ޓެކްސީ ނަފާ ލޯނާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

މާލޭގައި ޓެކްސީތަކެއް: ޓެކްސީ ނަފާ ލޯނުގެ ދަށުން ދޫކުރި ކާރުތައް ރަޖިސްޓްރީ ނުވަނީސް ލޯނު އަނބުރާ ދައްކަން ބާރުއަޅާތީ އެކަން ބަލާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި -- ފޮޓޯ: އަދަދު

މާލޭގައި ޓެކްސީތަކެއް: ޓެކްސީ ނަފާ ލޯނުގެ ދަށުން ދޫކުރި ކާރުތައް ރަޖިސްޓްރީ ނުވަނީސް ލޯނު އަނބުރާ ދައްކަން ބާރުއަޅާތީ އެކަން ބަލާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި -- ފޮޓޯ: އަދަދު

ޓެކްސީ ދުއްވަން ކާރު ގަތުމަށް އެސްޑީއެފްސީން ދޫކުރި ޓެކްސީ ނަފާ ލޯނު ގެ ދަށުން ކާރު ލިބުނު ބައެއް މީހުންނަށް ކާރު ރަޖިސްޓާ ނުކުރެވެނީސް، އެ ލޯނު އަނބުރާ ދައްކަން ބާރު އަޅަމުންދާތީ އެކަމާ ގުޅިގެން ލޯނު ނެގި މީހުންގެ ހުރި ކަންބޮޑުވުންތައް ބަލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. 

މިކަމާ ގުޅިގެން އާންމު މީހަކު އެކްސް ގައި އާންމުކޮށްފައިވާ ސިޓީއަކަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި ކުރިއަށްދެވޭނެ އެންމެ މަގުތަކާއި ހައްލުތައް ހޯދަން މަސައްކަތް ކޮށްދޭނެ ކަމަށެވެ. 

"އާއްމު ކުރައްވާފައި އެވާ ސިޓީގައި ފާހަގަކުރައްވާފައިވާ އެންމެހާ ކަންކަން ބަލައި ދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމަށް މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު ވާނީ ދަންނަވައިފަައި،" ސައީދު ވިދާޅުވި އެވެ. 

Advertisement

އެކްސްގައި ސިޓީ އާންމުކުރި މީހާ ބުނީ ލޯނު ސްކީމްގެ ދަށުން ގެނައި ކާރުތައް ރަޖިސްޓްރީ ނުކުރެވި ލަސްވަނީ ޓްރާންސްޕޯޓުގެ ސަބަބުން ކަމަށްވާއިރު، ލޯނު ދައްކަން ބާރު އަޅަމުންދިޔުމަކީ އެކަމުގެ ސަބަބުން ލޯނު ނެގި މީހުންގެ އޮތް ކަންބޮޑުވުމެއް ކަމަށެވެ. 

"ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓާ ކުރުމުގެ އަމަލީ މަސައްކަތް ލަސްވެ، ބައެއް ކާރުތައް ރަޖިސްޓާ ނުވެ ހުއްޓައި ލޯނުދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް ތާއީދު ކުރަމުންދާ ކަމީ، ލޯނު ނެގި ފަރާތްތަކަށްވަރަށް ބޮޑު ތަކްލީފަކާ ކަންބޮޑުވުންތަކެއް ކުރިމަތިވެފައިވާ ކަމެކެއް،" އޭނާ ބުންޏެވެ. 

އޭނާ އެދުނީ ކާރުތައް ރަޖިސްޓްރީ ކުރެވެންދެން ލޯނު އަނބުރާ ދެއްކުން ފަސްކޮށް، ކާރުތައް ރަޖިސްޓްރީ ކުރެވޭނެ އަވަސް ގޮތްތަކެއް ފަހިކޮށްދިނުމަށެވެ. އޭގެއިތުރުން ލޯނު ނެގި ހުރިހާ އެންމެންނަށް ހަމަހަމަކޮށް އެކަމުގައި ގޮތެއް ނިންމުމަށްވެސް އޭނާ އެދިފައިވެ އެވެ. 

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ޓެކްސީ ނަފާ ލޯނުގެ ދަށުން ޓެކްސީ ގަންނަން ތިން ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރި އެވެ. އޭރު ލޯނު ދޫކުރީ ޓެކްސީ އައު ކުރަން ބޭނުންވެފައި ތިބި މީހުންނަށާއި އަލަށް ޓެކްސީކުރަން ބޭނުންވާ މީހުންގެ އިތުރުން އަމިއްލަ ޓެކްސީއެއް ނެތް މީހުންނަށެވެ. 

ގިނަ ވެގެން ފަސް އަަހަރުގެ ތެރޭގައި އަނބުރާ ދައްކާ ހަލާސްކުރާ ގޮތަށް އެ ސްކީމްގެ ދަށުން ލޯން ދޫކުރީ އެއްވެސް އިކުއިޓީއަކާއި ކޮލެޓްރަލްއަކާ ނުލަ އެވެ. ނަމަވެސް ލޯނު ފައިސާއަށް ގަންނަ ޓެކްސީ އެ ސްކީމްގެ ދަށުން ރަހުނު ކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox