އެކި ކަންކަމުގައި ރައީސްއަށް ލަފާ އަރުވަން، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

އެކި ކަންކަމުގައި ރައީސްއަށް ލަފާ އަރުވަން މިއަދު އެކުލަވައިލި މަޖިލީހުގެ މެންބަރުން -- ފޮޓޯ: ރައީސް އޮފީސް

އެކި ކަންކަމުގައި ރައީސްއަށް ލަފާ އަރުވަން މިއަދު އެކުލަވައިލި މަޖިލީހުގެ މެންބަރުން -- ފޮޓޯ: ރައީސް އޮފީސް

އެކި ކަންކަމުގައި ރައީސް މުހައްމަދު މުއިއްޒުއަށް ލަފާ އަރުވަން، ދައުލަތުގެ އިއްޒަތުގެ ޝަރަފު ލިބިފައިވާ ބޭފުޅުން ހިމެނޭ މަޖިލީހެއް މިއަދު އެކުލަވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަޖިލީހަކީ ގައުމުގެ ކަންކަން ހަރުދަނާކޮށް ހިންގުމަށާއި ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިޔުމަށްޓަކައި މަޝްވަރާ ހޯދުމަށް އެކުލަވައިލި މަޖިލީހެއް ކަމަށެވެ. އަދި، އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މުއިއްޒު ކަމަށް އެ އޮފީހުން ބުންޏެވެ.

މިއަދު އުފެއްދި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 12 ބޭފުޅުންނެވެ. އެ ހުރިހާ ބޭފުޅުންނަކީ ވެސް ދައުލަތުގެ ޝަރަފު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. އެއީ:

Advertisement
  • ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ވެރިޔާ، އަބްދުﷲ ކަމާލުއްދީން
  • ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ވެރިޔާ، އައްބާސް އިބްރާހިމް
  • ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ވެރިޔާ، އަބްދުއްރަޝީދު ހުސެއިން
  • ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ވެރިޔާ، އަނީސާ އަހުމަދު
  • ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ވެރިޔާ، ޑރ. މުހައްމަދު ލަތީފް
  • ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ވެރިޔާ، އިބްރާހިމް ރަޝީދު މޫސާ
  • ނިޝާން އަސްކަރީގެ ވެރިޔާ، މޫސާ އަލީ ޖަލީލް
  • ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، އިބްރާހިމް އިސްމާއިލް އަލީ
  • ނިޝާމް މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، އަހުމަދު ނަސީމް
  • ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، ބަދުރުއްނަސީރު
  • ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، އާދަމް އަބްދުއްރަހުމާން
  • ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، އަހުމަދު ޝާކިރު

ގައުމީ ލަފާ އަރުވާ މަޖިލީހެއް އެކުލަވައިލަން ނިންމާފައިވާކަން މުއިއްޒު އިއުލާނުކުރެއްވީ މި އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، ގައުމަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދީފައި ތިބި ބޭފުޅުން ހިމެނޭ މަޖިލީހަކާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ގައުމީ މަޖިލީހެއް އެކުލަވައިލައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

 ދައުލަތުގެ އިއްޒަަތް ހާސިލުކުރައްވާފައިވާ ބޭފުޅުން ހިމެނޭ މަޖިލީހެއް މިއަދު އުފައްދަވައިފައިވާއިރު، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ މަޖިލިސް އެކުލަވައިލާނީ 150 އެއްހާ މީހުން ހިމަނައިގެން ކަމަށް ޕީއެސްއެމްއިން ގެނެސްދޭ ނޭޝަން ޗެޓް ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox