ރޭ ދަންވަރު އެމްޓީސީސީން އިއުލާންކުރި 48 ވަޒީފާއަށް ކުރިމަތިލާން ދިނީ 11 ގަޑިއިރު

އެމްޓީސީސީގެ ސީއީއޯ ސައުދީ (ކ): އިންތިހާބާ ދިމާކޮށް އެމްޓީސީސީއަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަން ވަނީ ނިންމާފައި -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ ސައުދީ (ކ): އިންތިހާބާ ދިމާކޮށް އެމްޓީސީސީއަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަން ވަނީ ނިންމާފައި -- ފޮޓޯ: އެމްޓީސީސީ

ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާއި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ނަގަން އަށް ގަޑިއިރަށް ވުރެ ކުޑަތަން ވެފައި ވަނިކޮށް، 11 ގަޑިއިރުގެ ތެރޭގައި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާ ގޮތަށް އެމްޓީސީސީން 48 ވަޒީފާއަށް ކުރިމަތިލާން ހުޅުވާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ. 

އެމްޓީސީސީން ވަކިވަކިން ރޭ 23:45 ގެ ފަހުން ކުރި އިއުލާންތަކުގައި ވަނީ، ވލާންކުރި ވަޒީފާތަކަށް ޝައުގުވެރިވާ ހުރިހާ އެންމެން އެ ކުންފުނީގެ ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މިއަދު 11:00 ޖެހުމުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ ކަމަށެވެ. 

މި ވަޒީފާތަކަށް ޝޯޓްލިސްޓު ކުރެވޭ މީހުންނާ އިންޓަވިއު ކުރާނީ އެޕްރީލް 5، އިން ފެށިގެން އެޕްރީލް 30، އާ ދެމެދު ކަމަށް އެމްޓީސީސީން ބުންޏެވެ. 

އެމްޓީސީސިން އިއުލާންކުރި ގިނަ ވަޒީފާތައް ހުރީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނުންނެވެ. އެއީ އެ ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތް ކުރާ ގޮތަށެވެ. 

އެމްޓީސީސީން ރޭ އިއުލާންކުރި ވަޒީފާތައް: 

  • ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަން - 44 މުވައްޒަފުން
  • ޓްރާންސްޕޯޓް ސާވިސް ޑިވިޝަން - ނ. ހޮޅުދޫ - އެންމެ މުވައްޒަފެއް
  • ޕްރޮކިއުމަންޓް ޑިވިޝަން - އެންމެ މުވައްޒަފެއް
  • ކޯޕަރޭޓް ބިއުރޯ އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަން - އެންމެ މުވައްޒަފެއް

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނަށް ނަގާ 31 މުވައްޒަފުންގެ ޝަރުތަކީ އަސާސީ ތައުލީމު ނިންމާފައިވުމެވެ. އޭގެ ތެރެއިން 30 މުވައްޒަފުންނަށް މުސާރައާއި އިނާޔަތް ގޮތުގައި 10،000ރ. ކަނޑައަޅާފައިވާއިރު، އެއް މުވައްޒަފުގެ މުސާރައާއި އިނާޔަތަކީ 15،400ރ. އެވެ.

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނަށް ނެގި ބައެއް މުވައްޒަފުންގެ ތަޖުރިބާއަށް ބަލައި 10،000ރ. އާއި 13،300ރ. އާ ދެމެދުގެ އަދަދެއްގެ މުސާރައެއް ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ. 

ޓްރާންސްޕޯޓް ސާވިސް ޑިވިޝަނަށް ނަގާ މުވައްޒަފުގެ އަސާސީ އަސާސީ ތައުލީމީ ފެންވަރު އަދި ކަސްޓަމަރުންނަށް އިހުތިރާމާއިއެކު މުއާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން ހިމަނާފައިވާއިރު، މުސާރަ އާއި އިނާޔަތަށް ކަނޑައަޅާފައިވަނީ 10،000ރ. އެވެ. 

ކޯޕަރޭޓް ބިއުރޯ އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަނަށް ނަގާ މުވައްޒަފުގެ ޝަރުތަކީ އަސާސީ ތައުލީމް ކަމަށްވާއިރު، މުސާރައާއި އިނާޔަތަށް ހަމަޖެހިފައިވަނީ 11،400ރ. އެވެ.

ޕްރޮކިއުމަންޓް ޑިވިޝަނަށް ނަގާ މުވައްޒަފުގެ ޝަރުތަކަށް އޯލެވެލް ތިން މާއްދާއިން ފާސްވުން ނުވަތަ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން ވަނީ ކަނޑައަޅާފަ އެވެ. އެ މުވައްޒަފުގެ މުސާރަ އާއި އިނާޔަތަށް ކަނޑައަޅާފައިވަނީ 15،400ރ. އެވެ. 

މިއަދު ކުރިއަށްދާ ފެންނަ ނުފެންނަ ވޯޓާއި ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާއަށް ކުރިމަތިލާން ހުޅުވާލި އެވެ. ބައެއް ކުންފުނިތަކަށް މުވައްޒަފުން ނެގީ އިއުލާން ވެސް ނުކޮށެވެ. 

މި ކަންބޮޑުވުންތައް ހުރި ނަމަވެސް ކޮރަޕްޝަން ހުއްޓުވުމުގެ ޒިންމާ މަތިކުރެވިފައިވާ އެންޓި ކޮޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަަވެސް، އިންތިހާބުގެ ތެރޭގައި ކޮރަޕްޝަނެއް ނުހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މީގެ ތިން މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox