ޕީއެންސީއަށް ބޮޑު ނާކާމިޔާބެއް؛ ގިނަ ރަށްތަކުގެ ކައުންސިލް ރައީސްކަން އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓުންނަށް

Apr 5, 2026, 9:11 AM
ލޯކަލް ކައުންސިލް އިންތިހާބު 2026 އާއި ދެ އިންތިހާބު އެއްކޮށްލާ ރެފަރެންޑަމް ވޯޓުގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިހާބު 2026 އާއި ދެ އިންތިހާބު އެއްކޮށްލާ ރެފަރެންޑަމް ވޯޓުގެ ތެރެއިން

ރަށު ކައުންސިލް ރައީސްގެ ގިނަ ގޮނޑިތައް ވެސް އެމްޑީޕީން ކާމިޔާބުކޮށް ވެރިކަން ހިންގާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބެއްޖެ އެވެ. 

އިއްޔެ ބޭއްވި އިންތިހާބުގައި ރަށްރަށުގެ ކައުންސިލް ރައީސުން ހޮވުމަށް ވޯޓުލީ ރަށްތަކުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި،  އެމްޑީޕީން 70 ރަށެއްގެ ކައުންސިލް ރައީސްކަމުގެ ގޮނޑި ކާމިޔާބުކޮށްފައި ވާއިރު، ސަރުކާރު ހިންގާ ޕީއެންސީން ހުރިހާ ގޮނޑިއަކަށް ވާދަކޮށްގެން ލިބިފައިވަނީ  69 ރަށެއްގެ ރައީސްކަމުގެ ގޮނޑި އެވެ. އިންތިހާބަކާ ނުލައި ލިބުނު ބާރަށު ކައުންސިލް ރައީސްކަމާއެކު ޖުމުލަ 70 ރަށެވެ. 

މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވަނީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދާފައެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުން 25 ރަށެއްގެ ރައީސްކަން އަމިއްލަ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.

އެމްޑީއޭއަށް ތިން ރަށެއްގެ ކައުންސިލް ރައީސްކަން ކާމިޔާބު ކުރެވުނުއިރު، ޖޭޕީން މާމިގިލީ ރައީސްކަން ދަ ޑިމޮކްރެޓްސްއިން ވ. ތިނަދޫ ރައީސްކަން ކާމިޔާބުކޮށްފައިވެ އެވެ. 

މި ނަތީޖާތައް ދައްކާ ގޮތުން ކައުންސިލްތަކުގެ ރައީސުންގެ މެޖޯރިޓީ ވެސް ޕީއެންސީ އަށް ވަނީ ގެއްލިފަ އެވެ. 

ކާމިޔާބީގެ މުހިންމު ބައެއް ތަފްސީލުތައް:

  • އެމްޑީޕީން ވަނީ ހޯރަފުށި، އިހަވަންދޫ، ކެލާ، އަދި ހަނިމާދޫ، ހިންނަވަރު، ގައްދޫ، ފަދަ ބޮޑެތި އާބާދީތައް ހިމެނޭ ރަށްތަކުގެ ގޮނޑިތައް ދަމަހައްޓާފައެވެ. ނަމަވެސް، އެ ޕާޓީގެ ވަރުގަދަ ރަށެއްގެ ގޮތުގައި އޮތް، އުކުޅަސް، ރަސްދޫ، އަދި މާފުށީގެ ކައުންސިލް ރައީސްކަން އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ. 
  • އައްޑޫ ސިޓީ ކައުންސިލް ރޫޅާލުމަށް ފަހު، އަލަށް އުފެއްދި ހުޅުދޫ، އަދި މީދޫގެ ރައީސްކަން ޕީއެންސީއަށް ކާމިޔާބު ނުކުރެވުނެވެ. ހުޅުދޫ ކައުންސިލްގެ ރައީސްކަން އެމްޑީޕީން ހޯދިއިރު، މީދޫގެ ރައީސްކަން ހޯދީ އަމިއްލަ ގޮތުން ވާދަ ކުރި ކެނޑިޑޭޓެވެ. 
  • ސަރުކާރު ހިންގާ ޕީއެންސީން ވަނީ ދިއްދޫ، ފުނަދޫ، އޭދަފުށި ނައިފަރު، އަދި ގއ. ވިލިނގިލި ފަދަ މުހިންމު ރަށްތަކެއްގެ ރައީސްކަން ކާމިޔާބުކޮށްފައެވެ. ނަމަވެސް، މަހިބަދޫ އާއި ރާއްޖޭގެ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފުގެ ރަށް، ފަރެސްމާތޮޑާ ވެސް އެ ޕާޓީއަށް ގެއްލިފައިވެ އެވެ. 
  • އެމްޑީއޭ އިން 3 ގޮނޑި (ކުޑަފަރި، ބަނޑިދޫ، ހުޅުދެލި) ކާމިޔާބުކުރިއިރު، ޖުމްހޫރީ ޕާޓީން މާމިގިލީގެ ރައީސްކަން، އަދި ދަ ޑިމޮކްރެޓްސް އިން ވ. ތިނަދޫ ކައުންސިލް ރައީސްކަން ހޯދާފައިވެ އެވެ.

ގިނަ ރަށްތަކުގެ ކައުންސިލް ރައީސްކަމުގެ ގޮނޑި ޕީއެންސީއަށް ގެއްލިގެން ދިޔައިރު، ސިޓީއެއްގެ މޭޔަރުކަން އަދި ސިޓީތަކުގެ ޑަބްލިޔޫޑީސީގެ ރައީސްގެ ގޮނޑިވެސް ޕީއެންސީއަށް ވަނީ ގެއްލިފަ އެވެ. އެ ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox