އަހަރަކުން 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިންގެ ހިދުމަތުން 19 މަހުން ލިބުނީ 47 މިލިއަން ޑޮލަރު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: މިނިސްޓަރު އަންދާޒާ ކުރެއްވިވަރާ ގާތަށްވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް އާމްދަނީއެއް ލިބިފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: މިނިސްޓަރު އަންދާޒާ ކުރެއްވިވަރާ ގާތަށްވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް އާމްދަނީއެއް ލިބިފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

އަހަރަކުން 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތުން 19 މަހުން ރާއްޖެއަށް ލިބުނީ 47 މިލިއަން ޑޮލަރު ކަމަށް މިދިޔަ ބުދަ ދުވަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ސެޕްޓެމްބަރު، 2024، ގައި ފެށި ފަހުން މިދިޔަ މަހުގެ ނިޔަލަށް ލިބުނީ 730 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ޑޮލަރުގެ ގޮތުން ބަލާނަމަ 47.3 މިލިއަން ޑޮލަރެވެ. 

"31 މާޗު 2026 އާ ހަމައަށް 730 މިލިއަން ރުފިޔާ އިންޓަނޭޝަނަލް ބަންކަރިންގެ ވިޔަފާރި ފެށިފަހުން ލިބިފައި އޮތްކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ އެނގޭތޯ،" ސައީދު ވިދާޅުވި އެވެ. 

Advertisement

ބަންކަރިން ހިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ސައީދު ވިދާޅުވީ  ވެރިކަން ހިންގާ ޕީއެންސީގެ ހަރުގޭގައި ޖުލައި 7، 2024، ގައި ބޭއްވި ޖަލްސާއެއްގަ އެވެ. 

ސައީދު އޭރު ވިދާޅުވީ ސަރުކާރުން އަންދާޒާކުރާ ގޮތުގައި ބަންކަރިން ހިދުމަތުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 400 މިލިއަން ޑޮލަރު ހޯދޭނެ ކަމަށެވެ. 

"ކޮބައިތޯ މިކަމުން [ބަންކަރިން އިން] އިކޮނޮމީއަށް އަންނަ ބަދަލަކީ. ހަމައެކަނި ފުރަތަމަ. މި ޖުލައި މަސް ނިމޭއިރުގަ ބަންކަރިންގެ ހިދުމަތް ފަށައިގެން އަންނަ އަހަރުގެ ޖުލައި އަންނަން ވާއިރު. އަޅުގަނޑުމެން އަންދާޒާކޮށްލިއިރު. އަޅުގަނޑު ދެންމެ މި ދެންނެވި ރާއްޖޭގެ ޖީޑީޕީ އަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު. އޭގެތެރެއަށް އިރާދަކުރެއްވިއްޔާ މުޅިން އައު 400 މިލިއަން ޑޮލަރު ވަދެގެން ދާނެ،" ސައީދު އޭރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ސައީދު މަޖިލީހަށް ހާޒިރުކުރުމުން ބަންކަރިންގެ އަދާހަމަ ހޯދުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭރު ވިދާޅުވީ ބަންކަރިންގެ ހިދުމަތަށް އެހާ ހިސާބަށް 192 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. 

މިގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ލިބިފައިވަނީ 12.4 މިލިއަން ޑޮލަރު ކަމަށްވާއިރު، ސައީދު ވިދާޅުވީ ޓެކްސްގެ ގޮތުގައި ބަންކަރިން އިން 17 މިލިއަން ރުފިޔާ އޭރު ލިބުނު ކަމަށެވެ. އެއީ ބޭންކު ރޭޓުން ބަލާނަމަ 1.1 މިލިއަން ޑޮލަރެވެ.

ބަންކަރިންގެ ހިދުމަތާއެކު ވަރަށް ބައިވަރު ހިދުމަތްތައް ފަށާނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެ އެވެ. އޭގެތެރޭގައި ޝިޕް ޓު ޝިޕް ސާވިސް އާއި ކްރޫ ޗޭންޖު ހިދުމަތުގެ އިތުރުން ވޯޓާ ބަންކަރިން އާއި މެއިންޓެނެންސް ހިދުމަތް އަދި ބޯޓުފަހަރަށް ޕްރޮވިޝަންސް ސަޕްލައި ކޮށްދިނުން ހިމެނެ އެވެ. 

 ބަންކަރިން ހިދުމަތުގެ ސިޔާސަތު ސަރުކާރުން ކަނޑައެޅުމަށްފަހު އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެސްޓީއޯއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox