ބަންދު އަމުރުތަކުގައި އިޖުރާއީ ގޯހެއް އޮތް ކަމަށް ކަނޑައެޅުމުގެ ބާރު ފުލުހުންނަކަށް ނުލިބޭ: ކްރިމިނަލް ކޯޓު

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 22، ދެވަނަ ފަހަރަށް ފުލުހުންގެ ބަންދަށް ގެންދަނީ -- ފޮޓޯ: ހުސެއިން ފިޔާޒު މޫސާ / އަދަދު

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 22، ދެވަނަ ފަހަރަށް ފުލުހުންގެ ބަންދަށް ގެންދަނީ -- ފޮޓޯ: ހުސެއިން ފިޔާޒު މޫސާ / އަދަދު

އޭޕްރިލް 18، ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 22، ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުތަކުގައި އިޖުރާއީ މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އެނާ ދޫކޮށްލުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

އަދަދު އަށް އެނގިފައި ވާގޮތުގައި ކްރިމިނަލް ކޯޓުން އެހެން ބުނީ ދެވަނަ ފަހަރަށް ރައުދު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް މިދިޔަ ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން ބޭއްވި މަޖިލީހުގަ އެވެ.

ރައުދު ބަންދުގައި ބަހައްޓަން އަމުރެއް އޮއްވައި އޭނާ ދޫކޮށްލި ސަބަބު ސާފުކޮށްދިނުމަށް ދިފާއުން އެދުމުން ހުކުރު ދުވަހު ބޭއްވި މަޖިލީހުގައި ފުލުހުން ބުނެފައި ވަނީ އޭނާ ދޫކޮށްލީ ރައުދު ބަންދުގައި ބެހެއްޓުމަށް ކްރިިމިނަލް ކޯޓުން ކުރި އަމުރުތަކުގައި އިޖުރާއީ މައްސަލަތަކެއް ހުރި ކަމަށް އެ މުއައްސަސާއަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ނަމަވެސް މުއްދަތު މަޖިލިސް އިންސާފުވެރި ކުރެއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އެ މަޖިލީހުގައި ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރެއްގައި އިޖުރާއީ މައްސަލައެއް އޮތް ކަމަށް ކަނޑައެޅުމުގެ ބާރު ދިވެހި ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެ ކޯޓުގެ އަމުރެއްގައި އިޖުރާއީ މައްސަލައެއް އޮތް ކަމަށް ކަނޑައެޅުމުގެ ބާރު ލިބިގެން ވަނީ ދިވެހިރާއްޖޭގެ ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި ރައުދު ފުލުހުން ބަންދުން މެއި 22، ގައި ދޫކޮށްލީ 20 ދުވަހު އެނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މެއި 15، ގައި އަމުރު ކޮށްފައި ވަނިކޮށެވެ.

ފުލުހުންގެ ބަންދުން ރައުދު ދޫކޮށްލިއިރު، އޭނާ ބަންދުގައި ބަހައްޓަން މެއި 10، ގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ދުވަހުގެ މެންދުރުފަހު 1:00 އަށް އޮތީ ތާވަލުކޮށްފަ އެވެ.

ނަމަވެސް ހަމަ އެ ދުވަހުގެ ހަވީރު ފުލުހުން ވަނީ އާ ކޯޓު އަމުރެއްގެ ދަށުން ރައުދު އަނެއްކާ ވެސް ހައްޔަރު ކޮށްފަ އެވެ. ޖެހިގެން އައި ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ.

ބަންދުގެ މައްސަލަ އިސްތިއުނާފު ކުރި ސަބަބު

ރައުދު ބަންދުގައި ބަހައްޓަން މެއި 10، ގައި ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރީ ބަންދުގެ މުއްދަތު އެ ކޯޓުން ޖެހީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.

އެ ދުވަހު މުއްދަތުގެ މަޖިލީހަށް ރައުދު ހާޒިރު ކުރުމުން ފުލުހުން އެންމެ ފުރަތަމަ ކޯޓުގައި އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. އަށް ރިއާޔަތްކޮށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށެވެ.

އެ އަކުރުގައި ބަޔާން ކޮށްފައި އޮންނަނީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނުވަތަ ނޫންކަން ކަނޑައެޅުމުގައި އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެ ވަގުތު ނެތްކަމުގައި ވާނަމަ އެ މާއްދާގެ ށ. ގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކޮންމެވެސް ވަރެއްގެ ހެކި ހުރެއްޖެ ނަަމަ އަމަލު ކުރެވިދާނެ ގޮތެވެ.

titledesc

ނަމަވެސް ރައުދު ފުރަތަމަ ހައްޔަރު ކުރީ ވެެސް ޔުމްނު ވެއްޓުނު ހާދިސާގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް ހާދިސާ ހިނގިތާ ހަ ދުވަސްފަހުން ކަމަށްވެފައި، ފުލުހުން އޭރު ވެސް ކުރި ތުހުމަތުތަކާ ގުޅިގެން ހެކި ހުށަހަޅާފައި ހުރުމުން، އެ އަކުރުގެ ދަށުން އޭނާ ބަންދުގައި ނުބެހެއްޓޭނެ ކަމަށް ދިފާއީ ވަކީލުންގެ ފަރާތުން ވަކާލާތު ކުރުމުން ދެން ފުލުހުން އެދުނީ އެ މާއްދާގެ ޅ. ގެ ދަށުން ބަންދުކޮށްދިނުމަށެވެ.

އެ އަކުރުގައި ބަޔާން ކޮށްފައި އޮންނަނީ ބަންދުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމަށް ވާނަމަ އަމަލު ކުރެވޭނެ ގޮތެވެ. އެހެންކަމުން ދިފާއުން ވަކާލާތު ކުރީ އެ މާއްދާގެ ދަށުން ވެސް އޭނާ ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ.

އެއަށްފަހު ޝަރީއަތުގެ މަޖިލިސް މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ފަހު ގާޒީ އަމިއްލައަށް ނިންމެވީ ރައުދު ދޫކޮށްލާފައި ހުރުމަކީ މުޖުތަމައުގެ ކަންކަން ހުރި ގޮތުން އެންމެ ރަނގަޅު ކަމަކަށް ނުވެދާނެތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ށ. ގެ ދަށުން އޭނާގެ ބަންދު ފަސް ދުވަހަށް އިތުރު ކުރުމަށެވެ. އެގޮތަށް ނިންމީ ގާޒީ އަމިއްލަ އަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ހަ ވަނަ ބާބުގެ ދަށުން 60 ވަނަ މާއްދާގެ ށ. ގައި އޮންނަނީ ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދު ކުރަންވާނެ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީ، ށ. ގައި ބަޔާން ކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތް ކަމަށް ގަބޫލު ކުރެވޭނަމަ އެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަންވާނެ ކަމަށް އެ އަކުރުގައި ސާފުކޮށް ބަޔާން ކޮށްފައި އޮއްވައި އެ އަކުރާ ހަވާލާދީ ފަސް ދުވަހަށް ރައުދު ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުންނެވެ.

އިތުރު ހެއްކެއް ނެތި ބަންދުގައި 32 ދުވަސް

މިދިޔަ މަހުގެ 24، ގައި ހައްޔަރުކުރި ރައުދު ފުލުހުންގެ ބަންދުގައި ހުންނަތާ މިއަދަށް ވަނީ 32 ދުވަސްވެފަ އެވެ. އެހާގިނަ ދުވަހު އޭނާ ބަންދުގައި ހުންނާތީ ކްރިމިނަލް ކޯޓުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ.

އެގޮތުން ހުކުރު ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ވިދާޅުވީ ރައުދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތައް ބަޔާންކުރާ މާއްދާތަކަށް ބަލާއިރު، ދިގު މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓައިފި ނަމަ ރައުދުގެ މައްޗަށް ކުށް ސާބިތުވާ ހާލަތުގައި އަދަބުގެ މުއްދަތު، ބަންދުގެ މުއްދަތަށްވުރެ މަދުވެދާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ހެކި ގަރީނާ އެވެ.

ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އެ ހެކި ގަރީނާތަކަށް ބެލުމުން، އެހީއަށް ބޭނުންވެފައިވާ މީހަކަށް ރައުދު އެހީތެރިކަން ފޯރުކޮށްދީފައި ނުވުމާއި މަސްތުގެ ހާލުގައި އޭނާ ހުރިކަން އެނގޭ ކަމަށެވެ.

އެ ދުވަހު ފުލުހުން ބުނެފައި ވަނީ ރައުދުގެ މައްސަލަ ވަރަށް އަވަހަށް ޕީޖީއަށް ފޮނުވޭނެ ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް އިތުރު ކުރީ އެ ސަބަބާހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox