ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރު ކުރި ރައުދު ބަންދުން ދޫކޮށްލައިފި

May 22, 2025, 9:31 AM
ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރު ކުރި ރައުދު ބަންދުން ދޫކޮށްލައިފި

އޭޕްރީލް 18، ގައި މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލައިފި އެވެ.

ރައުދު، 21، ދޫކޮށްލީ ފުލުހުން އަމިއްލައަށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ރައުދު ބަންދުން ދޫކޮށްލި އިރު، އޭނާ ބަންދު ކުރަން ދަށު ކޯޓުން ނެރުނު އަމުރު އިސްތިއުފާނު ކުރުމުން މިއަދަށް އޮތީ ހައި ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

ރައުދު ހައްޔަރު ކޮށްފައި ވަނީ ޔުމްނު ވެއްޓުނުތާ ހަ ދުވަސް ފަހުން އޭޕްރީލް 24، ގަ އެވެ. އެކަމަކު، ރައުދު ހައްޔަރު ކުރުމުގެ އަމުރެއް އޭގެ ކުރިން ހަމަ ޔުމްނު ވެއްޓުނު ދުވަހު ވެސް ދަށު ކޯޓުން ނެރުނެވެ. ނަމަވެސް އެ އަމުރު ފުލުހުން ތަންފީޒެއް ނުކުރެ އެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު ރައުދު ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ ޔުމްނު ވައްޓާލުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރި އެވެ.

ފުރަތަމައިނުން ރައުދު ހައްޔަރު ނުކުރި ނަމަވެސް ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް އެއިރު ޕޮޒިޓިވް ވެފައިވެ އެވެ. އެކަމަކު، އެވަރުން ވެސް ފުލުހުން އޭނާ ހައްޔަރެއް ނުކުރި އެވެ.

ރައުދު ހައްޔަރު ކުރީ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ. އެ މައްސަލައިގައި ފުލުހުން ހަދާފައި ހުރި ވަރަށް ބޮޑެތި ގޯސްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ފުލުހުން ހެދި ގޯސްތަކުގެ ތެރޭގައި، ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީ ގޭގެ ބައެއް ފަންގިފިލާތަކުގައި ކެމެރާ ހުރި އިރު ވެސް ކެމެރާ ނެތް ކަމަށް ބުނެ ދޮގު ހެދުން ހިމެނެ އެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ތަންތަން ބަލައި ފާސް ކުރަން ފުލުހުން ވަނީ ފަސްޖެހިފަ އެވެ. އޭގެ ތެރޭގައި ޔުމްނު އާއި އޭނާއާއެކު އުޅުނު ބަޔަކު ދިޔަ މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅޭ ގެ އާއި އެ މައްސަލައިގައި ހިމެނޭ އިތުރު މީހެއްގެ ގެ ހިމެނެ އެވެ.

އެތަންތަން ބަލައި ފާސް ކުރުމަށް ފުލުހުން ދިޔައީ ހަ ދުވަސް ފަހުންނެވެ. ބަލައި ފާސް ކުރުމަށްފަހު ފުލުހުން ބުނީ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް އެ ދެ ގެއިން ފެނިފައިނުވާ ކަމަށެވެ. އަދި މިނިސްޓަރު އަމީން ދިރިއުޅޭ ގޭގެ ވީޑިއޯ ފުޓޭޖް ހަލާކުވެފައިވާތީ، ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދައިފަ އެވެ. އެ ކޮމިޝަނުގެ މައިގަނޑު ބޭނުމަކީ ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމެވެ. އެ ކޮމިޝަން އުފެއްދީ އޭޕްރީލް 26، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox