ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރަން މިއަހަރު ފަށާނެ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "އަދަދު"އަށް އިންޓަވިއު ދެއްވަނީ: މިއަހަރު ނިމުމުގެ ކުރިން ސަރުކާރުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުގެ ޕްރޮގްރާމް ފަށާނެ ކަމަށް ވިދާޅުވި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "އަދަދު"އަށް އިންޓަވިއު ދެއްވަނީ: މިއަހަރު ނިމުމުގެ ކުރިން ސަރުކާރުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުގެ ޕްރޮގްރާމް ފަށާނެ ކަމަށް ވިދާޅުވި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ޕްރޮގްރާމް މިއަހަރު ނިމުމުގެ ކުރިން ފެށުމަށް އަމާޒުހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އާމްދަނީ ހޯދަން މި އަހަރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރުން ހިމެނޭއިރު ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން 460 މިލިއަނެއްހާ ރުފިޔާ މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.

އެ މަސައްކަތް ފިނޭންސް މިނިސްޓްރީން އިސްވެ ކުރަމުންދާއިރު، އެކަމުގެ ދިރާސާތައް މިހާރު ނިމިފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން އެ ޕްރޮގްރާމް ފަށަން އަމާޒުހިފާފައިވާ ކަމަށް "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރެއިން މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ޓްރާންސްޕޭރަންޓުކޮށް ހުރިހާ ސްޓޭކްހޯލްޑަރުން ވެސް ބައިވެރިކޮށްގެން އަދި މި މަސައްކަތަށް ހާއްސަ ބޭރުގެ ފާމެއް ވެސް ބައިވެރިކޮށްގެން މީގަ ކުރިއަށްދާނީ. މިކަމުގެ އެކްސްޕާޓުންނާއެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ،" އަމީރު ވިދާޅުވި އެވެ.

އަދި އެކަމުގައި ކުރިއަށްދާނެ މަގު ޗާޓެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށާއި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޕްރައިވަޓައިޒް ކުރުމުގެ މަސައްކަތް ފެށުންކަން މިނިސްޓަރު ހާމަކުރެއްވި އެވެ.

އެ ޕްރޮގްރާމުގައި ވަކި ކުންފުނިތަކަކަށް އިސްކަން ދެއްވާތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ކަރުދާހުގައި ހުރިހާ ކުންފުނިތަކަށް ވެސް ބަލައި، ޕްރައިވަޓައިޒް ކުރެވޭނީ ކޮން ކުންފުނިތަކެއް ކޮން މިންވަރަކަށްތޯ ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.

"އޭގެ ފަހުން އިކޮނޮމިކް ކައުންސިލަށް ވެސް ގެންގޮސްގެން އަޅުގަނޑުމެން ބަލާނަން ސްޓްރެޓިޖިކް ޕާޓްނާއެއްތޯ ބޭނުންވަނީ؟ ޑޮމެސްޓިކް އައިޕީއޯ [އާއްމުންނަށް ހިއްސާ ވިއްކުން] އަކަށްތޯ ދާނީ؟ ބޭރުގެ އައިޕީއަކަށްތޯ ދާނީ؟،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރަން ހުށަހެޅުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވަމުން އަމީރު ވިދާޅުވީ ކުންފުނިތައް ޕްރައިވެޓައިޒް ކުރަނީ ސަރުކާރަށް އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕްރައިވެޓައިޒް ކުރުމުން އުފެއްދުންތެރިކަން އިތުރުވެ، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ވެގެންދާ ކަމަށެވެ.

ރާއްޖޭގައި ވެސް އާއްމުންގެ ހިއްސާ އޮންނަ ދައުލަތުގެ ކުންފުނިތަކުގެ ހިންގުމާއި ފައިދާ ބެހުމުގައި ވެސް، ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާ އޮންނަ ގައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ވެސް ރަނގަޅު ކަމަށް މިސާލެއް ނަންގަވަމުން އަމީރު ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ އިތުރުން، އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހެޅިކަން ކޮވިޑް-19ގެ ހާލަތުގައި ލަސްތަކެއް ހުރި ނަމަވެސް، އެ މަސައްކަތްތައް ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، "ރިއަލް އެސްޓޭޓް ޓޫރިޒަމް" ރާއްޖެ އަށް ތައާރަފު ކޮށްގެން 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އެ މަސައްކަތް ޓޫރިޒަމް މިިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، ބޭރުގެ މަހުޖަނުންނަށް އަމާޒުކުރާ "ސެކަންޑް ހޯމް" އާއި ރަށްތައް ތަރައްގީކޮށް ވިއްކުމާ ގުޅޭ ގަވައިދެއް ހަދަންޖެހޭއިރު، އެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އަމީރު ހާމަކުރެއްވި އެވެ.

އޭގެ އިތުރުން އާ ޓެލެކޮމް ލައިސެންސެއް ދޫކުރުމާއި މާލެއަށް ކޮންޖެޝަން އާއި ޕާކިން ފީ އެއް ތައާރަފް ކުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު، އެކަމުގެ މަސައްކަތްތައް ވެސް ކަމާގުޅޭ އިދާރާތަކުން ކުރިއަށްދާ ކަމަށް އަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox