ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ބާއްވާ އެއްވުމުގައި ބައިވެރިވާނެ ކަމަށް ފައިސަލް ވެސް ވިދާޅުވެއްޖެ

ޑިސެމްބަރު 24، 2022 - ކުރީގެ ރައީސް، ފައިސަލް ނަސީމް: އޭނާގެ އިތުރުން، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެކަން އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ ކަށަވަރުކޮށްދެއްވައިފައި --ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޑިސެމްބަރު 24، 2022 - ކުރީގެ ރައީސް، ފައިސަލް ނަސީމް: އޭނާގެ އިތުރުން، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެކަން އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ ކަށަވަރުކޮށްދެއްވައިފައި --ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރަސްމާލެ ވިއްކުމާ ދެކޮޅަށް އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުމުގައި ބައިވެރިވާނެކަމަށް ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމް ވެސް ވިދާޅުވެއްޖެ އެވެ.

ފައިސަލްގެ ކެމްޕޭން ހިންގާ ރަސްމީ އެކައުންޓުން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ ވީޑިއޯ އިންޓަވިއުކޮޅެއްގައި ފައިސަލް ވިދާޅުވީ ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ހުރިހާ އެންމެން ވެސް ނުކުންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އާދެ އަޅުގަނޑު ބައިވެރިވާނަން އިނގޭތޯ ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ބާއްވާ ރެލީގައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރައްޔިތުންގެ ހައްގުގައި، މުޅި ގައުމުގެ ހައްގުގައި، މި ކަމުގައި ހުރިހާ އެންމެން ވެސް ނުކުންނަން އެބަޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދައިފައިވާ ގައުމީ ހަރަކާތުން އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގަންނަވާނެކަން އެމަނިކުފާނުގެ އަރިސް ބޭބޭފުޅުން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅަށް ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ކުރީގެ ރައީސް ޔާމީން ބައިވެރިވަނީ

އިދިކޮޅު ފަރާތްތަކުން ގުޅިގެން ބާއްވާ މި ހަރަކާތަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ބާއްވާ އެއްވުމެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅާފައިވާއިރު، މިކަމާ ގުޅިގެން ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

ރަސްމާލެ ވިއްކައިލުމާ ދެކޮޅަށް ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ދަނީ ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންނެވެ. ރަސްމާލެ ޑީލު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެންނަން މިދިޔަ ހޯމަ ދުވަހު ވަނީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. 

މި ޕްރޮޖެކްޓަށް ފަހިކުރުމުގެ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގޮތުން ރަސްމާލެއިން ވިއްކާ ތަންތަނަކީ "ސަރަންޑާ އެންޑް ރީގްރާންޓް" މޮޑެލްގެ ދަށުން ތާއާބަދަށް މިލްކުވެރިކަން ލިބޭ ގޮތަށް ވިއްކާލާ ތަންތަނެވެ. މިކަމާ ދެކޮޅު މީހުން ބުނަނީ މި ގޮތަށް އޮތުމުން ރަސްމާލޭގެ ބިން ތާއާބަދަށް ދޫވީ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުމުގައި ޔާމީން ބައިވެރިވަނީ

އިދިކޮޅު ފަރާތްތަކުން ގުޅިގެން ބާއްވާ މި ހަރަކާތަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ބާއްވާ އެއްވުމެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅާފައިވާއިރު، މިކަމާ ގުޅިގެން ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox