ޑިއެގޯ ގާސިއާގައި ހިމާޔަތް ހޯދި ގްރޫޕުގެ ފަހު މީހާ ރާއްޖެއަށް
ލަންކާއިން ފިލައިގެން ޑިއެގޯ ގާސިއާއަށް ދިޔަ ތަމަޅަ ގްރޫޕުގައި ހިމެނޭ މީހަކު، އިނގިރޭސި ސަރުކާރާއެކު ވީ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ގެނެސްފިއެވެ. ކުށުގެ ރެކޯޑެއް އޮތުމުން އިނގިރޭސިވިލާތަށް ނުގެންދިޔަ މި މީހާގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އިނގިރޭސި ސަރުކާރުން ކަމަށާއި، އޭނާ ރާއްޖެ ގެނައީ އަނބުރާ ލަންކާއަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.