ގާނޫނުއަސާސީއަށް ބަދަލު ގެންނަން ރައްޔިތުން ބޭނުންވޭ

ފެހި ގާނޫނުއަސާސީ --

ފެހި ގާނޫނުއަސާސީ --

ބޮޑު ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމުގެ އާއްމު ވޯޓުގައި ރައްޔިތުންގެ ބޮޑު އަދަދަކުން ނޫނެކޭ ބުނުމުގައި ތަފާތު ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއިގެ ތެރެއިން ބައެއް ކަންކަމަކީ:

      (ހ) ގާނޫނުއަސާސީއަށް ގެންނަން ރައްޔިތުން އެދި އެދި ތިބި މުހިންމު ބަދަލުތައް ގުދަނުގައި ބެހެއްޓުމަށްފަހު، ރައްޔިތުންނަށް މުހިންމު ނޫން އިސްލާހެއް އެކަނި ކުއްލިއަކަށް ގެންނަން މަސައްކަތްކުރުން.

      (ށ) ނިޒާމީގޮތެއްގައި، ރޭވުންތެރިކަމާއެކު ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނަށް ރައްޔިތުން ދެކޮޅުހަދާކަން ވޯޓު ފޮށި މެދުވެރިކޮށް ސަރުކާރަށް އެންގުން.

Advertisement

      (ނ) ސިޔާސީ މުވައްޒަފުން އައްޔަންކުރުމުގައި ގާނޫނުއަސާސީ ގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާބާރުގެ ތަރަހައިން ބޭރުވެ، އިހްލާސްތެރިކަމެއްނެތި، އަމިއްލަ ސިޔާސީ މަންފާއަށް އެ މާއްދާގެ ބޭނުން ނަހަމަގޮތުގައި ހިފައި ކޮރަޕްޝަނާ ހަމައަށް ދިއުން.

      (ރ) ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ މިނިވަންކަން ނަގާލުމާއެކު، ދައުލަތުގެ މިނިވަން މުއައްސަސާތައް ޖޯކަރު ކާޑުތަކަކަށް ބަދަލުކުރުން.

      (ބ) އަތޮޅު ކައުންސިލުތައް އުވާލައި، ސީދާ މާލެއިން، މާލޭގައި ހުންނަ މިނިސްޓްރީއަކުން އަތޮޅުތަކުގެ ހިންގުން ބަދަލުކުރުން.

      (ޅ) އެއްވެސް ޕްލޭނެއްނެތި ތަރައްގީގެ މަޝްރޫއުތައް ބޮޑު މޮޔައަކުހެން އިއުލާންކޮށް، ރައްޔިތުންނާއި ފަންނީ މީހުންގެ މަޝްވަރާ ނުހޯދުން.

      (ކ) ދައުލަތުގެ ކުންފުނިތަކަކީ އިގްތިސާދީ ކިޔާންތަކެއްގެ ގޮތުގައި ހިންގުމުގެ ބަދަލުގައި، ކުންފުންޏާބެހޭ ގާނޫނާއި ވިޔަފާރީގެ އާންމު ހަމަތައް ބޮލާލާޖަހައި، ދައުލަތުގެ ކުންފުނިތަކަކީ ސަރުކާރުގެ ސިޔާސީ ކެމްޕޭނުކުރާ އުނދުޅިތަކަކަށް ހެދުން.

ގާނޫނުއަސާސީއަށް ބަދަލުގެންނަން ރައްޔިތުން ބޭނުންނުވާކަމަށް ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ބުނެނުދެއެވެ. މައްސަލައަކަށްވީ ރައްޔިތުން އެދި ގޮވަމުން ދިޔަ ބަދަލުތައް ގެންނަން ސަރުކާރުން ބޭނުން ނުވިކަމެވެ. ކޮންމެ ސަރުކާރަކުން ހަދާހެން އެބަދަލުތައް ގުދަނަށްލައި ރައްކާކޮށްފައި ބެހެއްޓުމެވެ. ގާނޫނުއަސާސީއަކީ ދައުލަތް ހިންގަން ރައްޔިތުން ހުށަހަޅާ ގޮތް ކަމަށްވާއިރު، އަދި އެ ބަދަލުތައް އަންނަންވާނީ ރައްޔިތުންނާ ހަމައިން ފެށިގެން ކަމަށް ވާއިރު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވާހަކައަކީ ރައްޔިތުންގެ ކިބައިން ފެށިގެން އައި ވާހަކައެއް ނޫނެވެ. ރައްޔިތުންގެ ހެވާއި ލާބައެއް ފެންނަން ނެތި، ޝައްކުގެ މަހައްލެއްގައި، ރައްޔިތުންނާ މަޝްވަރާނުކޮށް ގާނޫނުއަސާސީއެއްގައި ހިމެނުމަށް ސަރުކާރު ހިންގާ ވެރިޔާ ފަރުލުކުރާ އެއްޗެއް ރައްޔިތުން ހެޔޮހިތުން ބަލައިގަތުމަކީ ވަރަށް ނާދިރުކަމެކެވެ.

ފެންނަ ނުފެންނަ ވޯޓުގައި ފެނިގެން ދިޔަ އެއްކަމަކީ ރައްޔިތުންގެ ވަކީލުންގެ ނިންމުމާއި، އާއްމު ވޯޓުގައި ރައްޔިތުން ނިންމި ނިންމުމާ އުޑާއި ބިމާހާ ތަފާތުވުމެވެ. މަޖިލީހުގެ މެންބަރުންގެ ވޯޓާއި ރައްޔިތުންގެ ޚިޔާލުގެ ވޯޓާ  އެއް ފަލަކަކަށް ނޭރި ސަބަބެއް ކަމަށް ގަބޫލުކުރެވެނީ މަޖިލީހުގެ މެންބަރުން މަޖުބޫރީއެއްގެ ކަސްތޮޅުގައި ތިބުމުން ކަމަށް ބެލެވިދާނެއެވެ. ރައްޔިތުން ރައްޔިތުންގެ މަންދޫބުންނާ ހަވާލުކޮށްފައިވާ އަމާނާތަށް ޚިޔާނާތްތެރިވީ ކަމަށް ބެލެވިދާނެއެވެ. ޑިމޮކްރަސީއެއްގެ އެންމެ މުހިންމު ގުނަވަން ކަމުގައިވާ ގާނޫނުހަދާ މަޖިލީހުގެ ވާޖިބު އަދާކުރުމަށް ސަރުކާރުން ފުރުސަތު ނުދެނީ ކަމަށް ބެލެވިދާނެއެވެ.  ބަނދެވި ތިބެގެން، މަޖިލީހުގެ މުސާރައިގެ އިތުރުން ރައީސް ދެއްވާ އެލަވަންސްގައި ހިފަމުންގެންދާ ވާހަކައަކީ އާއްމު ވާހަކައެކެވެ. ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ ފަދަ މުހިންމު ޑޮކިއުމަންޓެއް ބަދަލުކުރުމަށް މަޖިލީހުގެ މެންބަރުންގެ  ބޮޑު އަގުލަބިއްޔަތުން ނިންމީ ރައްޔިތުންގެ ޝުއޫރާ ވިންދަށް އަދި ރައްޔިތުންގެ މަސްލަހަތަށް އަދި ގައުމުގެ މަސްލަހަތަށް ނުބަލައި، މިނިވަންކަމެއް ނެތި އަމިއްލަ އެދުމުން ފޯވެތިބެގެން ކަމަށް ބެލެވެއެވެ.  އާއްމު ވޯޓުގައި ރައްޔިތުން މި ނިންމި ނިންމުމާއެކު، މިހާރު އުފެދޭ އަނެއް ސުވާލަކީ ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ރޫޅޭ ގޮތަށް (ޕާޓީއިން ވަކިކުރުމުން، އެ މެންބަރުން އިންތިހާބުކުރި ރައްޔިތުންގެ ރުހުންއޮތްތޯ ނުވަތަ ނެތްތޯ ބެލުމެއްނެތި، މަޖިލީހުގެ ގޮނޑިގެއްލޭ ގޮތަށް) ފާސްކޮށްފައި އޮތް ގާނޫނު އަސާސީގެ 6 ވަނަ ބަދަލުގެ ޝަރުއިއްޔަތު އެބައޮތް ހެއްޔެވެ؟ އަތޮޅުތައް ހިންގުމަށް ގާއިމުކޮށްފައި އޮތް އަތޮޅު ކައުންސިލުތައް އުވާލައި އަތޮޅުތަކުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ އެ ހައްގުތައް އެޓޯލްސް މިނިސްޓްރީ ހިންގިއިރު އޮތް ނިޒާމާއެއްގޮތަށް މާލޭގެ ފިނިކޮޓަރިއެއްގައި ހުންނަ ވަޒިރަކާ ހަވާލުކުރުމަށް ގާނޫނުއަސާސީއަށް ގެނައި 7 ވަނަ ބަދަލުގެ ސައްހަކަން އެބައޮތް ހެއްޔެވެ؟ އެ ބަދަލުތައް ގެނެސްފައިވަނީ މަކަރާހީލަތުގެ އުކުޅުތަކެއްގެ ތެރެއިން ހެއްޔެވެ؟ ނުވަތަ ރައްޔިތުންނާ ހިސާބުން ރައްޔިތުން ބޭނުން ވެގެން ހެއްޔެވެ؟

ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހެއެވެ. އެކަމުގެ މަޝްވަރާ ހޯދުމަށް ގައުމުގެ ހުރިހާ ރައްޔިތުން ތަމްސީލުވާނޭ މަޖިލީހެއް އެކުލަވާލަން އެބަޖެހެއެވެ. 2004 ގައި އޮތްފަދަ ރައްޔިތުންގެ ޚާއްސަ މަޖިލީހެއް އަލުން އެކުލަވާލުމަކީ ކުރެވިދާނެ ކަމެކެވެ. މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށާއި، ކޯޓުތަކަށާއި، ޤާނޫނުއަސާސީން ޤާއިމްކޮށްފައިވާ މިނިވަން މުވައްސަސާތަކަށް އިތުބާރު ނެތެވެ. މިގޮތުން، މަޝްވަރާއަށް ހުޅުވާލަންޖެހޭ ކަމަށް ފެންނަ ބައެއް ކަންކަން ތިރީގައި ލިސްޓުކޮށްފައި މިވަނީ އެވެ. 

  1. މިހާރުގެ ގާނޫނުއަސާސީ އޮތް ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނެތް ރައީސަކަށް ރައީސްކަމުގެ ވާޖިބު އަމަލީގޮތުން އަދާކުރެވެން ނެތުން. އެ ހާލަތުގައި މަގާމުން އަޒުލުކުރުމުގެ ކަނޑީގެ މިޔަމަތީގައި ރައީސް ހުންނަން ޖެހުން. މީގެ އެއް ހައްލަކީ ބަރުލަމާނީ ނިޒާމެއް ގެނައުން ކަމަށްވެސް ވެދާނެ.
  2. މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީ އަކުން ވަކިކޮށްފިނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާ ގޮތަށް އޮތުން އެއީ ރަނގަޅު ގޮތެއްތޯ؟
  3. މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތަކަށް ހެދުން.
  4. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 60 ކަމަށް ކަނޑައަޅައި، އިންތިޚާބީ ދާއިރާތައް ބޮޑުކުރުން. 40 މެންބަރުންގެ ވަކި ސެނެޓެއް އޮންނަން ފެނޭތޯ ބެލުން.
  5. ރިކޯލް ވޯޓަކުން ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހުގެ މެންބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވޭނެ ގޮތެއް އޮންނަން ފެނޭތޯ ބެލުން.
  6. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ސިޔާސީ ވަޒީފާތަކުގެ އަދަދު 200 މަގާމަށްވުރެ އިތުރުނުވާނެ ގޮތަކަށް އޮތުން.
  7. ދައުލަތުގެ އެއްވެސް ކުންފުންޏެއް އެ ކުންފުނި އުފެއްދި މަގްސަދުތައް ކަމުގައި ލިޔެގަރާރުކޮށްފައިވާ މަސައްކަތްތައް ފިޔަވައި އެހެން ހަރަކާތްތައް ނުހިންގުން، އަދި ކުންފުނިތައް ސިޔާސީ އެއްވެސް ހަރަކާތެއް ކަމަށް މާނަކުރެވޭ ކަމެއްގައި ހަރަކާތްތެރިވުން މަނާކުރުން.
  8. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިޔަފާރިކުރުމާއި ވިޔަފާރީގައި ބައިވެރިވުން މަނާކުރުން.
  9. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައިގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެނޫންވެސް ފަރާތަކުން މުސާރައާއި އެލަވަންސާއި މާލީ ހަދިޔާ އާއި ދައުލަތުގެ ޕްރޮޖެކްޓު ހޯދުން މަނާކުރުން.
  10. ޖޭއެސްސީ އަލުން އެހެން ގޮތަކަށް އެކުލަވާލުން.
  11. ދައުލަތުގެ މިނިވަން މުއައްސަސާތައް އެހެން ގޮތަކަށް އެކުލަވާލުން.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox