ވަކިކުރި ދެ މިނިސްޓަރުންނާއި ދިޔާނާއަށް ދިނީ "އިތުރު މަގާމެއް ނޫން" ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އެޕްރީލް 27، 2025: ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

އެޕްރީލް 27، 2025: ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓުން ވަކިކުރި މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ތޯރިގު އިބްރާހިމް އާއި އާދަމް ޝަރީފް އުމަރު އާއި ރިފަރެންޑަމް ވޯޓުގައި "އާނއެކޭ" ބުނަން ސަރުކާރާ އެއްކޮޅަށް ވަކާލާތުކޮށްދެއްވި ދިޔާނާ ޝަރީފަށް ފޮރިން މިނިސްޓްރީން "އިތުރު މަގާމެއް" ދީފައި ނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެ ތިން ބޭފުޅުން ވެސް އައްޔަނުކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށެވެ. އެއީ ސިޔާސީ މަގާމެކެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އެ ބޭފުޅުން މަގާމުތަކަށް އައްޔަނުކުރި ނަމަވެސް އެއީ އިތުރުވާނެ މަގާމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. 

""އެމްބަސީތަކަށް ނުވަތަ ހައި ކޮމިޝަންތަކަށް ބޭފުޅުން އައްޔަނު ކުރުމަށްޓަކައި އެއް ފަހަރާ އެއް ދުވަހުން ކުއްލިއަކަށް ގައުމެއްގެ އެމްބެސެޑަރު ގޮތަށް އައްޔަނެއް ނުކުރެވޭ، އެހެންްވެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކޮށްފައި، ދެން އެ ގައުމުގެ ފަރާތުން ގޯ އަހެޑް ލިބުނީމައި އައްޔަނު ކުރުން ކުރިއަށްގެންދެވޭނީ،" މުއިއްޒު ވިދާޅުވި އެވެ. 

"އެއީ އިތުރު މަގާމެއް ނޫން. އިތުރެއް ނުވާނެ، މި ސަރުކާރުގައި މަދުވެގެން ދާނީ،"

އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރި ތިން ބޭފުޅުންގެ ތެރެއިން ތޯރިގާއި އާދަމް ޝަރީފަކީ "ރައްޔިތުންގެ ވިންދާ އެއް ގޮތަށް" ވެރިކަން ހިންގަން ވެގެން ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވަން މަޖުބޫރުވި ދެ ބޭފުޅުންނެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ބައެއް ވަޒީރުން ވަކިކުރީ ހަމައެކަނި ޕާފޯމަންސަށް ބެލުމަށް ފަހުއެއް ނޫނެވެ. 

"މިނިސްޓަރުންގެ ގޮތުގައި ތިބި ބޭފުޅުން ވަކިކުރުމުގައި ވެސް ޕާފޯމަންސަކީ އެއް ކަންތައް، އަދި އެހެން ކަންތައްތައް ވެސް ބަލާފައި ހުންނާނެ. ބޭނުންވީ ސަރުކާރުގެ ސައިޒު ކުޑަކުރަން، ކޮންމެ ބޭފުޅަކު ވަކިކުރީ ޕާފޯމަންސް ދަށްވެގެނެއް ނޫން. ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރެއްވި ބޭފުޅުން ވެސް އެބަތިއްބެވި،" މުއިއްޒު ވިދާޅުވި އެވެ.

"ވަރަށް ހިދުމަތްތެރި ރަނގަޅަށް މަސައްކަތް ކުރީ، އެހެން ނަމަވެސް ސަރުކާރުގެ ސައިޒު ކުޑަކޮށް، ސަރުކާރު މަސައްކަތް ކުރަމުންދާ ސިސްޓަމް ބަދަލުކުރުމަށްޓަކައި ނިންމި ބަދަލުތަކެއް އެއީ،"

މި ސަރުކާރު އައުމަށް ފަހު މިހާތަނަށް އައްޔަނުކުރީ ކިހާ ސިޔާސީ މުވައްޒަފުންނެއް ކަމެއް މިހާތަނަށް ނޭނގެ އެވެ. އެ އަދަދު މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުވާއިރު މުއިއްޒު ވިދާޅުވަނީ މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ފަހު އެ އަދަދު ވަރަށް ބޮޑުތަނުން މަދުވާނެ ކަމަށެވެ. 

"ވަރަށް ބޮޑު ތަނުން އިދާރީ މަސައްކަތްތައް ނިމޭއިރުގައި ޕޮލިޓިކަލް އެޕޮއިންޓީސްގެ އަދަދު ވަރަށް ކުޑަވެގެންދާނެ، އެ ޕްރޮސެސް އެގޮތަށް އެބަ ހިނގާ،" މުއިއްޒު ވިދާޅުވި އެވެ. 

ފޮރިން މިނިސްޓްރީއަށް އައްޔަންކުރި ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ މި ސަރުކާރުގެ އެއްވެސް މަގާމެއްގައި ކުރިން ނޫޅުއްވަ އެވެ. ނަމަވެސް ރިފަރެންޑަމް ވޯޓަށް އަހަން ނިންމި ދުވަސްވަރުން ފެށިގެން ދިޔާނާ ވަނީ ސަރުކާރާ ގާތުން މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ސިޔާސީ މަގާމުތައް އިތުރު ނުކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު ތިން ބޭފުޅަކަށް ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް ދިނުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox