ރައްޔިތުންގެ ހާއްސަ މަޖިލީސް
2 ލިޔުން
ކޮލަމްގާނޫނުއަސާސީއަށް ބަދަލު ގެންނަން ރައްޔިތުން ބޭނުންވޭ
ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނީ، ސަރުކާރުގެ ކޮރަޕްޝަނާއި މުއައްސަސާތަކުގެ މިނިވަންކަން ގެއްލުމާ މެދު ހުރި ކަންބޮޑުވުންތަކާ ހުރެއެވެ. ރައްޔިތުން ބޭނުންވަނީ ހަމައެކަނި ސަރުކާރަށް މުހިންމު އިސްލާހުތަކުގެ ބަދަލުގައި، ރައްޔިތުން އެދޭ އަސާސީ ބަދަލުތައް ގާނޫނުއަސާސީއަށް ގެނައުމަށެވެ. މި ވޯޓުގެ ނަތީޖާއިން ހާމަވީ ސަރުކާރުގެ ހިންގުމުގެ ނިޒާމާއި ރޭވުންތެރިކަމެއް ނެތް ސިޔާސަތުތަކަށް ރައްޔިތުން ނުރުހުންތެރިވެފައިވާ މިންވަރެވެ.
އެޑިޓޯރިއަލް 19 އަހަރު ކުރިން ދިވެހިން މާ ތަސައްރަފު ފުދޭ ނޫންތޯ: މުއިއްޒު
ރާއްޖޭގައި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ތައްޔާރުވަމުންދާއިރު، މީގެ 19 އަހަރު ކުރިން އެފަދަ ވޯޓެއް ނެގިއިރު އަމަލުކުރި ގޮތަށްވުރެ މިހާރުގެ ކަންކަން ތަފާތުކަން ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ. އޭނާ ވަނީ 2007 ވަނަ އަހަރު ނިޒާމީ ވޯޓު ނެގުމަށް އޭރުގެ ރައީސާއި ހާއްސަ މަޖިލީހުން ކުރެއްވި މަސައްކަތްތަކަށް ބަލާއިރު، އޭރު ދިވެހިން މާ ބޮޑަށް ތަސައްރަފު ފުދިފައިވާ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
