
އަހުމަދު އަބްދުﷲ ސައީދު
ލިޔުންތެރިޔާ
ބޭރު ދުނިޔޭގެ މަސްރަހު ދިރާސާކުރައްވާ ފްރީލާންސް ލިޔުންތެރިއެއްގެ ގޮތުގައި، 1995 ވަނަ އަހަރު އާފަތިސް ނޫހުން، ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނު އަޙްމަދު ޢަބްދުﷲ ސަޢީދަކީ، ސިޔާސީ، އިޖްތިމާއީ، ދީނީ، ފަލަކީ، ބޭރު ދުނިޔެ، އަދި ތިމާވެއްޓާއި ސިއްހީ ދާއިރާއިން ހަބަރާއި ރިޕޯޓާއި ފީޗާ އަދި ކޮލަމް ލިޔުއްވައި، ނޫސްވެރިކަމުގެ ރަން ގަލަން ހާސިލު ކުރައްވާފައިވާ ލިޔުންތެރިއެއް އަދި ނޫސްވެރިއެކެވެ. އައްޑުވަސް މަޖައްލާ އާއި އުދަރެސް މަޖައްލާ އުފައްދައި ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވުމުގެ އިތުރުން، "މިއަދު"، "ހަވީރު" އަދި "މިހާރު" ނޫހުގައި އެޑިޓޯރިއަލް ތަފާތު މަގާމުތައް ފުރުއްވާފައިވެއެވެ. ގާނޫނާއި ޝަރީއާއިން ފުރަތަމަ ޑިގްރީ އަދި މާސްޓަ އޮފް ކޮމްޕަރެޓިވް ލޯ ހާސިލުކުރައްވާފައިވާ ސަޢީދަކީ، އިސްލާމިކް މިނިސްޓްރީގެ ފަލަކީ ކޮމިޓީގެ މެމްބަރެކެވެ.
5 ލިޔުން
ދީންމިރޭ އީދަށް ހަނދެއް ނުފެންނާނެ
ދުނިޔެއެމެރިކާ އުޅެނީ އީރާންގެ ތެޔޮވަޅުތަކަށް އަތް ނުބޭނިގެން
އެމެރިކާގެ ހުރިހާ ވެސް ވިސްނުމަކީ، އީރާންގެ ވެރިކަން ބަދަލުކޮށް، އެމެރިކާގެ ދަޅަތަކަށް ހެއްލިގެން ތިބި، މެދުއިރުމަތީގެ އެހެން ވެރިން ފަދަ ބޭފުޅަކު އީރާނުގެ ވެރިކަމަށް ގެނެސް، އީރާންގެ ތެލުގެ ވިޔަފާރީގެ ފުރިހަމަ ކޮންޓްރޯލު އަތުލުމެވެ.
ދުނިޔެޚާމަނާއީއަށް ފަހު ފާރިސީ އުޑި އެނބުރޭނީ ކިހިނެއް؟
އެމެރިކާގެ މައިގަނޑު އަމާޒަކަށް ވާނީ، އީރާންގައި ވެސް ދާޚިލީ ހަމަނުޖެހުމެއް ފެށުން. އެ ގޮތުން އެމެރިކާގެ ބަހަށް ކިޔަމަންގަންނަ ބަޔަކު ވެރިކަމުގެ މަގާމުތަކަށް އިސްކުރާނެ. އެއާއެކު، އެ ވެރިކަމާ ދެކޮޅަށް ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތްތައް ތެދުވާނެ،
