، އެމްޑަބްލިއުއެސްސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، އެގްރޯ ނެޝަނަލް ކޯޕަރޭޝަން އަދި މިފްކޯގެ އެވެ. 

ސްޓެލްކޯގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހްމަދު ޝަމާހު ރަޝީދު މިދިޔަ ޖެނުއަރީ މަހު މަގާމުން ވަކިކުރުމުންނެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ފަހުމީ ވަކިކޮށް ސެޕްޓެމްބަރު 7، 2025، ގަ އެވެ. 

Advertisement

އޭނާ މަގާމުން ވަކިކުރިފަހުން ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެއްދި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ މައްސަލަތަކާ ގުޅިގެން އެއްވެސް މައުލޫމާތެއް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ. 

ސަމާހު ވަކިކުރުމަށްފަހު ކުންފުންޏެއްގެ އިސްވެރިޔަކަށް ދެން ވަކިކުރީ ލޯކަލް ކައުންސިލް އިންތިހާބު ނިމުނުތާ ދެވަނައަށްވީ ދުވަހު ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނަޖާހު އެވެ. 

ފެނަކައިގެ އެމްޑީއަކަށް ނަޖާހު އައްޔަނު ކުރީ މި ސަރުކާރުގައި އެންމެ ފުރަތަމަ އެ މަގާމަށް އައްޔަންކުރި އިބްރާހިމް މުއާޒް ރަޝީދު އިސްތިއުފާ ދިނުމުންނެވެ.

ފެނަކައިން ވަކި ކުރި ނަޖާހު ވިދާޅުވީ މަގާމުން ވަކިކުރި ސަބަބެއް އޭނާއަށް ނޭނގޭ ކަމަށެވެ. އުސޫލުތަކާއި ހިލާފަށް މަގާމުގައި ހުންނަވައިގެން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. 

އޭގެއިތުރުން ހަމަ އެ ދުވަހު އެގްރޯގެ އެމްޑީ ހުސައިން ދީދީ ވަކިކޮށްފައިވާއިރު، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ރިޝްވާން މަގާމާ ހަވާލުވީ  ފެބްރުއަރީ، 2025، ގަ އެވެ.  

އެމްޕީއެލްގެ އެމްޑީއަކަށް ރިޝްވާން އައްޔަނުކުރީ އެ މަގާމުގައި އެއިރު ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް ވަކިކުރުމަށް ފަހުގަ އެވެ. ވަޖީހު އެ މަގާމުން ވަކިކުރީ ރައީސް މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ މައްސަލަ ޖެހުނު ދުވަސްވަރުގަ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމުން  ފަރުހަތު ޝަހީރު އަދި އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގަ އެވެ.

ކުންފުނިތަކުން އެމްޑީންނާއި ސީއީއޯއިން ވަކިކުރި ސަބަބެއް އަދި އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ. ނަމަވެސް އޭގެތެރެއިން ސްޓެލްކޯ އެމްޑީ ފިޔަވައި ބާކީ ތިއްބެވި ވެރިން އިސްތިއުފާ ދެއްވީ އަދި މަގާމުން ވަކިކުރީ އިންތިހާބުގައި ޕީއެންސީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ކަމަށް ވަނީ ބެލެވިފަ އެވެ. 

ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގިނަ އަދަދެއްގެ ވަޒީފާ އުފައްދާފަ އެވެ. އެގޮތުން ބައެއް ކުންފުނިތަކުން އިންތިހާބަށް 24 ގަޑިއިރުވެފައި އޮއްވައި ވެސް މުވައްޒަފުން ނަގައި، ގިނަ އަދަދެއްގެ ޕްރޮމޯޝަންތަކެއް ވެސް ދީފައިވާކަން ފާހަގަކުރެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox