އީދު ބަންދުގައި އެމްއައިބީ ހުޅުވާނެ ވަގުތުތައް އިއުލާނުކޮށްފި؛ ބުރާސްފަތި ދުވަހު ބޭންކިން ހިދުމަތް ލިބޭނެ

May 19, 2026, 7:53 PM
އެމްއައިބީ

އެމްއައިބީ

މި އަހަރުގެ އަޟުޙާ ޢީދުގެ ބަންދާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޚިދުމަތް ދޭނެ ވަގުތުތައް އެ ބޭންކުން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. މި ބަދަލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަންދު ދުވަސްތަކުގައި ބޭންކުތައް ހުޅުވުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ގެނެސްފައިވާ ބަދަލެކެވެ.

އެމްއައިބީން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް ނިންމާފައިވީ ނަމަވެސް، ކަސްޓަމަރުންނަށް ބޭނުންވާ ޒަރޫރީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މޭ މަހުގެ 28 ވާ ބުރާސްފަތި ދުވަހު އެ ބޭންކުގެ ބްރާންޗުތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އެ ދުވަހު ބޭންކު ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 13:30 އާ ހަމައަށެވެ.

މީގެ އިތުރުން، ބޭރު ފައިސާ ފޮނުވުމަށް ބޭނުންކުރާ ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ޚާއްޞަ ވަގުތެއްވެސް އެމްއައިބީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބުރާސްފަތި ދުވަހު ޓީޓީގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މެންދުރު 13:00 ކަމަށް އެ ބޭންކުން ބުނެ އެވެ. އެހެންކަމުން، ބަންދު ދުވަސްތަކުގައި ފައިސާގެ މުޢާމަލާތްތައް ކުރަން ބޭނުންވާ ފަރާތްތަކުން މި ވަގުތުތަކަށް ސަމާލުކަން ދިނުމަށް ބޭންކުން އިލްތިމާސްކުރެ އެވެ.

އެމްއައިބީއަކީ މިހާރުވެސް ގިނަ ޚިދުމަތްތަކެއް ޑިޖިޓަލްކޮށް ފޯރުކޮށްދެމުން އަންނަ ބޭންކަކަށް ވުމާއެކު، ބޭންކުގެ ބްރާންޗުތައް ބަންދު ނަމަވެސް އޮންލައިންކޮށް ގިނަ ޚިދުމަތްތަކެއް ލިބޭނެ ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ. އެގޮތުން ބޭންކަށް ހާޒިރުނުވެ އައު އެކައުންޓު ހުޅުވުމާއި، އިންޓަނެޓް ބޭންކިންގއަށް އަމިއްލައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ އެވެ.

ހަމައެއާއެކު، ފައިސާ މޮބައިލް އަދި ފައިސާ ނެޓް މެދުވެރިކޮށް ޓީޓީގެ ޚިދުމަތަށް އެދުމުގެ ފަސޭހަކަންވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. އަދި އެމްއައިބީގެ "އެޕްލައި ނައު" ޕޯޓަލް މެދުވެރިކޮށް ބޭންކުން ފޯރުކޮށްދޭ އެކި ކަހަލަ ފައިނޭންސިންގ ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތަކަށް ބަންދު ދުވަސްތަކުގައިވެސް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން މަޢުލޫމާތުދެ އެވެ.

ޢީދު ބަންދުގެ ދުވަސްތަކުގައި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ލިބޭނެއެވެ. އެމްއައިބީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ރައްކާތެރި ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Newsletter

Get the latest news delivered straight to your inbox