އަތޮޅު ކައުންސިލުތައް ނުހިމެނޭ ނިޒާމުގެ ދަށުން ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެންބަރުން ހުވާކޮށްފި

May 17, 2026, 11:20 AM
މާލެ ސިޓީ ކައުންސިލަރުން ހުވާކުރުން: މިއީ ލާމަރުކަޒީ ނިޒާމުގެ ދަށުން އިންތިހާބުކުރި ފަސް ވަނަ ކައުންސިލު --- ފޮޓޯ: ރާއްޖެޓީވީ

މާލެ ސިޓީ ކައުންސިލަރުން ހުވާކުރުން: މިއީ ލާމަރުކަޒީ ނިޒާމުގެ ދަށުން އިންތިހާބުކުރި ފަސް ވަނަ ކައުންސިލު --- ފޮޓޯ: ރާއްޖެޓީވީ

ގާނޫނު އަސާސީ އާއި ލާމަޒުކަޒީ ގާނޫނު ބަދަލުކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅު ކައުންސިލުތައް އުނިކުރުމަށް ފަހު ހުވާކުރާ ފުރަތަމަ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް އިންތިހާބުވީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް އިންތިހާބުވީ މެންބަރުން މިއަދު ހުވާކޮށްފި އެވެ.

މިއަދު ހުވާކުރި ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެންބަރުންނަކީ ލާމަޒުކަޒީ ނިޒާމު ވުޖޫދުުރިން ފަހުން އިންތިހާބުކުރި ފަސް ވަނަ ކައުންސިލެވެ. 

އެގޮތުން އެންމެ ފަހުން ބޭއްވި އިންތިހާބުގައި ފަސް ސިޓީ ކައުންސިލާއި 179 ރަށު ކައުންސިލު ހިމެނޭހެން 184 ކައުންސިލަރުން ހޮވަން ވޯޓު ދިނެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 73 ޕަސެންޓެވެ.

މި ފަހަރު އިންތިހާބުކުރި ކައުންސިލުތަކުގެ ތެރެއިން ފަސް ސިޓީގެ މޭޔަރުކަމާއި ސިޓީ ކައުންސިލުގެ އަގުލަބިއްޔަތު ހޯދީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. ރަށު ކައުންސިލުތަކާއި ޑަބްލިޔުޑީސީގެ ގިނަ ގޮނޑިިތައް ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.

ކައުންސިލުތަކުގެ ފަސް ވަނަ ދައުރު

  • ޖުމްލަ - 184 ކައުންސިލު
  • ސިޓީ ކައުންސިލު (5) - މީގެ ތެރޭގައި ހިމެނެނީ މާލެ، އައްޑޫ، ފުވައްމުލަކުގެ އިތުރުން ކުޅުދުއްފުއްޓާއި ތިނަދޫ
  • ރަށު ކައުންސިލު (179) - ރަށު ކައުންސިލުތަކަށް މެންބަރުން އިންތިހާބުކުރަނީ އާބާދީއަށް ބަލައިގެން.
  • އާބާދީ 2000 އަށް ވުރެ މަދު 133 ރަށް - ތިން މެންބަރުން
  • އަބާދީ 2000 އަށް ވުރެ ގިނަ 46 ރަށް - ފަސް މެންބަރުން

މި ކައުންސިލުތަކުން މިހާރު ޖާވާބުދާރީވާން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox