އިހުތިރާމު ނުކުރާ މީހަކަށް، އިހުތިރާމެއް ނުލިބޭނެ

އިހުތިރާމު ނުކުރާ މީހަކަށް، އިހުތިރާމެއް ނުލިބޭނެ

ދުވަސްވަރަކީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރެއެވެ. އިރާގުގެ ވެރިރަށް ބަގުދާދުގައި ހުރި، އިރާގީ ސްޕެޝަލް ޓްރައިބިއުނަލްގެ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށް ދަނީ، އިރާގުގެ އޭރުގެ ރައީސް ސައްދާމް ހުސައިނަށް ކުރާ، ޖިނާއީ ދައުވާތަކުގެ އެންމެ ފަހުގެ އަޑުއެހުންތަކެވެ. ހައްގަކާ ނުލައި އާންމުންގެ ބަޔަކު މެރުމާއި، ކުޑަކުދިންނާއި އަންހެނުންނަށް ލާއިންސާނީ އަދަބު ދިނުމާއި، ގާނޫނާ ހިލާފަށް އެތައް ބަޔަކު ހައްޔަރުކުރުމުގެ ކުށުގެ ދައުވާތަކެވެ.

ސައްދާމް ގޮންޖައްސަވަމުން ގެންދެވީ، އެ ކޯޓުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ. އެމެރިކާއިން އިރާގު އަޅުވެތިކޮށް، އެމެރިކާގެ އަސްކަރީ ނުފޫޒުގައި ވުޖޫދުކުރި ގޮނޑިކޮއްކޮ ސަރުކާރަކުން އުފެއްދި ކޯޓަކަށް ވާތީ، އިރާގުގެ ދައުލަތުގެ ވެރިޔާގެ މައްޗަށް ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތެއް ނެތް ކަމަށެވެ. ފަނޑިޔާރުގެ ރުޅިވެރިކަން ދިޔައީ އިންތިހާއަށެވެ. ސައްދާމާ މުހާތަބު ކުރައްވައި ފަނޑިޔާރު ވިދާޅުވި އެވެ؛ "ކަލޭ އަމިއްލަ ނަފްސަށް އިހުތިރާމުކޮށްބަލަ. އަހަންނަކީ މި ކޯޓުގެ ފަނޑިޔާރޭ."

"އަނެކުންނަށް އިހުތިރާމް ކުރާ މީހުންނަށް، އަނެކުން ވެސް އިހުތިރާމް ކުރާނެ. އަނެކުންނަށް އިހުތިރާމް ނުކުރާ މީހަކަށް، އަނެކުން ވެސް އިހުތިރާމެއް ނުކުރާނެ،" އަމިއްލަ ނަފްސުގެ އިތުބާރާއި ޔަގީންކަމާ އެކުގައި ސައްދާމް ވިދާޅުވި އެވެ.

Advertisement

މިއީ އަރަބިންގެ ތެރޭގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ މުހާވަރާއެކެވެ. މާނައަކީ، އިހުތިރާމަކީ ދެފަރާތުގެ ދެމެދުގައި، މުގާބިލެއްގެ ގޮތުގައި ބަދަލުކުރެވޭ މުއާމަލާތަކެވެ. އަނެކުންނަށް އިހުތިރާމުކުރާ މީހާއަށް، އެކަމުގެ މުގާބިލުގައި އަނެކުންގެ ފަރާތުންވެސް އިހުތިރާމު ލިބޭނެ އެވެ. އަދި އަނެކުންނަށް އިހުތިރާމު ނުކޮށް، އަނެކުންގެ ފަރާތުން އިހުތިރާމަށް އުންމީދު ކުޅަޔަސް، އެކަމެއް ހާސިލެއް ނުވާނެ އެވެ.

މިއަދު އަޅުގަނޑުމެން އެންމެން ވެސް މި ދައްކަނީ އިހުތިރާމް ނުކުރާ ވާހަކަ އެވެ. ދަރިވަރުން ޓީޗަރުންނަށް އިހުތިރާމު ނުކުރާ ވާހަކަ އެވެ. ދަރިން މައިންބަފައިންނަށް އިހުތިރާމު ނުކުރާ ވާހަކަ އެވެ. ކުޑަކުދިން ބޮޑެތި މީހުންނަށް އިހުތިރާމު ނުކުރާ ވާހަކައެވެ. އާންމުން ދައްކަނީ ވެރިން ރައްޔިތުންނަށް އިހުތިރާމު ނުކުރާ ވާހަކަ އެވެ. ވެރިން ދައްކަނީ ރައްޔިތުން ވެރިންނަށް އިހުތިރާމު ނުކުރާ ވާހަކަ އެވެ.

އެހެންކަމުން އިހުތިރާމު ނުކުރުމަކީ ގައުމީ ބޮޑު މައްސަލައެއް ކަމުގައި ގަބޫލުކުރަންޖެހެ އެވެ. ދައުލަތުގެ ވަލިއްޔުލް އަމުރުގެ ސަމާލުކަން ވެސް އެ މައްސަލައަށް ހުއްޓި، އިހުތިރާމު އަދާކުރުމުގެ ރޫހު އަށަގެންނެވުމުގެ ބިޔަ ގައުމީ މަޝްރޫއެއް ފެށުމަށް ސަރުކާރުން އެ އަންނަނީ ތައްޔާރުވަމުންނެވެ.

"ސަރުކާރުން ބޭނުން މި އަންނަ އަހަރު ތެރޭގައި މަޝްރޫއެއް ފަށަން. މިއީ، އަތްލެވޭ މަޝްރޫއެއް ނޫން. އެހެން ނަމަވެސް، ބިޔަ މަޝްރޫއެއްގެ ގޮތުގައި، އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން. ރެސްޕެކްޓް ކެމްޕެއިނެއް ފަށަން. މިކަމުގައި ކަމާބެހޭ ހުރިހާ ރައްޔިތުންނާއި، ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި، ސިވިލް ސޮސައިޓީގެ ހުރިހާ އެންޖީއޯތަކާއި، ހުރިހާ ފަރާތްތައް ބައިވެރިވާން އަޅުގަނޑު ގޮވާލަން،" އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން، މި މަހުގެ 7 ވަނަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ރައީސް އެ ފާހަގަކުރެއްވި މައްސަލައާ މެދު ދެކޮޅު ހަދާނޭ ހަމަ އެކަކު ވެސް ނުހުންނާނެ އެވެ. އެކަމަށް ދެކޮޅު ހަދާނެ ސިޔާސީ ޕާޓީއެއް، ސިވިލް ސޮސައިޓީގެ އެންޖީއޯއެއް ނެތެވެ. ނަމަވެސް، އެ ރީތި އާދަ ފެށޭނީ މުޖްތަމައުގައި އިހުތިރާމުގެ ބިންގާ އަޅައިގެންނެވެ. އިހުތިރާމުގެ މަތީގައި ދައުލަތް ނަގަހައްޓައިގެންނެވެ. އިހުތިރާމުގެ އިންފާރު ތެރޭގައި ސަރުކާރު ހިންގައިގެންނެވެ. ދައުލަތުގެ ވެރިން، އިހުތިރާމުގެ ހަފޮޅުން ބޭރުނުވެ ތިއްބަވައިގެންނެވެ.

މިނިވަން ގައުމެއްގެ ހައިސިއްޔަތުގައި ދައުލަތެއް ހިންގާއިރު، މުޅި ދައުލަތުގެ ބެލެނިވެރި ފަރާތަކީ ގާނޫނުއަސާސީ އެވެ. ދައުލަތުގެ ތިން ބާރުގެ ވެރިންނާއި، އެ ވެރިންގެ ދަށުން އެ ބާރެއް ހިންގުމުގައި އިސްކޮށް ތިއްބަވާ އެންމެންނަކީ ވެސް، ގާނޫނުއަސާސީން ލިބިދޭ އިމްތިޔާޒްތަކަކާއި އިހުތިޔާރުތަކަކާއި ބާރުތަކެއް ލިބިގެން ދައުލަތް ހިންގާ ވެރިންނެވެ.

އެހެންކަމުން، ގާނޫނުއަސާސީއަށް އިހުތިރާމުކުރުމަކީ، ދައުލަތުގެ ތިން ބާރުގެ ވެރިންގެ މައްޗަށްމެ ގާނޫނުއަސާސީ ލާޒިމުކުރާ ކަމެކެވެ. ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާއި ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމާއެކު، ދައުލަތް ހިންގުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކަށް އަމަލުކުރުން އެމީހުންގެ މައްޗަށް ލާޒިމެވެ. މިއީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި އެ ތިން ބާރުގެ އެހެން މެމްބަރުންގެ މައްޗަށް ގާނޫނުއަސާސީ ލާޒިމުކުރާ ކަންކަމެވެ.

ގާނޫނުއަސާސީ ދައުލަތުގެ ވެރިންނަށް ގޮވައިލަނީ، ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ހައްގުތަކާއި މިނިވަންކަން، އެއްވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ލިބިދިނުމަށެވެ. ގާނޫނު ހިންގުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް ހަމަހަމަކުރުމަށެވެ. ދައުލަތުގެ ވެރިންގެ އަރިހުން، އާންމު ރައްޔިތުން ވެސް އެދެނީ އެކަމަށެވެ.

އެހެންކަމުން، އަހަރެންނަށް ތާއީދުކުރާ މީހާ، އަހަރެންގެ ވާދަވެރިޔާ މަރަން ގޮވައިލީމާ، އެ އަޑު ނުއިވޭ ކަމަށް ހަދާފައި، އަހަރެންގެ ވާދަވެރިޔާ ޖަމަލު ފޮޑިއެއް ޖެހިޔަސް، އެ އަޑަށް ވުރެ ވަހުގެ އުނދަގޫ ބޮޑު ކަމަށް ހަދައިގެން އޭނާ ހުރަގެއަށް ލާ ހިސާބަށް ދިޔައިމާ، އިހުތިރާމު އޮންނާނީ ލޮލުކޮޅަށް ވެސް ނުފެންނަ ހިސާބަށް އޮބާފައި ނޫންތޯ އެވެ.

އިހުތިރާމުގެ ވާހަކަ ތިޔަ ފެންމަތިކުރީ އަބުރާ ބެހުމުގެ މައްސަލައިގައި މީޑިއާތައް ތަޅުއަޅުވަން ކުރި މަސައްކަތުން ސަރުކާރު ހޫނުފެނަށް ވެއްޓުނީމާ ކަމަށް ބަޔަކު ބުނެފާނެ އެވެ. އެއީ ހަގީގަތަކަށް ފަހަރުގައި ނުވިޔަސް، އަބުރާ ބެހުން ހުއްޓުވުމުގެ ނަމުގައި މީޑިއާ ކޮންޓްރޯލް ކުރަން ކުރި މަސައްކަތް ވެސް، ތިޔަ ހޯއްދަވަން އުޅުއްވާ އިހުތިރާމު ނުލިބި، އެ ދިޔައީ ތޮއްޑުދޮށުން ނޫންތޯ އެވެ.

އިހުތިރާމް ހޯއްދަވަން ބޭނުންފުޅު ނަމަ، އިހުތިރާމު ކުރައްވާށެވެ! ނޫސްވެރިން އަޑުން އަޑުނަގައި ގޮވަމުން އެ ދަނީ، ސަރުކާރުގެ މުށުތެރޭގައި މީޑިއާތައް ފިއްތާނުލައި، މިނިވަންކަމާއެކު ދޫކޮށްލުމަށެވެ. ބައިނަލްއަގުވާމީ މުޖްތަމައުގެ ގޮވައިލުމަކީ ވެސް އެއީ އެވެ. ނޫސްވެރިންނަށް އިހުތިރާމު ނުކުރެއްވިޔަސް، ގާނޫނުއަސާސީގެ 27، 28، 29 ވަނަ މާއްދާއަށް އިހުތިރާމް ކުރައްވާށެވެ!

ބާރު އޮތީ ދައުލަތުގެ ތިން ބާރުގަ އެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގޭގަ އެވެ. އެ ތިން ބާރު ވެސް މިހާރު އެ އޮތީ، ތިން އުޅިން އަޅާފައި އޮތް ފަލަ އެއް ވަލަށް ވެފައި ނޫންތޯ އެވެ. އެހެންކަމުން އޭގެ ބާރު ކިހައި ގަދަވާނެތޯ އެވެ! އެ ބާރުތަކުގެ ކުރިމަތީގައި ނޫސްވެރިންގެ އެއްވެސް އާރެއް ބާރެއް ނެތެވެ. އެހެން ވިޔަސް، "ބަސްނާހާ ނޫސްވެރިން ބިމަށްވުރެ މަތީތާކަށް އެރުވުމަށް" މަޖިލީހުގައި ގޮވަން ފެށީމާ، އަނެއްކާ ވެސް ގެއްލޭނީ އިހުތިރާމެއް ނޫންތޯ އެވެ.

ގައުމުގެ ވިޔަފާރިވެރިން ވެސް އެދެނީ އެމީހުންނަށް އިހުތިރާމު ކުރުމަށެވެ. ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ސަރުކާރުން އިހުތިރާމު ކުރުމަށެވެ. ކަޅު ބާޒާރުން ޑޮލަރު ގަތުމުގެ ބަދަލުގައި ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ. ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ދަށުން، ރާއްޖޭގެ ބޭންކުތަކަށް މާރުކުރި ޑޮލަރުތަކުން ވިޔަފާރިވެރިންނަށް ލިބެންޖެހޭ ލުއިފަސޭހަ ހޯދައިދިނުމަށެވެ.

އެ ގަވާއިދަށް އަމަލުކުރަން ފެށި ފަހުން މިވީ 10 މަސް ތެރޭގައި، 350 މިލިއަން ޑޮލަރަށް ވުރެ ގިނައިން ރާއްޖޭގެ ބޭންކުތަކަށް މާރުކޮށްފައިވާނެ އެވެ. ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. ޑޮލަރު މާރުކުރުން މަޖުބޫރު ނުކުރާއިރު ވެސް، މިހާ ގިނަ ދުވަސް ވަންދެން، ޑޮލަރުގެ އަގު އެހާ މަތީގައި ހިފެހެއްޓިފައެއް ނެތެވެ. ކޮވިޑްގެ ފުރަބަންދު ތެރޭގައި ވެސް ޑޮލަރުގެ އަގު އެހާ މައްޗަކަށް ނުދެ އެވެ.

ވިޔަފާރިވެރިން އެދެނީ، އާންމު ރައްޔިތުންގެ ފަރާތުން އެމީހުންނަށް ވެސް އިހުތިރާމު ލިބޭނެ ފަދަ އަގުތަކެއްގައި ކާބޯތަކެތި ވިއްކުމަށްޓަކައި ޑޮލަރުގެ އަގު ތިރިކޮށްދިނުމަށެވެ. އޭރުން ރައްޔިތުންގެ މޫނުމައްޗަށް އުފާވެރިކަން އަންނާނެ އެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް ފިލައި ގޮސް، އިހުތިރާމާއި ލޯބީގެ ހިނިތުންވުން ފައުޅުވާން ފަށާނެ އެވެ.

އަޅުގަނޑުމެން އެންމެން ވެސް އިހުތިރާމު ބޭނުންވެ އެވެ. ނަމަވެސް، އަމިއްލަ ނަފުސަށް އިހުތިރާމު ލިބިގަންނާކަށް ނޭނގެ އެވެ. އެ އިހުތިރާމު ލިބޭނީ އަނެކުންނަށް އިހުތިރާމު ކޮށްގެންނެވެ. އަނެކުންގެ އިންސާނީވަންތަކަމުގެ އަގު ވަޒަންކޮށްގެންނެވެ. ކޮންމެ މީހަކީ ވެސް ހަމަ ތިމާ ފަދަ، އިހުތިރާމު ލިބިގެންވާ އިންސާނެއް ކަމުގައި ދެކިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox