އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގު ކޯޓަށް، ޖުމައިހުއަށް ދިނީ ނަސޭހަތް!

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފިލްމީ ތަރިން: އެމީހުން ތިބި ކޮޓަރިއަށް ފުލުހުން ވަން އިރު މަސްތުވާތަކެތި ހުރީ ހާމައަށް ފެންނަން -- ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފިލްމީ ތަރިން: އެމީހުން ތިބި ކޮޓަރިއަށް ފުލުހުން ވަން އިރު މަސްތުވާތަކެތި ހުރީ ހާމައަށް ފެންނަން -- ފޮޓޯ: ޕޮލިސް

ފުލުހުން ވިލިމާލޭގައި އޮކްޓޯބަރު 8، ގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިންގެ ތެރެއިން އަހުމަދު އަޒްމީލް (އަޒޭ) އާއި މުހައްމަދު ވިޝާލް (ރޯމަން) ގެ މައްސަލަ ޑްރަގް ކޯޓަށް ފޮނުވައި، އިސްމާއިލް ޖުމައިހުއަށް ނަސޭހަތް ދީފި އެވެ. 

ޕީޖީން އަދަދު އަށް ބުނީ މި މައްސަލައިގައި އަޒޭގެ މައްޗަށް އުފުލާފައިވާ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ދައުވާ އާއި ވިޝާލްގެ މައްޗަށް އުފުލާފައިވާ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އެ ދައުވާއަށް އެ ދެމީހުން އިއުތިރާފްވެފައިވާ ކަމަށެވެ. 

މިއާއެކު، އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށްޓަކައި އެ މައްސަލަ އަނބުރާ ނެގުމަށް ޕީޖީން ވަނީ އެދިފައި ކަމަށް އެ އޮފީހުން ބުންޏެވެ. އެގޮތުން އެ ދެ މީހުންގެ މައްސަލަ ޑްރަގް ކޯޓުން ބެލުމަށްފަހު ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ހަވާލުކޮށްގެން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރު ބަލައި، އެކަށީގެންވާ ފަރުވާއެއް ދިނުމާމެދު ގޮތެއް ނިންމާނެ އެވެ.

މީގެ އިތުރުން ޕީޖީން ބުނީ މި މައްސަލައިގައި ހިމެނޭ ޖުމައިހްއާއެކު ދައުލަތުން ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ނިންމީ އެއީ އޭނާގެ މަސްތުވާތަކެތި ބޭނުންކުރުމުގެ ފުރަތަމަ ދައުވާ ކަމަށްވާތީ ކަމަށެވެ. 

އަޒޭ އާއި ޖުމައިހުއަކީ މީގެ ކުރިން އެއް އާއިލާއެއްގެ ދެބެންނާ ކައިވެނިކޮށްގެން އުޅުނު ދެމީހުންނެވެ. އޭގެ ތެރެއިން ފިލްމީ ދާއިރާގައި އުޅޭތާ އެންމެ ގިނަ ދުވަސްވީ އަޒޭ އެވެ. އެންމެ ފަހުން ފިލްމު ކުޅެން ފެށީ ރޯމަން އެވެ.

މި މައްސަލައިގައި ފިލްމީ ތަރިންނާއެކު ދެން ހައްޔަރުކުރި ޝާހިލް މުހައްމަދަކީ ދެ ކިލޯގެ ޑްރަގުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އެދިގެން ދޫކޮށްލި މީހެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox