ރޯވީ ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި

އެކްސިޑެންޓުގައި ހިމެނޭ ކާރުގައި ވަނީ ރޯވެފައި: މިހާތަނަށް އެ ކާރުގައި ރޯކޮށްލީކަމެއް ޔަގީނެއް ނުވޭ

އެކްސިޑެންޓުގައި ހިމެނޭ ކާރުގައި ވަނީ ރޯވެފައި: މިހާތަނަށް އެ ކާރުގައި ރޯކޮށްލީކަމެއް ޔަގީނެއް ނުވޭ

ހުޅުމާލެ ފޭސް ދޭއްގެ ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮއްވާ އަލިފާން ރޯވެ ބޭނުން ނުކުރެވޭ އެނދީ ހުޅުމާލޭގައި އޮގަސްޓު މަހުގެ 29، ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިމެނޭ ކާރެއްކަން މި ނޫހަށް އެނގިއްޖެ އެވެ. 

ހުޅުމާލެ ފޭސް 2، ވިނަރެސް 7 ފްލެޓް ކައިރީގައި އޮގަސްޓު މަހު އެ އެކްސިޑެންޓު ހިނގީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހާގެ ގައިގައި، ސައިކަލުން ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އެ ކުއްޖާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ނުވަތަ ކާރު އެ ކުއްޖާގެ ގައިމައްޗަށް އަރާފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ އެ ކާރުގަ އެވެ. 

ނަމަވެސް އަލިފާން ރޯވި ކާރުގައި ގަސްތުގައި ރޯކޮށްލި ކަމެއް މިހާތަނަށް އެނިގައެއް ނުވެ އެވެ. އެކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނާއިރު، މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. 

އެކްސިޑެންޓުގެ މައްސަލައާ ގުޅިގެން ފޮރެންސިކް ތަހުލީލުތައް ހިންގުމަށް އޭރު ފުލުހުންގެ ބެލުމުގެ ދަށަށް ކާރު ގެންދިޔަ އެވެ. ނަމަވެސް ފަހުން އެ ކާރު ދޫކޮށްލުމުން ދިޔައީ ބޭނުން ކުރަމުންނެވެ. 

ފުލުހުން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ލިބުމުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވި ކަމަށެވެ. އެ ހާދިސާގައި ރޯވި ކާރުގެ އިތުރުން އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ދެ ކާރަކަށް އެކިވަރުގެ ގެއްލުން ލިބުނެވެ.

 އެކްސިޑެންޓުގައި އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކު ދުއްވަން އިން އެ ސައިކަލް އެކްސިޑެންޓުވެ، އޭނާގެ ފަހަތުގައި އިން ނުވަ އަހަރުގެ ކުއްޖާ ވެއްޓި، ބޯ ފަޅައިގެން ގޮސް، ގިނަ އަދަދެއްގެ ލޭ މަގުމައްޗަށް އޮހޮރިގެން ދިޔަ އެވެ. އެ ކުއްޖާ ނިޠާވީ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެނިކޮށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox