ކައުންސިލު އިމާރާތްތަކުގެ ފަރުމާއެއް ނުނިމޭ، ހަރަދު ވާނެ ވަރެއް ފެށޭނެ ތާރީހެއް ވެސް ނޭނގޭ

ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އުމަރު. އެ މިނިސްޓްރީން ކައުންސިލްތައް އިމާރާތް ކުރުމުގެ މަޝްރޫއުއެއް ވަނީ އިއުލާނުކޮށްފައި --- ފޮޓޯ: ރައީސް އޮފީސް

ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އުމަރު. އެ މިނިސްޓްރީން ކައުންސިލްތައް އިމާރާތް ކުރުމުގެ މަޝްރޫއުއެއް ވަނީ އިއުލާނުކޮށްފައި --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން 100 ރަށެއްގައި އަޅައިދޭނެ ކަމަށް ބުނެފައިވާ ކައުންސިލް އިމާރާތްތަކުގެ ޑިޒައިން މަސައްކަތް ނުނިމޭތީ އެ މަސައްކަތް ފެށޭނެ ތާރީހެއް އަދި މުޅި މަޝްރޫއަށް ހަރަދުވާ ވަރެއް ވެސް ނޭނގޭ ކަމަށް ލޯކަލް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނެފި އެވެ.

ކައުންސިލް އިމާރާތްތައް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ސަރުކާރެއް އަހަރެއް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި ކައުންސިލް އިމާރާތްތައް އަޅަން ހިންގަނީ ދެ މަޝްރޫއެކެވެ. އަދި މި ދައުރުގެ ތެރޭގައި މި ހުރިހާ އިމާރާތްތަކެއް ނިންމާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެއް މަޝްރޫއާކީ، ޗައިނާ ސަރުކާރުން ހިލޭ އެހީގެ ދަށުން 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫއު. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އަޅައިދޭނަން. 50 ރަށެއްގެ ކައުންސިލް އިމާރާތް. އަނެއް މަޝްރޫއަކީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، ސަރުކާރުން އެ އޮންނަ އުސޫލަކުން ޕޭކުރާގޮތަށް، އަދި އިތުރު 50 ރަށުގައި އިމާރާތް އަޅާގޮތަށް." ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ، ޖުމްލަ 100 ރަށުގެ ކައުންސިލް އިމާރާތް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އަޅަން ފަށާނެ. މި ދައުރު ތެރޭގައި ނިންމާނަން."

މި މަސައްކަތް ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯދަން "އަދަދު" އިން ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި ކައުންސިލް މިނިސްޓްރީން ބުނީ ޗައިނާ ސަރުކާރުގެ ހަރަދުގައި ހިންގާ މަޝްރޫއުގެ ދަށުން އިމާރާތްކުރާ އޮފީސްތަކުގެ ޑިޒައިން އަދި މުޅިން ނުނިމޭ ކަމަށެވެ. އެހެންވެ މި މަޝްރޫއުގެ މަސައްކަތް ބީލަމަށް ހުޅުވާލާ އަދި އެ މަޝްރޫއުގެ މަސައްކަތް ފަށާނެ ވަކި ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހަމަ އެގޮތަށް ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން އަޅާ އިމާރާތްތަކުގެ ކޮންޓްރެކްޓުގައި އަދި ސޮއި ނުކުރާ ކަމަށް ކައުންސިލް މިނިސްޓްރީން ބުންޏެވެ. އަދި އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް އަދި ބަޔަކާ ހަވާލުކޮށްފައި ނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. މި މަސައްކަތަށް ހަރަދު ވާނެ ވަރެއް ވެސް މިނިސްޓްރީގެ ޖަވާބުގައި ނެތެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ކައުންސިލް އިމާރާތްތައް އަޅާ ރަށްތައް ހޮވާނީ އާންމުންގެ ހިޔާލު ހޯދައިގެން ކަމަށެވެ. އަދި ކައުންސިލުތައް ކަނޑައަޅާނެ އުސޫލެއް އެކުލަވާލާފައިވާ ކަމަށް ވެސް މީގެ ނުވަ މަސް ދުވަސް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލް ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން ބޭއްވި "ފަނޯއްލަ ދަރުބާރު 2024" ގައި އާދަމް ޝަރީފް ވަނީ ޗައިނާ ސަރުކާރުގެ އެހީގައި އަޅާ އިމާރާތްތަކުގެ އަމަލީ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށޭނެ ކަަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު މިއަދާ ހަމައަށް މި އިމާރާތްތައް އަޅާނެ ގޮތުގެ އިތުރު އެއްވެސް ތަފުސީލެއް ހިއްސާކޮށްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox