ފެނަކަ ހިޔާނާތުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި ދީނާ ގޭބަންދަށް ބަދަލުކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމެންޓް ހެޑު، މަރިޔަމް ދީނާ (ވ) އަދި، ދީނާގެ ގާނޫނީ ވަކީލު (ކ) --

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމެންޓް ހެޑު، މަރިޔަމް ދީނާ (ވ) އަދި، ދީނާގެ ގާނޫނީ ވަކީލު (ކ) --

ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމެންޓް ޑިޕާޓުމެންޓުގެ ވެރިޔަކަށް ހުރެ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި މަރިޔަމް ދީނާ ގޭބަންދަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު އަދަދުއަށް ވިދާޅުވީ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ދީނާ ގޭބަންދަށް ބަދަލުކުރީ މި މަހު 18، ގައި ކަމަށެވެ.

"ސިއްހީ ހާލަތާ ގުޅިގެން ގޭބަންދަށް ބަދަލުކޮށްފައި ވަނީ، އެއީޓީންތުގައި،" ޔުސްރީން ވިދާޅުވި އެވެ.

ޔުސްރީން ވިދާޅުވީ ދީނާ ޖަލަށްލާން ހުކުމްކުރުމުގެ ކުރިން ވެސް ދިޔައީ ބައްޔަކަށް ފަރުވާ ހޯދަމުން ކަމަށެވެ. ގޭބަންދަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތުވެ، އެއް އަހަރާއި ހަތް މަސްދުވަހަށް ދީނާ ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ އޮކްޓޫބަރު 27، ގަ އެވެ. 

އޭނާ ޖަލަށްލާން ހުކުމް ކުރީ 2018 ގައި ފެނަކަ އާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައި އޮތް އެއްބަސްވުމެއްގެ ދަށުން މަސައްކަތް ފުރިހަމަ ނުކުރަނީސް، މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަންއަށް ދޫކޮށް އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދިން މައްސަލައިގަ އެވެ.

މަސައްކަތް ފުރިހަމަ ނުކުރަނީސް ބްލޭޒަން ކުންފުންޏަށް ދީނާ ފައިސާ ދޫކުރުމުގެ ނަތީޖާއެއްގެ ގޮތުން ފެނަކައަށް 848،000ރ. ގެ ގެއްލުމެއް ލިބުނުކަމަށް އެ މައްސަލައާ ގުޅުގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ބުންޏެވެ.

ދީނާ ގޭބަންދަށް ބަދަލުކޮށްފައިވާއިރު، އޭނާގެ މައްޗަށް އިތުރު ދެ މައްސަލައެއްގައި ވެސް ދައުލަތުން ވަނީ ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

އޭގެ ތެރެއިން އެއް މައްސަލައަކީ ފެނަކައަށް ސީސީޓީވީތަކެއް ހޯދަން މަސައްކަތް ހަވާލުކުރި ކުންފުނިން މުދާ ހަމައަށް ނުލިބެނީސް ފައިސާ ދޫކުރި މައްސަލައެކެވެ. އެ މައްސަަލައިގައި ވެސް އޭނާގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

އަނެއް މައްސަލައަކީ 2018 ވަނަ އަހަރު ފެނަކައިން ކުއްޔަށް ހިފި ދޯންޏެއް ދީނާގެ ގާތް މީހަކަށް ކުއްޔަށް ދިން މައްސަލަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދިފައި ވަނީ އެ މައްސަލައިގައި ދީނާގެ މައްޗަށް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން އުޅުމުގެ ދައުވާ އެވެ.

ފެނަކައިގެ ކޮރަޕްޝަން  މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ އެމްޑީ އަހްމަދު ސައީދު ވެސް އަންނަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ބްލޭޒަން އިންކްއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއް ސޮއިކުރި މައްސަލައިގަ އެވެ. 

މި ނޫނަސް އެހެން މައްސަލަތަކެއްގައި ވެސް ސައީދުގެ މައްޗަށް ތުހުމަތުކުރެވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވާފައިވާއިރު، އެހެން މައްސަލަތަކުގެ ތަހުގީގު ދަނީ ކުރިއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox