ރިޔާސީ އިންތިހާބުގައި މުއިއްޒުއަށް ލިބުނު ވޯޓަށްވުރެ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ނޫނެކޭ ބުނި މީހުން ގިނަވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ހުވާ މުއިއްޒު ކުރައްވަނީ --- ފޮޓޯ: އަދަދު ފައިލް

ރައީސުލްޖުމްހޫރިއްޔާގެ ހުވާ މުއިއްޒު ކުރައްވަނީ --- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމަށް މުހައްމަދު މުއިއްޒު ހޯއްދެވި ވޯޓުގެ އަދަދަށް ވުރެ އިއްޔެ ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ހުށަހެޅި ގޮތާ ދެކޮޅަށް ވޯޓު ދިން މީހުންގެ އަދަދު އިތުރުވެއްޖެ އެވެ. 

ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 129،159 ރައްޔިތުން މުއިއްޒުއަށް ވޯޓު ދީފައިވެ އެވެ. އެއީ ގާތްގަނޑަކަށް 54 ޕަސެންޓެވެ. 

މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެެޅުމާ ދެކޮޅަށް 130,919 މީހުން ވަނީ ވޯޓު ދީފަ އެވެ. މިއީ ރިޔާސީ އިންތިހާބުގައި މުއިއްޒުއަށް ވޯޓު ދިން މީހުންނަށް ވުރެ އިތުރު އަދަދެކެވެ. 

ސަރުކާރުގެ ހުށަހެޅުމަށް ތާއިދުކުރީ 59،691 މީހުންނެވެ.  މި ހުށަހެޅުމަށް ތާއިދު ހޯދަން އެންމެ ބޮޑަށް ކެމްޕޭން ކުރި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރެޖިސްޓްރީގައި 75،000 އަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ.

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި އެންމެ ފަހުން ފެންނަ ނުފެންނަ ވޯޓެއް ނެގީ 2007 ވަނަ އަހަރު އެވެ. އެއީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނެގި ވޯޓެކެވެ. 

އޭރު އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ބޭނުންވީ ރިޔާސީ ނިޒާމެކެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަކާލާތުކުރީ ބަރުލަމާނީ ނިޒާމެއް ބޭއްވުމަށެވެ. ރިޔާސީ ނިޒާމަކަށް 62 ޕަސެންޓު ރައްޔިތުން ތާއިދުކުރިއިރު ބަރުލަމާނީ ނިޒާމަށް ލިބުނީ 38 ޕަސެންޓު ރައްޔިތުންގެ ތާއީދެވެ. 

އެހެންކަމުން، ވެރިކަމުގައި ތިބެ ކެމްޕޭންކޮށް އާންމު ވޯޓެއްގައި އެންމެ ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުނީ މުއިއްޒުގެ ސަރުކާރުންނެވެ. މުއިއްޒުއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދިން މީހުންނާ ގާތްގަނޑަކަށް އެއްވަރެއްގެ އަދަދެއްގެ މީހުން ވަނީ އެމަނިކުފާނުގެ ދައުރަށް ދެ އަހަރާއި ބައިވަމުން ދަނިކޮށް މި ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ނޫނެކޭ ބުނެފަ އެވެ.  

ދޮޅުއަހަރާ ބައިވިއިރު ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހުރިކަން ހާމަވެ އެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ.

މި ބަދަލު ގެނައުމަށް މަޖިލީހުން ބިލު ފާސްކުރީ ވެސް ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ފަހު އަވަސް އަރުވާލައިގެންނެވެ. ކޮމިޓީ މަރުހަލާ ހިމެނޭހެން މަޖިލީހުގައި ބިލަށް ބަހުސްކޮށް މަޝްވަރާކުރީ މަދު ގަޑިއިރުތަކަކަށެވެ. 

މި ވޯޓުގައި ސަރުކާރުން ވަރަށް ގަދައަށް ކެމްޕޭން ކުރި އެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަރަދު ކުޑަކުރަން ކުރާ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގައި ހަމަޖެހުން ގާއިމުވެ އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިހާބުގައި (ރިޔާސީ އިންތިހާބުގައި) ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރާނެ ކަމަށް ބުނެ ވަކާލާތު ކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox