ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތުން އަދާލަތު ޕާޓީގެ ނިންމުމަށް މަރުހަބާ ކިޔައިފި

"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް އިއުލާންކުރަނީ: މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނީ ރަސްމާލެ ޑީލު ބާތިލުކުރަން ދެން ހަރަކާތް ކުރިއަށް ދާނެ ކަމަށް --- ފޮޓޯ: އަދަދު

"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް އިއުލާންކުރަނީ: މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނީ ރަސްމާލެ ޑީލު ބާތިލުކުރަން ދެން ހަރަކާތް ކުރިއަށް ދާނެ ކަމަށް --- ފޮޓޯ: އަދަދު

ރާއްޖޭގައި ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅޭވެ ވަކި ސަރަހައްދުތަކެއް އުފެދޭ ގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދިޔުމަށް އަދާލަތު ޕާޓީން ގޮވައިލި ގޮވައިލުމަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް މަސައްކަތް ކުރަން އުފައްދާފައިވާ ހަރަކާތުން މަރުހަބާ ކިޔައިފި އެވެ.

"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދީނާއި ގައުމުގެ ހައްގުގައި އަދާލަތު ޕާޓީން ބަސްބުނި ބުނުމަށް މަރުހަބާ ކިޔާ ކަމަށެވެ.

"ބިރުވެރިކަމުގެ ތެރޭގައި ވެސް ދީނާއި ގައުމުގެ ދިފާއުގައި ބަސްބުނެ، ރާއްޖޭގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ގޮވާލި ގޮވައިލުމަށް ފުރިހަމައަށް ތާއީދުކުރަން،" އަލީ ހުސައިންގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.

Advertisement

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން އަންނަނީ ވަމުންނެވެ.

ދީނީ އެއްބައިވަންތަކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

އެ މައްސަލައިގައި ގިނަ ދިވެހިންގެ އެއް ކަންބޮޑުވުމަކީ ރާއްޖޭގައި ބޭރު މީހުންނަށް ވަޒަންވެރިވެވޭނެ މަގުފަހިވެގެންދިޔުމެވެ. ދީނީ އިލްމުވެރިންގެ ތެރެއިން ވެސް އެތައް ބަޔަކު އެކަމާ ދެކޮޅަށް އަޑުއުފުލަމުން އަންނައިރު، އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ރަސްމާލެ މަޝްރޫއުގެ ނަން ނުގެނެސް، އެ މަޝްރޫއު މިހާރު ކުރިއަށް ގެންދާ ގޮތަށް ނުގެންދިޔުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

"ބޭރުގެ ފަރާތްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަޙައްދުތަކެއް އުފެދޭ ގޮތަށް މަޝްރޫޢުތައް ކުރިޔަށް ގެންދާ ނަމަ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އާންމު މަސްލަޙަތާއި ދިވެހި ސަގާފަތާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް، ގޮންޖެހުންތައް ކުރިމަތިވެގެންދާނެ ކަމަށް އަދާލަތު ޕާޓީއިން ދެކެމެވެ. ވީމާ، މިގޮތަށް މަޝްރޫއު އެއް ކުރިއަށް ނުގެންދެވުމަށް ސަރުކާރަށް އިލްތިމާސްކުރަމެވެ،" އެ ޕާޓީން ނެރުނު ކުރު ބަޔާނުގައި ބުނެފައިވެ އެވެ. 

ރާއްޖޭގައި އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓު މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގައި ގެންގުޅޭ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.

އެގޮތުން، ބޭރުގެ ފަރާތްތަކުން ދާއިމީކޮށް ނުވަތަ ދިގު މުއްދަތަކަށް ދިރިއުޅޭނެ ތަންތަން ބިނާކުރުމުގެ ބަދަލުގައި، އެފަދަ މަޝްރޫއުތައް އަމާޒުކުރަންވާނީ ބޭރުގެ ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށް ކަމަށް އެ ޕާޓީން ދެކެ އެވެ. އެފަދަ އުސޫލަކުން މަޝްރޫޢުތައް ބައްޓަންކުރުމުން ރާއްޖޭގެ އިޖުތިމާޢީ ފޭރާމަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވެވޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންދާއިރު، އެ އެއްވުމުގައި އަދާލަތު ޕާޓީން ބައިވެރިވާނެ ކަމެއް އަދި، ހާމައެއް ނުކުރެ އެވެ. ނަމަވެސް، އެ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ބައިވެރިވާނެކަން ވަނީ ހާމަކޮށްފަ އެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު އަޑުތައް ގަދަވެފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހެދުމަށް މަޖިލީހަށް ހަތަރު ބިލެއް ވައްދައިފަ އެވެ.

ރަސްމާލޭގެ މަޝްރޫއުއަށް މަގުފަހިކުރުމަށް ހުށަހެޅި ރިއަލް އެސްޓޭޓު ބިލުގައި އޮތީ ގާނޫނުއަސާސީން ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ހިމާޔަތް ފަހަނައަޅައި ގޮސް "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް ތާއަބަދަށް ލީސް އާވާ ގޮތަށެވެ. އެހެންވެ އެ ޝަހަރުގައި ބޭރު މީހުންނަށް ވަޒަންވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. 

އެ ބިލުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.

އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.

މި މޮޑެލްގެ ދަށުން ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެއް ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުމުގައި ޔާމީން ބައިވެރިވަނީ

އިދިކޮޅު ފަރާތްތަކުން ގުޅިގެން ބާއްވާ މި ހަރަކާތަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ބާއްވާ އެއްވުމެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅާފައިވާއިރު، މިކަމާ ގުޅިގެން ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox