ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ: ޕެންޝަނަށް ފައިސާ ނުދައްކާ ކަމަށް ވެމްކޯ އިން ވަނީ އެއްބަސްވެފަ --- ފޮޓޯ: ރައީސް އޮފީސް

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ: ޕެންޝަނަށް ފައިސާ ނުދައްކާ ކަމަށް ވެމްކޯ އިން ވަނީ އެއްބަސްވެފަ --- ފޮޓޯ: ރައީސް އޮފީސް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންނަށް އަދިވެސް، މިދިޔަ މަހުގެ މުސާރަ ނުދޭ ކަމަށް އެ ކުންފުނީގެ މުވައްޒަފުން ބުނެފި އެވެ.

އަދަދު އަށް މައުލޫމާތު ދިން ވެމްކޯގެ މުވައްޒަފަކު ބުނީ މިއަދު ސަރުކާރު ބަންދުވުމުގެ ކުރިން މުސާރަ ދިނީ ބައެއް މުވައްޒަފުންނަށް ކަމަށެވެ. ނަމަވެސް، ދެންތިބި މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"ބައެއް މީހުންނަށް ދީފި ބަންދުގެ ކުރިން، އެކަމު އަދިވެސް ބައެއް މުވައްޒަފުންނަށް ނުލިބޭ [މުސާރައެއް]، ބިދޭސީ އެއްވެސް މީހަކަށް ނުދޭ، ދިވެހި ބައެއް މީހުންނަށް ނުލިބޭ،" މި ނޫހަށް މައުލޫމާތު ދިން ވެމްކޯގެ މުވައްޒަފު ބުންޏެވެ.

ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވާން ފެށީ މިދިޔަ އަހަރުގެ ވަކި ހިސާބަކުން ފެށިގެންނެވެ. މި ނޫހަށް މައުލޫމާތު ދިން ވެމްކޯގެ ބައެއް މުވައްޒަފުން ބުނީ އެންމެ ފުރަތަމަ ލަސްވާން ފެށީ މަހުގެ 5 ހައި ހިސާބަށް ކަމަށެވެ. ނަމަވެސް، މިހާރު ކޮންމެ މަހެއްގެ ވެސް މުސާރަ ލިބެނީ އަނެއް މަހުގެ 10 ހައި ހިސާބުގައި ކަމަށް އެ މުވައްޒަފުން ބުންޏެވެ.

މިކަމާ ގުޅިގެން ވެމްކޯގެ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މުވައްޒަފުން ބުނާ ގޮތުގައި މުސާރަ ދިނުން ލަސްވުމުގެ ސަބަބުން ކުއްޔާއި ބިލުތައް ދައްކާ ދުވަސް ލަސްވުމުން ޖޫރިމަނާތައްވެސް ދައްކަންޖެހެ އެވެ. 

"ޑޭޓެއް ކަނޑައަޅާފައި ދައްކަންޖެހޭ ބިލްތައްވެސް ހުރޭ. އެއިންނަ ޑޭޓްގެ ލާރި ނުދެއްކެންޏާ ދެން ލާރި ބަލައިގަންނާނީ ޖޫރިމަނާއާ އެކީގައި. މިކަންކަމުގެ ޒިންމާއެއް ހަމަ ގައިމުވެސް ވެމްކޯއިން ނަގާކަށް ނުޖެހޭ. މަހުގެ 10 އަކާ ހަމައަށްދާއިރު ސަރުކާރު ކުންފުންޏެއްގެ ނިމިދިޔަ މަހުގެ މުސާރަ ނުދެވި އޮތުމަކީ ވަރަށް ދެރަ ކަމެއް،" ވެމްކޯގެ މުވައްޒަފަކު ބުންޏެވެ. 

ވެމްކޯގެ އިތުރު މުވައްޒަފަކު ބުނީ ކޮންމެ މަހެއްގެ ކުއްޔާއި ބިލުތައް ދައްކަން ވަކި މުއްދަތެއް ކަނޑައެޅިފައިވާއިރު، ލަހުން އެ ފައިސާ ޖެހުމުން ގޭގެ އޯނަރުންގެ ޕްްރެޝަރުވެސް ކުރިމަތިވާ ކަމަށެވެ.

"ކޮންމެ މަހަކު ވަކި ދުވަހެއް އެބަ އިނދޭ ކަނޑައަޅާފައި ކުލި ދައްކަން. ބިލުތައް ދައްކަންވެސް. އެ މުއްދަތުގައި ކުއްޔާއި ބިލުތައް ނުދެއްކުމުން ގޭގެ އޯނަރުގެ ފަރާތުންވެސް ޕްރެޝަރު އެބަ ކުރިމަތިވޭ. އޭގެ ސަބަބުން ލަދުވެސް ގަންނަން އެބަޖެހޭ،" މުވައްޒަފަކު ބުންޏެވެ. 

މީގެއިތުރުން ވެމްކޯގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މި ނޫހަށް ބުނީ އެ މުވައްޒަފުންނަށް މުސާރަ ލިބެނީ އާންމުގޮތެއްގައި މިހާރު މަހުގެ 15 ހިސާބުގައި ކަމަށެވެ. އެގޮތުން އޭގެ ސަބަބުން ގައުމަށް ލާރި ފޮނުވުމުގައި ލަސްވާތީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށް އެ މުވައްޒަފުން ބުންޏެވެ. 

ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ކަނޑާ ޕެންޝަން ފައިސާ، އޮކްޓޯބަރު 16، 2024، އިން ފެށިގެން ޖަމާނުކުރެ އެވެ. ނަމަވެސް މުވައްޒަފުންނަށް މުސާރަ ދޭއިރު ޕެންޝަނަށް ފައިސާ ކަނޑަ އެވެ. އެއީވެސް މުވައްޒަފުންގެ ކަންބޮޑުވުމެކެވެ. 

މުވައްޒަފުންނަށް ޕެންޝަން ފައިސާ ނުދޭ ކަމަށް ވެމްކޯއިން ވަނީ އެއްބަސްވެ، އުޒުރަކަށް މާލެ ސިޓީ ކައުންސިލުން އެތަނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ ކަމަށް ބުނެފަ އެވެ. އެ ފައިސާ ވެމްކޯއަށް ދިނުމަށް ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ވަނީ މާލޭ ސިޓީ ކައުންސިލަށް ދޭންޖެހޭ 19 މިލިއަން ރުފިޔާގެ ބްލޮކް ގްރާންޓް ކަނޑާލައިފަ އެވެ. 

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ އެއް ކުންފުނި، ވެމްކޯއަށް މިދިޔަ އަހަރު އެކަނިވެސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 439.6 މިލިއަން ރުފިޔާ ހަރަދުކުރިކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި 3,500 އެއްހާ މުވައްޒަފުން ތިބިއިރު، މިދިޔަ އެޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ވެމްކޯއަށް ނަގާފައިވެ އެވެ.

ޕީސީބީން ބުނާ ގޮތުގައި ވެމްކޯއަށް 2024 ވަނަ އަހަރު 138 މިލިއަން ރުފިޔާ ގެއްލުންވި އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއްވީ 55 މިލިއަން ރުފިޔާއާއެކު ފަހު ކުއާޓާގަ އެވެ. އެ ކުންފުންޏަށް 2024 ވަނަ އަހަރު 61 މިލިއަނުގެ ގެއްލުމެއް ލިބުނުއިރު، 2023 ގައި 93 މިލިއަނުގެ ގެއްލުމެއް ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުމުގައި ޔާމީން ބައިވެރިވަނީ

އިދިކޮޅު ފަރާތްތަކުން ގުޅިގެން ބާއްވާ މި ހަރަކާތަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ބާއްވާ އެއްވުމެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅާފައިވާއިރު، މިކަމާ ގުޅިގެން ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox