ޑިވެލޮޕްމަންޓް ބޭންކުން ލޯނެއް ދޫކުރެވޭނެ ތާރީހެއް މިނިސްޓަރަށް ވިދާޅެއް ނުވެވުނު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ޑިވެލޮޕްމަންޓް ބޭންކު މެދުވެރިކޮށް ލޯނު ދޫކުރެވޭނެ ތާރީހެއް މިނިސްޓަރަށް ވިދާޅެއްވެފިފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ޑިވެލޮޕްމަންޓް ބޭންކު މެދުވެރިކޮށް ލޯނު ދޫކުރެވޭނެ ތާރީހެއް މިނިސްޓަރަށް ވިދާޅެއްވެފިފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް 2024 ވަނަ އަހަރު ހުޅުވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުން ލޯނެއް ދޫކުރެވޭނެ ތާރީހެއް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ވީދާޅެއް ނުވެވުނެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުން ސުވާލުކުރީ ބޭންކް މެދުވެރިކޮށް ލޯނު ދޫކޮށްގެން އެންމެ އަވަހަށް މަޝްރޫއެއް ހިންގޭނެ ދުވަހެއް ސާފުކޮށްދިނުމަށެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކުގެ މެނޭޖްމަންޓް އެކުލަވާލައި މުވައްޒަފުން ވެސް ނަގައިގެން މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި، އެ ބޭންކުގެ ބޭނުމާއީ އެ މަސައްކަތް ފެށިފައި އޮތް ކަމާއި ކުރީ ސަރުކާރުގެ ގޭދޮށު މަސް ފެކްޓްރީތަކުގެ ވާހަކަ ދިގުކޮށް ދެއްކެވި އެވެ.

ނަމަވެސް އެ ބޭންކުން މަޝްރޫއަކަށް ލޯނު ދޫކުރެވޭނެ ތާރީހެއް މިނިސްޓަރެއް ވިދާޅެއް ނުވެ އެވެ. 

"އެއްވެސް ޝައްކެއް ނެތް. ޑިވެލޮޕްމަންޓް ބޭންކަކީ މުހިންމު ބޭންކަކަށްވާތީ ރައީސްގެ އިލެކްޝަން ވައުދެއް ގޮތުގައި ވެސް އެކަން ހިމަނުއްވައިގެން އެ މަސައްކަތް ކުރެވުމުން އެދަނީ. އެ މަސައްކަތް އެބަދޭ ކުރިއަށް އެނގޭތޯ. އެ ބޭންކުގެވެސް  މިހާރު މެނޭޖްމަންޓް އެކުލަވާލެވި އަދި މުވައްޒަފުންވެސް ނެގިފައި،" ސައީދު ވިދާޅުވި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ޑިވެލޮޕްމަންޓް ބޭންކުން ކުރި ހަރަދު ހޯދުމަށް މި ނޫހުން ހުށަހެޅުމުން ފިނޭންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ނިިޔަލަށް އެ ބޭންކަށް 11،998،267ރ. ހަރަދު ކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ 2024 ވަނަ އަހަރު އެ ބޭންކަށް 3،000،000ރ ހަރަދުކުރި ކަމަށެވެ. އަދި މި އަހަރުގެ އޯގަސްޓު މަހުގެ 25 އާ ހަމައަށް އެ ބޭންކަށް 8،998،267ރ. ހަރަދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ބޭންކަށް ބޭނުންވާ ލައިސަންސް   މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ކުރުމަށް ފަހު އޮކްޓޯބަރު 13، 2024, ގައި އެވެ. އެ ދުވަހުން ފެށިގެން އެއް އަހަރު ހަމަވި ދުވަހަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 12، ގަ އެވެ. 

ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު "ހުޅުވީ" ނޮވެމްބަރު 16، 2024، ގައި މުއިއްޒު އެވެ.

ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ މިދިޔަ އަހަރުގެ މާޗު މަހު އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއަށް ދެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުދޭތީކަން ފަހުން ވަނީ ހާމަވެފަ އެވެ. 

ޑިވެލޮޕްމަންޓް ބޭންކްގެ އޮފީސް ހިންގާ އިމާރާތަށް މިދިޔަ މެއި މަހާ ހަމައަށް އެއްވެސް މަހެއްގެ ކުލި ދައްކާފައި ނުވާ ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ. އެ ބޭންކުގެ އޮފީސް ހިންގުމަށް އެލައިޑް ބިލްޑިންގެ ޖާގައެއް ކުއްޔަށް ދީފައި ހުންނަނީ މަހަކު 75،892ރ. އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox