ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ކުރިން ދެއްކި ވާހަކަ ކެންސަލް!

މާލޭގެ މައި ވިޔަފާރި ބަނދަރު: ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކުރުމަކީ، އާމްދަނީ އިތުރުކުރަން ކުރިން ކަނޑައަޅާފައި އޮތް ސިޔާސަތެއް. ނަމަވެސް އަންނަ އަހަރަށް އެ ސިޔާސަތެއް ނެތް. -- ފޮޓޯ: އަދަދު

މާލޭގެ މައި ވިޔަފާރި ބަނދަރު: ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކުރުމަކީ، އާމްދަނީ އިތުރުކުރަން ކުރިން ކަނޑައަޅާފައި އޮތް ސިޔާސަތެއް. ނަމަވެސް އަންނަ އަހަރަށް އެ ސިޔާސަތެއް ނެތް. -- ފޮޓޯ: އަދަދު

ހިނގަމުން މިދާ 2022 ގެ ބަޖެޓު ހުށަހެޅުއްވި އިރު، ދައުލަތުގެ ކުންފުނިތައް ޕްރައިވަޓައިޒް ކޮށްގެން 2022 ގައި 771 މިލިއަން ރުފިޔާ އަދި 2023 ގައި އިތުރު 771 މިލިއަން، ޖުމުލަ 1.5 ބިލިއަން ރުފިޔާ ދެ އަހަރު ތެރޭގައި ހޯދުމަށް ލިޔެފައިވެ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން، ނުވަތަ ބައިވެރިވުން އިތުރުވުމުން ފައިދާވާނެ ކަމަށް ގަބޫލު ކުރެވޭ ކުންފުނިތައް ކަނޑައަޅައި، ޕްރައިވަޓައިޒޭޝަންގެ މަސައްކަތް ކުރާނޭ ކަމަށް އިއުލާނު ކުރެވުނެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ އިތުރުން، ދައުލަތުގެ ބައެއް ކުންފުނިތަކުގެ ހިއްސާ ވިއްކުމުގެ ސަބަބުން އެފަދަ ކުންފުނިތަކަށް ސްޓްރެޓީޖިކް ޕާޓްނާސް ހޯދައި، ހިންގުން ހަރުދަނާ ކުރުމުގެ މަގުސަދުގައި، ފެށުނު ޕްރޮގްރާމް، ޓީވީ ޗެނެލްތައް ހިމެނޭ ގޮތުން ތަފާތު އެކި ސިފައިގައި މިއަހަރު ވެސް ޕްރޮމޯޓް ކުރެވުނެވެ. ނަމަވެސް، 2023 ގެ ބަޖެޓު ހުށަހެޅުއްވިއިރު ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށް އެ ދުވަހު ދެއްކި ވާހަކަ ކެންސަލްވީ ކަމުގައި ވަނީ ލިޔެފައިވެ އެވެ.

ޕްރައިވަޓައިޒޭޝަނާއި މޫނު ކެނޑެން ދިމާވީ ކީއްވެ ބާވަ އެވެ؟ ދެ އަހަރުން ހޯދަން ބޭނުންވި 1.5 ބިލިއަން ރުފިޔާގެ މުހުތާދު ނެތުނީ ބާވަ އެވެ؟ ޅެން ވެރިޔާ ވިދާޅުވެފައިވާ ފަދައިން ވައުދާ ހުވާ ކުރުމަށް ފަހު، 'ނޫނީ އެހެން ގޮތެއްގައި މަޖުބޫރު' ވީ ބާވަ އެވެ؟ ވީ ކިހިނަކުން ބާވަ އެވެ؟

Advertisement

ސަރުކާރު ކުންފުނިތަކުގެ ހާލަތު

ކުރިޔަށް އޮތް 2023 އަށް ހުށަހެޅުނު ބަޖެޓު ކަރުދާސްތަކުގައި ވިދާޅުވެފައިވާ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ދޭންޖެހޭ އެހީތެރިކަން އިތުރުވެ ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު އިތުރުވަމުން ގޮސް މި އަހަރުގެ އޯގަސްޓް މަހާ ހަމައަށް 2.7 ބިލިއަން ރުފިޔާ، ސަރުކާރު ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހި ނުދައްކާ އެބައޮތެވެ. ނިމިގެން ދިޔަ އަހަރު އަދި މި އަހަރު ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓު ކޮށްފައިވާ 1.7 ބިލިއަން ތެރެއިން ލިބޭނެ ކަމަށް ބެލެވެނީ އެންމެ 1 ބިލިއަން ރުފިޔާ އެވެ. ސަރުކާރު ކުންފުނިތައް ހިންގުމަށް އަހަރު ނިމޭއިރު 2 ބިލިއަން ރުފިޔާ ހަރަދު ވާނޭ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން ވެސް ސަރުކާރު ކުންފުނިތަކަށް ދައުލަތުގެ ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އައުޓްސްޓޭންޑިންގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ އަދި އެރިއާސްގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ އާއި، ސަރުކާރު ކުންފުނިތަކަށް ދައުލަތުން އޮންލެންޑް ކޮށްފައިވާ ލޯނުގެ 9.9 ބިލިއަން އަައުޓްސްޓޭންޑިން ކޮށް އަދި ނަންޕާފޯމިން 2.2 ބިލިއަން ރުފިޔާ ހިމެނެ އެވެ.

އަންނަ އަހަރުގެ ބަޖެޓު ކަރުދާސްތަކުގައި، ކުރިމަތީގައި ހުރި ފިސްކަލް ހިރާސްތައް ވަކިން ފާހަގަ ކުރާއިރު، އެކި ހިރާސްތައް "ދިމާވުމުގެ ފުރުސަތު ހުރި މިންވަރު" އަދި "ކުރާނޭ އަސަރު" އަންގައިދޭ ގްރާފް ޗާޓެއް ހުށަހަޅުއްވާފައިވެ އެވެ. ފެހި، އޮރެންޖް ހިމެނޭ މި ޗާޓުގެ ރަތް ކުލަ ހާއްސަ ކޮށްފައިވަނީ ދިމާވުން ގާތް އަދި ކުރާނެ އަސަރު ބޮޑު ދާއިރާތަކަށެވެ. މިގޮތުން "ކުންފުނިތަކުން ދައުލަތަށް ލިބެމުންދާ އާމްދަނީ ދައްވުން" އަދި "ކުންފުނިތަކުން ބަޖެޓަށް ބަރޯސާ ވާ މިންވަރު އިތުރުވުން" ފާހަގަ ކުރައްވާފައިވަނީ ރަތް ކުލައިންނެވެ.

ކުރިމަތީގައި މޫސުން ބަދަލުވާ ދުވަސްވަރެވެ. ވައި އެނބުރި، އޮއިވާލި ގޮނޑުދޮށްވެ، ރަށްރަށަށް ތަފާތު އެތަކެއް ޒާތުގެ ތިޔާގިކަން ލައްގާ ދުވަސްވަރެވެ. ފަހަރުގައި ޕްރައިވަޓައިޒޭޝަންގެ މަސައްކަތް ކެންސަލްވީ މިދެންނެވި މޫސުމީ ބަދަލަކަށް ކަމުގައި ވަނީ ނަމަ، އުންމީދު ކުރަނީ، ހަޅައިގެ ގަދަ ނިމި، އޮއި ހަރުލާ، ވައިހިނދި، މޫސުން ރަނގަޅު ވުމުން ޕްރައިވަޓައިޒޭޝަންގެ މަސައްކަތަށް އަލުން ރުޖޫއަ ވާނޭ ކަމަށެވެ.

އެދުވަހާއި ހަމައަށް އިރާދަ ކުރެއްވިއްޔާ ސަރުކާރު ކުންފުނިތައް ބަޖެޓު ކައްތިރި ވިއްދައިގެން ކޮއްޅަށް ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox