ކުނި ރަނަށް ބަދަލުކުރުން: ގަސް އިންދައި ހެއްދުމުގެ މަސައްކަތްތަކަށް އާ އުއްމީދެއް

އޭއައި މެދުވެރިކޮށް އުފައްދާފައިވާ ފޮޓޯއެއް

އޭއައި މެދުވެރިކޮށް އުފައްދާފައިވާ ފޮޓޯއެއް

ރާއްޖޭގައި އަލަށް އުފެއްދި އީޖާދީ އުފެއްދުމަކާއެކު ރާއްޖޭގެ ދަނޑުމަސައްކަތައް ދިމާވެފައިވާ އެންމެބޮޑު ދެ ގޮންޖެހުމަށް އުންމީދީ ހައްލެއް މިވަނީ ލިބިފައެވެ. ރާއްޖޭގެ ދަނޑުވެރިކަމާއި، ގާރޑެނިންގ އަދި ލޭންޑްސްކޭޕިންއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަތަކަކީ ބިންގަނޑުގަވާ ކާދުގެބައި މަދުވުމާއި ދަނޑުމަސައްކަތައް ބޭނުންވާ ތަކެތި ހޯދުމަށް ބޭރު ގައުމުތަކަށް ބަރޯސާވާންޖެހުމެވެ.

ނަމަވެސ އުކާލާ ލަކުޑި ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ "ޓެނޯގޯ ބަޔޯޗާ" އަކީ ބިންގަނޑުގެ މުއްސަނދިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ޚަރަދު ކުޑަކުރުމުގެ އިތުރުން ގައުމުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ބަޔޯޗާ އަކީ އޮކްސިޖަން މަދު މާހައުލެއްގައި ލަކުނޑުފަދަ ގުދުރަތީ މާއްދާތައް މަތީ ހޫނުމިނުގައި ގެންގުޅެ އުފައްދާ ކާބަން ގިނަ އުފެއްދުމެކެވެ. ބަޔޯއުފައްދާ ޕްރޮސެސްއަކީ ތިމާވެއްޓާއި ރައްޓެހި މަސައްކަތެއް ކަމުން ދުން ބޭރުކޮށްގެން ޖައްވައް ބޭރުވާ ވިހަ ގޭސް މަދުކުރުމަށްވެސް ކުރެވޭ މަސައްކަތެކެވެ. ބަޔޯޗާރއަކީ ބިންގަނޑުގެ ފެންވަރު ރަނގަޅުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް، 'ޓެނޯގޯ ބަޔޯޗާރ' އަކީ ރާއްޖޭގެ ބިންގަނޑާ ގުޅޭގޮތަށް، ދިވެހި އުފެއްދުމެއްގެ ގޮތުގައި ރާއްޖޭގައި ތައްޔާރުކުރާ ފުރަތަމަ އުފެއްދުމެވެ.

ފަސްގަނޑުގެ އޮނިގަނޑަށް ދިމާވެފައިވާ ގޮންޖެހުމަށް ހައްލެއް ހޯދުން

ދިވެހިރާއްޖޭގެ ބިމަކީ އާންމުގޮތެއްގައި ދޮންވެލީގެ ބިންތަކަކަށް ވެފައި، ފަސްގަނޑުގައި މާއްދީ މުއްސަނދިކަން ކުޑަވުމުގެ ސަބަބުން ގަސްގަހާގެއްސަށް ބޭނުންވާ ކާނާ ހިފެހެއްޓުމުގެ ގާބިލުކަން ކުޑައެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ދަނޑުވެރިންނާއި ބަގީޗާ ހައްދާ ފަރާތްތަކުން ޒަމާނުއްސުރެ ބަރޯސާވަމުން އައީ ބޭރުން އެތެރެކުރާ ކޮމްޕޯސްޓާއި ގަސްކާނާއަށެވެ. މިއީ ނަތީޖާ ފެންނަ ކަމަކަށް ވިޔަސް، މިއީ ބޮޑު ހޭދައެއް ހިނގާ ކަމެއްގެ އިތުރުން، މީގެ ސަބަބުން ފަސްގަނޑުގެ ދުޅަހެޔޮކަމާއި ގަހުގެ މަތިވަރުގެ ކޮލިޓީ އަށް އަސަރުކުރެއެވެ.   

އާދައިގެ ކޮމްޕޯސްޓާ ހިލާފަށް، ބަޔޯޗާ (Biochar) ބޭނުންކުރުމުން ފަސްގަނޑުގެ އަސްލު އޮނިގަނޑު ރަނގަޅުކޮށްދެއެވެ. ބަޔޯޗާގައި ހުންނަ ކުދި ލޯވަޅުތަކުގެ ސަބަބުން، އިސްފަންޖެއް ފަދައިން ފެނާއި ގަސްކާނާ ހިފެހެއްޓުމުގެ ބާރު ފަސްގަނޑަށް ލިއްބައިދެއެވެ. މިއީ ފަސްގަނޑުން ފަސޭހައިން ފެން ހިނދި، ކާނާގެ ބައިތައް ދޮވެވިގެންދާ ރާއްޖޭގެ ބިންތަކަށް ނުހަނު ބޭނުންތެރި ކަމެކެވެ.

ބޭރުން އެތެރެކުރާ ގެރިގުއި، ކޮންޕޯސްޓްފަދަ ކާދުގެ ސަބަބުން، ރާއްޖޭގެ ތިމާވެށީގައި ނެތް ބާވަތްތަކުގެ ސޫތްޕާއި، ވިނަ އަދި ބަލިތައް ފެތުރުމުގެ ފުރުސަތު އޮވެއެވެ. މިއީ ދަނޑުވެރިކަމަށާއި ރާއްޖޭގެ ދިރުންތަކުގެ ނިޒާމަށް އޮތް ބޮޑު ނުރައްކަލެކެވެ. މީގެ އިތުރުން، ބޭރުގެ ސަޕްލައި ޗެއިންތަކަށް ބަރޯސާވާން ޖެހުމަކީ ތަކެތީގެ އަގަށް އަންނަ ބަދަލުތަކާއި މުދާ ލިބުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ދަނޑުވެރިންނަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. މިކަމަށް އޮތް އެއް ހައްލަކީ ދިވެހި ފަސްގަނޑުގައި އުފައްދާ ކާބަންގިނަ އަދި ކާނާއެއްގެ ގޮތުގައި ބޭނުންކުރެވޭ ބަޔޯޗާ ބޭނުންކުރުމުވެ.

ރާއްޖޭގައި އުފައްދާ މި ބަޔޯޗާގެ ހާއްސަ ސިފައަކީ، މީގައި ގަސްގަހާގެއްސަށް ބޭނުންވާ އަސާސީ މާއްދާތައް (macronutrients) ކުރިއާލައި ހިމަނާފައި ނުވަތަ 'ޗާޖް ކޮށްފައި' ވުމެވެ. މީގެ މާނައަކީ، ގަހަށް ބޭނުންވާ ނައިޓްރިޖަން، ފޮސްފަރަސް އަދި ޕޮޓޭސިއަމް(NPK)  ގިނަ މުއްދަތަކަށް ގަހަށް ލިބޭގޮތައް އެއްކޮށްފައިވުމެވެ. މިއީ ހަމައެކަނި ފަސްގަނޑަށް ކާނާ އިތުރުކޮށްދޭ އެއްޗެއް ނޫނެވެ؛ އޭގެ ބަދަލުގައި، ގަހުގެ މުލާ ހަމައަށް އެ ކާނާ ފޯރުކޮށްދީ، ބޭކާރުވިޔަނުދީ ހިފަހައްޓައިދިނުމުގައި ބަޔޯޗާ އެހީތެރިވެދެއެވެ.

އިޤްތިޞާދީ އަދި ތިމާވެށީގެ ފައިދާތައް

ދަނޑުވެރިންނާއި ބަގީޗާ ހައްދާ ފަރާތްތަކާއި ލޭންޑްސްކޭޕް ކުރާ ފަރާތްތަކަށް މީގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބިގެންދެއެވެ. ބަޔޯޗާ (biochar) ބޭނުންކުރުމުން ފަސްގަނޑުގައި ކާނާގެ މާއްދާތަކާއި ފެން ހިފަހައްޓައިދޭތީ، ގަސްގަހަށް އަޅަންޖެހޭ ކާނާއާއި ފެނުގެ މަދުކޮށްދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދިގު މުއްދަތުގައި ދަނޑުވެރިކަމުގެ ޚަރަދުތައް ކުޑަވެ، ލިބޭ ފައިދާ އިތުރުވެގެންދެއެވެ.

ތިމާވެށީގެ ގޮތުން ބަލާއިރުވެސް މިއީ ނުހަނު މުހިންމު މަސައްކަތެކެވެ. އުކާލެވޭ ލަކުޑި ބޭނުންކޮށްގެން މިއުފެއްދުން ތައްޔާރުކުރުމަކީ 'ސާކިއުލާ އިކޮނޮމީ' ނުވަތަ ވަށާޖެހޭ އިޤްތިޞާދަކަށް މަގުފަހިކޮށްދޭ ކަމެކެވެ. މިއީ ރަށު ތެރޭގައި އުފެދޭ ކުނި، ދަނޑުވެރިކަމަށް ބޭނުންތެރި އަގުހުރި އެއްޗަކަށް ބަދަލުކޮށްދޭ ކަމެކެވެ.

މީގެ އިތުރުން، ބަޔޯޗާ ބޭނުންކުރުމަކީ ކެމިކަލް ގަސްކާނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. ކެމިކަލް ގަސްކާނާގެ ސަބަބުން އަވަސް ނަތީޖާއެއް ފެނުނު ނަމަވެސް، ދިގު މުއްދަތުގައި އޭގެ ސަބަބުން ފަސްގަނޑުގެ ދުޅަހެޔޮކަން ގެއްލިގެންދެއެވެ. އަދި އިތުރަށް ބޭނުންކުރެވޭ ކާނާ ފެންފަށަލައަށް ލީކްވުމާއި، ދަނޑުބިންނޫންތަންނަށް ޖަމާވެ ފެނުގެ ރައްކާތެރިކަމާއި މާހައުލީ ނިޒާމަށް އަސަރުކުރެއެވެ. ބަޔޯޗާއާއެކު އޯގަނިކް ގަސްކާނާ ބޭނުންކުރުމަކީ ފަސްގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

މަތީގައި ފާހަގަކޮށްފައިވާ ޢިލްމީ ނުކުތާތަކުގެ ޚުލާސާއެއް ތިރީގައި މިވަނީއެވެ:

·      ފަސްގަނޑުގައި ހުންނަ ކާބަންގެ މިންވަރު އިތުރުކޮށްދެއެވެ.

·      ފަސްގަނޑުގެ ޕީ.އެޗް ހިފަހައްޓައިދީ ގިނަދުވަހަށް ފަސްގަނޑު ބޭނުންކުރުން

·      ފަސްގަނޑުގައި ފެން ހިފަހައްޓާ މިންވަރު އިތުރުކޮށް، ގަސްގަހަށް ފެންދިނުމުގެ ނިޒާމު ހަރުދަނާކޮށްދެއެވެ.

·      ފަސްގަނޑުން މާއްދާތައް ދޮވެވިގެންދިއުން މަދުކޮށްދެއެވެ.

·      ގަސްތައް ވަރުގަދަކޮށް އަދި ދުޅަހެޔޮކޮށް ހެދިބޮޑުވުމަށް އެހީތެރިވެދެއެވެ.

·      ބޭރުން އެތެރެކޮށްގެން ބޭނުންކުރަންޖެހޭ ކާދުގެ ބާވަތްތައް މަދުވެގެންދެއެވެ.

މުސްތަޤްބަލަށް އޮތް ތަޞައްވުރެއް

ރާއްޖޭގައި އުފައްދާ މި ބަޔޯޗާ (biochar) ތަޢާރަފުކުރުމަކީ ހަމައެކަނި އައު އުފެއްދުމެއް ބާޒާރަށް ނެރުމެއް ނޫނެވެ. މިއީ ރާއްޖޭގެ ދަނޑުވެރިކަމާއި ރަށްފަހިކުރުމުގެ ސިޔާސަތުތަކަށް ގެނެވޭ ބޮޑު ބަދަލެކެވެ. ރާއްޖޭގެ އަމިއްލަ ވަޞީލަތްތަކަށް އިސްކަންދީގެން، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ނިޒާމެއް ބިނާކުރުމުގެ ފުރުޞަތު މީގެ ސަބަބުން ފަހިވެގެންދާނެއެވެ.

މިދާއިރާގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ޗާޖުކޮށްފައިވާ ބަޔޯޗާ ފުޅާދާއިރާއެއްގައި ބޭނުންކުރަން ފެށުމުން އަންނަނިވި ކަންކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ: މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޖައްވައް ބޭރުވާ 'ކާބަންޑައި އޮކްސައިޑް" މަދުކުރުމުގެ އިތުރުން މި ބަޔޯޗާ ފަދަ އީޖާދީ އުފެއްދުންތަކުން ހާމަކޮށްދެނީ، ރާއްޖޭގެ މައްސަލަތަކަށް ރާއްޖޭގެ އަމިއްލަ ހައްލުތައް ހޯދިދާނެކަމުގެ ފުރިހަމަ ޔަޤީންކަމެވެ. ބޭކާރުވާ ލަކުޑީގެ ބާވަތްތަކުން މުއްސަނދި ފަސްގަނޑަކަށް މިކުރެވޭ ބަދަލަކީ، ޢަމަލީ ގޮތުންނާއި ރަމްޒީ ގޮތުންވެސް ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ. މިއީ ރާއްޖެއަކީ ފެހި، އަދި އަމިއްލަ ފުދުންތެރިކަން ބޮޑު ޤައުމަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.  

ނޯޓް: ޤާސިތު މުހައްމަދަކީ ޕްލާންޓް ޕްރޮޑަކްޝަން އާއި އެގްރޯއިކޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެގްރިކަލްޗާ މިނިސްޓްރީގައި އަދި އދ. ގެ ފުޑް އެގްރިކަލްޗާ އޯގަނައިޒޭޝަންގައި މަސައްކަތް ކުރައްވައިފަ އެވެ. މިވަގުތު މަސައްކަތް ކުރައްވަނީ ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ އެންޑީސީ ޕާޓްނާޝިޕްގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox