އެއްބަސްވުމާ ހިލާފަށް "ކީއްވެ؟" ޕްރިމިއާ ލައިވްނުކުރި، ސަބަބު ބުނަން ޝަކީބު ދެކޮޅު!

ޕީއެސްއެމްގެ އެމްޑީ ޝަކީބު: އަދަދު ނޫހަށް މައުލޫމާތު ދެއްވަން އޭނާ ވަނީ ދެކޮޅު ހައްދަވާފައި

ޕީއެސްއެމްގެ އެމްޑީ ޝަކީބު: އަދަދު ނޫހަށް މައުލޫމާތު ދެއްވަން އޭނާ ވަނީ ދެކޮޅު ހައްދަވާފައި

އެއްބަސްވިގޮތަށް ދިވެހި ފީޗާ ފިލްމް "ކީއްވެ؟" ގެ ޕްރިމިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރޭ ލައިވްނުކުރިއިރު، ޕްރިމިއާ ލައިވް ނުކުރަން ނިންމި ސަބަބު ވެސް ހާމަކުރަން ޕީއެސްއެމްގެ އެމްޑީ އަހްމަދު ޝަކީބު ދެކޮޅުހައްދަވައިފި އެވެ. 

ފިލްމް ޕްރޮޑަކްޝަން ހައުސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ފިލްމުގެ ޕްރިމިއާ ލައިވްކޮށް ގެނެސްދިނުމަށް ފިލްމް ޕްރޮޑަކްޝަން ހައުސް އާއި ޕީއެސްއެމްއާ ދެމެދު ނޮވެމްބަރު 19، ގައި ހެދި އެއްބަސްވުމާ ހިލާފަށް ޕްރިމިއާ ލައިވް ނުކުރީ ބައެއް ސިޔާސީ ބޭފުޅުން ޕްރިމިއާގައި ބައިވެރިވާތީ ކަމަށް ޝަކީބު ވިދާޅުވި ކަމަށެވެ. 

"މި ނިންމުން [ލައިވް ނުކުރަން] ނިންމުމުގެ ސަބަބެއް ގޮތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާހަގަކުރައްވާފައިވަނީ، ޕްރިމިއާ އިވެންޓަށް ދައުވަތު އެރުވިގެން ބައެއް ސިޔާސީ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ހަމެޖހިފައިވުން،" އެ ނޫސްބަޔާނުގައި ބުންޏެވެ. 

މިކަމާ ގުޅިގެން ޝަކީބުއަށް އަދަދު އިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ޕްރިމިއާ ލައިވް ނުކުރަން ޕީއެސްއެމްއިން ނިންމި ސަބަބުގެ ތަފްސީލު ހާމަކުރައްވަން ވަނީ ދެކޮޅު ހައްދަވާފަ އެވެ. 

މި ފިލްމުގެ ޕްރިމިއާ ނައިޓަކީ އެއްވެސް ސިޔާސީ ހަރަކާތެއް ހިމެނުނު އިވެންޓެއް ނޫންކަން ފާހަގަކޮށް ފިލްމް ޕްރޮޑަކްޝަން ހައުސް އިން ބުނީ އިވެންޓަށް ދައުވަތު އަރުވާފައިވަނީ ދައުވަތާއި، ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ އަދި ފުރުއްވަމުން ގެންދަވާ އެކިއެކި ފަންތީގެ ބޭފުޅުންނާއި، ފަންނާނުންނާއި، އާންމުބ ފަރާތްތަކަށް ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ކަމަށެވެ. 

އެއްބަސްވުމާ އެއްގޮތަށް ޕީއެސްއެމްއިން ޕްރިމިއާ ލައިވް ނުކޮށްދިނުމުގެ ސަބަބުން އިއާދަނުކުރެވޭ ބޮޑު ގެއްލުމެއް ލިބުނު ކަމަށެވެ. އެގޮތުން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ޕޮޑަކްޝަން ހައުސްއަށް ލިބުނު މާލީ ގެއްލުންތަކުގެ ބަދަލު ހޯދުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

ޕީއެސްއެމް އިން "ކީއްވެ؟" ފިލްމުގެ ޕްރިމިއާ ލައިވްނުކޮށްދެވޭނެކަން އެންގީ ޕްރިމިއާ ފެށެން ދެ ގަޑިއިރަށްވެފައި ވަނިކޮށެވެ. އޭރު ޕީއެސްއެމްއިން ވަނީ އޮލިމްޕަހުގައި ސެޓަޕް ޖަހައި، ޕްރިމިއާ އޮންނާނެކަން ދުރާލައި ބެލުންތެރިންނަށްވެސް އަންގާފަ އެވެ. 

މި ފިލްމުގެ ޕްރިމިއާ ނައިޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމްގެ އިތުރުން ސިޔާސީ އެކި ފިކުރުތަކުގެ ނަން މަޝްހޫރު ގިނަ ބަޔަކު ބައިވެރިވިކަން ފާހަގަކުރެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox