ދައުލަތުގެ ބައެއް ކުންފުނިތައް އުވާލައި، ކުންފުނިތަކެއް ވިއްކާލަން ވިސްނަނީ

ފިނޭންސް މިނިސްޓްރީގެ އިމާރާތް: ގިނަ ކުންފުނިތަކަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން އަންނަނީ ވިސްނަމުން --- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ފިނޭންސް މިނިސްޓްރީގެ އިމާރާތް: ގިނަ ކުންފުނިތަކަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން އަންނަނީ ވިސްނަމުން --- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން، ދައުލަތުގެ ބައެއް ކުންފުނިތައް އުވާލައި، ކުންފުނިތަކެއް ވިއްކާލަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް "އަދަދު" އަށް އެނގިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހުން ކެބިނެޓުގައި، ދައުލަތް ހިއްސާވާ ކުންފުނިތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަރުދާހަކަށް މަޝްވަރާކުރުމަށް ފަހު ސަރުކާރުން އަންނަނީ ކުންފުނިތަކާ ގުޅޭ ބޮޑެތި ނިންމުންތަކެއް ނިންމަން ތައްޔާރުވަމުންނެވެ.

އެގޮތުން އުވާލަން މަސައްކަތް ކުރަމުންދާ އެއް ކުންފުންޏަކީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އެވެ. ސްޕޯޓްސް ކޯޕަރޭޝަނަކީ ކުޅިވަރު ގާނޫނުގެ ދަށުން 2016 ގައި އުފެއްދި، ސައްތައިންސައްތަ ދައުލަތުން ހިއްސާވާ ކުންފުންޏެކެވެ.

Advertisement

މިއީ ފުރަތަމަ ތިން އަަހަރަށް ފަހު އަމިއްލައަށް ލިބޭ އާމްދަނީން ހިންގަން ޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ ކުންފުންޏެކެވެ. މިހެން ނަމަވެސް މިއަދާ ހަމައަށް ވެސް މި ކުންފުނި ހިންގަމުން އަންނަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ. މި ކުންފުނި އުވާލަންޏާމުން ކުޅިވަރު ގާނޫނު އިސްލާހުކުރަން ޖެހޭނެ އެވެ.

މި ނޫނަސް މިގޮތަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށް، އަދި އެކަށީގެންވާ އެއްވެސް ހިދުމަތެއް މަސައްކަތެއް ނުކުރެވޭ އެހެން ކުންފުނިތަކާ ދޭތެރޭ ވެސް ގޮތްތަކެއް ނިންމުން މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.

ޕްރައިވަޓައިޒޭޝަން މަސައްކަތުގެ ދަށުން ވިއްކާލަން މަސައްކަތް ކުރަމުންދާ ކުންފުނިތަކެއް އަދި ނިންމާފައި ނުވީ ނަމަވެސް، ބަޖެޓުން ހަރަދުކޮށްގެންނާއި ފައިދާވަމުންދާ ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ. އެގޮތުން, އެއްކޮށް ވިއްކާލާށާއި، އާންމުންނަށް ހިއްސާ ވިއްކާށާއި، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލްގެ ދަށުން ކުންފުނިތަކަށް ބަދަލު ގެންނަން ސަރުކާރުން އަންނަނީ ވިސްނަމުންނެވެ.

ބަޖެޓަށް ބުރަ ކުޑަކުރަން ދައުލަތުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުުރުމާއި ރީސްޓްރަކްޗާ ކުރުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަބަދު ވެސް ލަފާދޭ ކަމެކެވެ. މައިގަނޑު މައްސަލައަކީ ކޮންމެ އަހަރެއްގެ ބަޖެޓުން ކުރަން ޖެހޭ ހަރަދާ އެއްވަރަށް ކުންފުނިތަކަށް އާމްދަނީ ނުލިބުމާއި ޕްރޮޖެކްޓުތައް ހިންގަން ނަގާފައިވާ ދަރަނި ސަރުކާރުން އަދާކުރަން ޖެހުމެވެ.

ކުރީ ސަރުކާރުގައި ވެސް މިކަމަށްޓަކައި މަސައްކަތްތަކެއް އޭރުގެ ފިނޭންސް މިނިސްޓްރީން ކުރި އެވެ. އެގޮތުން ދައުރުގެ ކުރީކޮޅު ފާސްކުރި ބަޖެޓުތަކުގައި ކުންފުނިތައް ޕްރައިވަޓައިޒް ކޮށްގެން އާމްދަނީ ހޯދަން ޖެހި އެވެ. ނަމަވެސް ފަހުން ސަރުކާރުގެ ވިސްނުން ބަދަލުވެ އެއްވެސް ކުންފުންޏެއް ވިއްކާ ނުލާ ގޮތަށް ނިންމީ އެވެ.

ފިނޭންސް މިނިސްޓްރީން 2022 އަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުގައި އެހާތަނަށް ދައުލަތް ހިއްސާވާ 32 ކުންފުންޏެއް އޮތް އޭގެ ތެރެއިން 13 ކުންފުންޏަކީ ކެޕިޓަލް އެހީ އާއި ސަބްސިީ އާއި ގްރާންޓްގެ ގޮތުގައި އެހީ ލިބެމުން އަންނަ ކުންފުނިތަކެވެ. މި ކުންފުނިތަކުގެ ތެރެއިން ބަރާބަރަށް ޑިވިޑެންޑް ދައްކަނީ 10 ކުންފުނިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox