ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެެއް ހަލާކުވެ ދިޔަވެއްޖެ އެވެ.
އަދަދު އަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސީޕްލޭންގެ އެއް ކަނދު ހަލާކުވެ ދިޔައީ ދިޔަވަމުންނެވެ. ސީޕްލޭން އޮތީ ސީޕްލޭން ޓާމިނަލްގެ ޑޮކުތައް ކައިރީގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ޑޮކުން ވާތައް މޮހާލައި ވޯޓާރަންވޭއަށް ދިޔުމަށް ބޯޓު ދަތުރުކުަމުން ދަނިކޮށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެ ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވާއިރު އިދާރާތަކުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.








