ތަމަޅު

2 ލިޔުން

ލަންކާގެ ތަމަޅަ އަދި މުސްލިމް ހަ ޕާޓީއަކުން އިއްތިހާދެއް ހަދައިފިދުނިޔެ

ލަންކާގެ ތަމަޅަ އަދި މުސްލިމް ހަ ޕާޓީއަކުން އިއްތިހާދެއް ހަދައިފި

ސްރީލަންކާގެ ތަމަޅަ އަދި މުސްލިމް ހަ ސިޔާސީ ޕާޓީއަކުން ގުޅިގެން، ތަމަޅަ ބަހުން ވާހަކަދައްކާ މުޖުތަމައުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އިއްތިހާދެއް އެކުލަވައިލައިފިއެވެ. މި އިއްތިހާދުގެ މައިގަނޑު މަގުސަދަކީ އާ ގާނޫނުއަސާސީއެއް އެކުލަވައިލުމަށް ބާރުއެޅުމާއި، ބާރުތައް ބަހާލުމާއި، އަދި ބިމުގެ މައްސަލަތަކާއި އިންތިޚާބުތަކާ ގުޅޭ ކަންބޮޑުވުންތަކަށް ސަރުކާރާ މަޝްވަރާކޮށްގެން އިންސާފުވެރި ހައްލެއް ހޯދުމެވެ.

ޑިއެގޯ ގާސިއާގައި ހިމާޔަތް ހޯދި ގްރޫޕުގެ ފަހު މީހާ ރާއްޖެއަށްހަބަރު

ޑިއެގޯ ގާސިއާގައި ހިމާޔަތް ހޯދި ގްރޫޕުގެ ފަހު މީހާ ރާއްޖެއަށް

ލަންކާއިން ފިލައިގެން ޑިއެގޯ ގާސިއާއަށް ދިޔަ ތަމަޅަ ގްރޫޕުގައި ހިމެނޭ މީހަކު، އިނގިރޭސި ސަރުކާރާއެކު ވީ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ގެނެސްފިއެވެ. ކުށުގެ ރެކޯޑެއް އޮތުމުން އިނގިރޭސިވިލާތަށް ނުގެންދިޔަ މި މީހާގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އިނގިރޭސި ސަރުކާރުން ކަމަށާއި، އޭނާ ރާއްޖެ ގެނައީ އަނބުރާ ލަންކާއަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.