ހުލާސާކޮށް އިއްޔެ: ސުކޫކު ދެއްކުން، ވެމްކޯގެ މުސާރަ ނުދެވުން އަދި ހުޅުމާލޭ މަގުތައް ވިއްކާލުން

Apr 3, 2026, 12:38 AM
މީހަކު އެމެރިކާ ޑޮލަރު ބޮނޑިއެއް ގުނަނީ

މީހަކު އެމެރިކާ ޑޮލަރު ބޮނޑިއެއް ގުނަނީ

ރާއްޖޭގެ ހަބަރުތަކުގެ ތެރެއިން އިއްޔެ އެންމެ ފާހަގަކޮށްލެވެނީ 500 މިލިއަން ޑޮލަރުގެ ސުކޫކު ސަރުކާރުން ދެއްކުމެވެ. މި ބޮޑު ދަރަނި އަދާކުރަންޖެހޭ މުއްދަތު ހަމަވާނީ މި މަހުގެ 8 ވަނަ ދުވަހަށެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު ހޮނިހިރު ދުވަހު ބާއްވާތީ ލޯނު އަނބުރާ ދެެެއްކިކަން ސަރުކާރުން އިއްޔެ އިއުލާނު ކުރި އެވެ. މި ލޯނު ދެއްކީ ރިޒާވުން ފައިސާ ނަގައިގެންނާއި އެސްޑީއެފްގައި ހުރި ފައިސާ ވެސް ބޭނުންކޮށްގެންނެވެ. 

ތިރީގައި ވަނީ އިއްޔެ ހަބަރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހަބަރުތަކެވެ. 

ރިޒާވާއި އެސްޑީއެފް ބޭނުންކޮށްގެން ސުކޫކަށް 500 މިލިއަން ޑޮލަރު ދައްކައިފި

އެސްޑީއެފްގައި ހުރި ފައިސާ އާއި ރިޒާވު ބޭނުންކޮށްގެން ސުކޫކު ދެއްކި ކަމަށް ފިނޭންސުން ބުނި ނަމަވެސް އޭގެ ތަފުސީލުތަކެއް ނުދޭ.

ސަމާހު މެރުމަށް ދެވަނަ ފަހަރަށް ކޯޓުން ހުކުމްކޮށްފި

ކ. ކާށީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރި އާދަމް ހަލީމް ނިޔާވީ ޖުލައި 23، 2012، ގައި. އެ މައްސަލައިގައި ސަމާހުގެ މައްޗަށް 2014 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަދި 2020 ވަނަ އަހަރު ހައި ކޯޓުގައި ވެސް ކުށް ސާބިތުވި.

ވެމްކޯގެ މުސާރައިގެ މައްސަލަ ބޮޑުވެ މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ

އަދަދު އަށް އެނގިފައިވާ ގޮތުގައި އާންމު ގޮތެއްގައި ކޮންމެ މަހެއްގެ އެއްވަނަ ދުވަހު މުވައްޒަފުންނަށް މުސާރަ ދޭ ވެމްކޯއަށް މި އަހަރު ފެށުނުފަހުން މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވާން ވަނީ ފަށާފައި.

އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރާތީ ވިލިނގިލި ދާއިރާގެ ނައިބުރައީސަށް ފިޔަވަޅު އަޅައިފި

އެމްޑީޕީން ބުނީ އަމީޒް ހަސަންއަށް ފިޔަވަޅު އެޅީ އެ ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރާތީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ކަމަށް.

ހުޅުލޭ-ހުޅުމާލެ ހައިވޭގެ އަރިމަތީގައި ޑްރޭގް ރޭސިން ސްޓްރިޕެއް އަޅަން ބިން ހިއްކަނީ

ރޭސިން ޓްރެކް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކަނީ ހުޅުލޭ-ހުޅުމާލޭ އިރުން އޮންނަ ހައިވޭގެ އަރިމައްޗަށްވާ ގޮތަށް އޮންނަ ފަޅުގެ ސަރަހައްދު.

އުމްރާ ދަތުރުގެ އިތުރުން ޓީވީ އާއި އޭސީ އާއި ފްރިޖްވެސް ޕީއެންސީން ބަހަނީ

އަދަދު އަށް އެނގިފައިވާ ގޮތުގައި އޭސީ އާއި ފްރިޖް ބެހީ ސ. ހުޅުދޫގައި ހުންނަ ޕީއެންސީ ހަރުގެއިން. އެއީ ގުރުއަތު ނަގައިގެން ހޮވޭ ނަސީބުވެރިންގެ މެދުގައި.

ސިމެންތި ލިބޭ ކަމަށް ބުނެ ހަނގުރާމައިގެ ހާލަތުގައި ވެސް އެސްޓީއޯއިން އާންމުންނަށް އޮޅުވާލަނީ

ޕީއެންސީ އިން ވޯޓު އޮޅުވާލަން މަސައްކަތް ކުރާކަމުގެ ތުހުމަތު

އަށްވަނަ އިސްލާހު ގާނޫނުއަސާސީގައި ހިމެނި ކަމަށް ދައްކަނީ ޓެކްނިކަލް މައްސަލައަކުން: އޭޖީ އޮފީސް

އަށްވަނަ އިސްލާހު ގެނައުމުގެ ބިލު އެއްވެސް ވަރަކަށް ޝާއިއުކޮށްފައި ނުވާނެ އެ ވެބްސައިޓުގައި. މަތީގައި އިންނަ ސުރުހީގެ ދަށުން އަށްވަނަ އިސްލާހު ހިމަނާފައިވާ ކަމަށް ދައްކަނީ ފަސްވަނަ އިސްލާހަށް އިތުރު އިސްލާހެއް ގެނެސްފައިވާތީ ނަންބަރުތައް އޮޓޯއިން ތަރުތީބުވާތީ - އޭޖީ އޮފީސް

ސިމެންތީގެ ތާށިކަން އިތުރުވެ ބަސްތާއެއްގެ އަގު 300 ރުފިޔާއިން މައްޗަށް

ގާނޫނުއަސާސީއަށް ގެންނަ ބަދަލު ރެފަރެންޑަމް ނުބާއްވަނީސް އޭޖީ އޮފީހުގެ ވެބްސައިޓެއްގައި ޝާއިއުކޮށްފި

އަދިވެސް އެ ވެބްސައިޓުގައި ގާނޫނުއަސާސީއަަށް ދިޔުމުން އެންމެ މަތީގައި އިން ސުރުހީގެ ދަށުގައި އިނީ "މި ގާނޫނުއަސާސީއަށް ގެނެސްފައިވާ އަށްވަނަ އިސްލާހު ހިމެނޭ ގޮތަށް" ކަމަށް.

އިންތިހާބާ ދިމާކޮށް ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ޕްރޮމޯޝަންތަކެއް ދޭން ފަށައިފި

ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދު އާ ވާހަކަދެއްކި ޕީޖީ އޮފީހުގެ ބައެއް މުވައްޒަފުން ބުނީ މި ހަފުތާގެ ތެރޭގައި އެ އޮފީހުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތަފުސީލެއް އޭނާ ނުދެ އެވެ.

ހުޅުމާލޭ މަގުމަތިން 600 އަށް ވުރެ ގިނަ ޕާކިން ސްލޮޓު ވިއްކާލައިފި

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި މި ޕާކިން ސްލޮޓުތައް ވިއްކާފައިވަނީ އުސޫލާ ހިލާފަށް ބައެއް މީހުންގެ އަތުން ސްލޮޓަކަށް 35,000ރ. އާއި 50,000ރ. ދެމެދުގެ އަދަދެއް ނަގައިގެން

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox