މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

ވޯޓު ފޮށިތައް ބަންދުކުރަނީ

ވޯޓު ފޮށިތައް ބަންދުކުރަނީ

މިއަދު ކުރިއަށްގެންދިޔަ އިންތިހާބާ ގުޅިގެން މާދަމާ އާއި ޖެހިގެން އަންނަ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން އެދުނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅާށެވެ. އަދި އިންތިޚާބަށް ފަހުގައިވެސް، އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ ހޯމަ ދުވަސް ވެސް ބަންދުކުރަން އެދުނީ އީސީންނެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އަބްދުއްރަހްމާން ސޮލާހް ރަޝީދު އަދަދު އަށް ވިދާޅުވީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 70 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް. އޭނާ ވިދާޅުވީ އިންތިހާބުގައި ވޯޓުލީ 588 ފޮށީގެ ތެރެއިން މިހާތަނަށް ބަންދުކުރީ 487 ވޯޓު ފޮށި ކަމަށް.

ފަހުގެ ޚަބަރު

ސަރުކާރު ބަލިކޮށް އެމްޑީޕީން ކާމިޔާބު ހޯދައިފި: ނަޝީދު

މިއަދު ބޭއްވި އިންތިޚާބުގައި އެމްޑީޕީން ސަރުކާރު ބަލިކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިޢުލާން ކުރައްވައިފިއެވެ. ބޮޑެތި ސިޓީތަކާއި ގިނަ ރަށްތަކެއްގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވޯޓުލުމުގެ ވަގުތު ހަމަވެ ފޮށިތައް ބަންދުކުރަން ފަށައިފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ނިމި، ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފިއެވެ. މައިގަނޑު ގޮތެއްގައި ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ މި އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

"ރެފަރެންޑަމާ މެދު އެކަށީގެންވާ ވަރަށް މައުލޫމާތު ދެވިއްޖެ"

އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ރެފަރެންޑަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ބުނެ ކުރިމަތިވި ފާޑުކިޔުންތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި. އެ ކޮމިޝަނުގެ ރައީސް ވިދާޅުވީ މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އެންމެ އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވިފައިވާ ކަމަށް.

19 އަހަރު ކުރިން ދިވެހިން މާ ތަސައްރަފު ފުދޭ ނޫންތޯ: މުއިއްޒު

ރާއްޖޭގައި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ތައްޔާރުވަމުންދާއިރު، މީގެ 19 އަހަރު ކުރިން އެފަދަ ވޯޓެއް ނެގިއިރު އަމަލުކުރި ގޮތަށްވުރެ މިހާރުގެ ކަންކަން ތަފާތުކަން ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ. އޭނާ ވަނީ 2007 ވަނަ އަހަރު ނިޒާމީ ވޯޓު ނެގުމަށް އޭރުގެ ރައީސާއި ހާއްސަ މަޖިލީހުން ކުރެއްވި މަސައްކަތްތަކަށް ބަލާއިރު، އޭރު ދިވެހިން މާ ބޮޑަށް ތަސައްރަފު ފުދިފައިވާ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ރިޝްވަތުގެ ގޮތުގައި އުމުރާ ދަތުރެއް

މި ވާހަކައިން އެނގެނީ މުސްލިމުންގެ އަމަލުތައް ގޯސްވެ، ދީނާ ދުރަށް ދިއުމުން، މާތްﷲ އެބައިމީހުންގެ މައްޗަށް ދުޝްމަނުން ގަދަކުރައްވާކަން. އިލްމުވެރިޔާ ދެއްވި މިސާލަކީ، ބަކަރިތައް މަގުއޮޅުމުން އެ އެއްޗެހި އަނބުރާ ގެނައުމަށް ކުއްތާ ފޮނުވާ ފަދައިން، މުސްލިމުން އިސްލާހުކުރުމަށްޓަކައި ތަތާރުން ފަދަ ބަޔަކު ފޮނުއްވި. މިއީ މުސްލިމުން އަލުން ދީނަށް ރުޖޫއަވުމަށް ދެއްވާ ފުރުސަތެއް

Newsletter

Get the latest news delivered straight to your inbox