ޖީއެމްއާރު ގެނައުމާ ގުޅޭގޮތުން ވޯޓަށް ނޭހުނީ ގޯހުން ކަމަށް ނަޝީދު ވިދާޅުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއު މުއިއްޒަށް ނުހިންގޭނެ ކަމަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއު މުއިއްޒަށް ނުހިންގޭނެ ކަމަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހަވާލުކުރުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ގޯހެއް ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ. 

ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެއިން އެއްބައި ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ މުޅި މިސްރާބު ބަދަލުވާ ގޮތަށް ވެރިންނަށް ފެންނަ ގޮތަކަށް ކަންކަން ކުރުމުގެ ބަދަލުގައި އެފަދަ ކޮންމެ ކަމެއްގައި ރައްޔިތުން ޝާމިލުކުރަން ޖެހޭ ކަމަށެވެ. 

"ރާއްޖޭގެ މުޅި މިސްރާބު ބަދަލުވާ ކަންކަން ކުރިއަށް ގެންގޮސްގެން ނުވާނެ ހަމައެކަނި ރާއްޖޭގެ ވެރިންނަށް ފެންނަ ގޮތަކަށް. ބޭފުޅުން އަޅުގަނޑު ކައިރީގައި އަހާ ކީއްވެހެއްޔޭ ޖީއެމްއާރަށް އެއާޕޯޓް ކޮންޓްރެކްޓަށް ދިން އިރުގައި އަޅުގަނޑުމެން ނޭހީ. އަޅުގަނޑު މިއަދު މި ބުނަނީ އެއީ ގޯހުންނޭ. އެއީ ގޯހުންނޭ،" ނަޝީދު ވިދާޅުވި އެވެ. 

"އެ ތަޖުރިބާގައޭ އަޅުގަނޑު މިހުރީ މިތަނަށް އައިސް. އަޅުގަނޑުމެންނަށް އެނގެއޭ ރައްޔިތުން ގާތުގައި ނާހައި ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ. ކޮންމެ ކަމެއްގެ ފަހަތަށް ރާއްޖޭގެ މުޅި ރައްޔިތުން އެބަ އަންނަންޖެހޭ. އެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ."

ނަޝީދު ވިދާޅުވީ މާލެ ސަރަހައްދަށް މީހުން ޖަމާކުރަން ފުށިދިއްގަރު ފަޅުގައި ރެޒިޑެންސީގެ އެ ޕްރޮޖެކްޓް ހިންގައިގެން ނުވާނެ ކަމަށާއި އެތަނުގައި އެކަން ކޮށްފިނަމަ ރާއްޖެ ހަލާކުވާނެ ކަމަށެވެ. 

މީގެއިތުރުން ގައުމުތަކުން ދަރަނީގެ ތުންފަތްމައްޗަށް އައުމުން ފައިސާ ހޯދަން ނުއަގުގައި ކަންކަން ކުރަމުންދާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މުއިއްޒު ކުރައްވާ ކަންތައްތައް ކުރައްވަން ދޫކޮށްނުލެވޭނެ ކަމަށެވެ. 

ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން، ޔޫއޭއީގެ އީގަލް ހިލްސް އަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ކުރިން އިއުލާން ކުރުމަކާ ނުލައި ބިޑު ވެސް ނުކޮށް، ކަމުގެ ހަގީގަތް ނޭނގޭ ސިއްރު ވެރި ގޮތެއްގަ އެވެ. އެ ބިން އީގަލް ހިލްސް އަށް ކުއްޔަށް ދެނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުންޏަސް، އީގަލް ހިލްސް އިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ރަސްމާލެ ލިބެނީ ދާއިމީ ގޮތެއްގަ އެވެ.

އެއީ 99 އަހަރަށް ކުއްޔަށް ހިފުމަށް ފަހު، އެ ބިން ވާރުތައިން ނުވަތަ ވިއްކައިގެން ވިޔަސް އެހެން ބަޔަކަށް ދިނުމާ އެކު އިތުރު 99 އަހަރުގެ މުއްދަތެއް ގުނަންޖެހޭ ގޮތަށް އޮތުމުން ކަމަށް، އީގަލް ހިލްސް ކުންފުނިން ވަނީ ބުނެފަ އެވެ. ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވެސް ބުނެފައިވަނީ، ހައުސިން މިނިސްޓަރު ބްދުﷲ މުއްތަލިބުގެ އެ ގުޅުމުގެ މެމްބަރުންނަށް މައުލޫމާތު ދެއްވި އިރު ވެސް، އެކަން ބަޔާންކުރައްވާފައިވާ ކަމަށް އެ ގުޅުމުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox