ނިމިދިޔަ ހަފްތާ: ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ރާއްޖެ އަނބުރާ އާންމު ހާލަތަށް

ކޮވިޑް-19 އެންމެ ގަދަޔަށް ފެތުރުނު ދުވަސްވަރު ސާމްޕަލް ނެގުމުގައި މަސައްކަތްކުރާ ފްރޮންޓްލައިން މުވައްޒަފެއް އެމްބިއުލާންސެއް ދާ ވަގުތު ބަލަހައްޓައިގެން -- ފޮޓޯ: އަދަދު

ކޮވިޑް-19 އެންމެ ގަދަޔަށް ފެތުރުނު ދުވަސްވަރު ސާމްޕަލް ނެގުމުގައި މަސައްކަތްކުރާ ފްރޮންޓްލައިން މުވައްޒަފެއް އެމްބިއުލާންސެއް ދާ ވަގުތު ބަލަހައްޓައިގެން -- ފޮޓޯ: އަދަދު

ރާއްްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު މީގެ ދެ އަހަރު ކުރިން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ބޮޑެތި ލުއިތަކެއް ދިނީ ނިމިދިޔަ ހަފްތާގަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވި ނަމަވެސް ކޮވިޑަށް ފާރަވެރިވެ، އަބަދުވެސް ހާލަތު މޮނީޓާކޮށް، ހާލަތާ ގުޅޭ ގޮތުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ބޭރުން އަންނަ މީހުންނާއި އެތެރޭގެ ދަތުރުތަކުގައި ޕީސީއާރު ޓެސްޓު ކުރުން ވެސް ނިމިދިޔާ ހަފްތާގައި ވަނީ ނިމުމަކަށް އައިސްފަ އެވެ. އޭގެ އިތުރުން މާސް އެކުޅުން އިހުތިޔާރީކޮށް ވެކްސިން ފުރިހަމަނުކޮށް ރާއްޖެއިން ބޭރުން އަންނަ މީހުން ވެސް އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދާ މީހުން ވެސް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެދީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ވަކިވަކި އިދާރީ ދާއިރާތަކުން މެމްބަރުން އިންތިހާބު ކުރުމުގެ ބަދަލުގައި، ރެޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކަށް ގޮނޑިތަކެއް ކަނޑައަޅައި އެ ޕާޓީތަކުން އެ ގޮނޑިތަކަށް މެމްބަރުން ކަނޑައެޅުމުގެ ފުރުސަތު ދީ، ބޮޑު އިންގިލާބީ ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.

ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ފަސް ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ އެކު، މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވީ ވެސް މިދިޔަ ހަފްތާގަ އެވެ. ކޮމިޝަންގެ އާ ދައުރުގެ ރައީސްއަކަށް އައްޔަން ކުރެއްވީ އާދަމް ޝާމިލެވެ. އަދި ނައިބަކަށް އަބްދުއްސަލާމް އެވެ.

ރައިސުލްޖުމްހޫރިއްޔާ އާއި ރައްޔިތުން މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް އަލުން ކަނޑައެޅުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު، އަބްދުﷲ ޔާމީން ގޮވާލެއްވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ މެމްބަރުންނާއި، އެ ގާނޫނުތައް ތަންފީޒު ކުރާ ބާރުގެ އިސްވެރިއަކަށް އައްޔަން ކުރާ ރައީސުލްޖުމްހޫރިއްޔާ ކަމަށް އައުމަށް މިހާރު އޮތް ޝަރުތުތައް ޒަމާނަށް ނުފެތޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ސަރުކާރުން ހުއްދަ ނުދެނީސް، އަމިއްލަ އަގުތަކެއްގައި ޓެކްސީތަކުން ދަތުރުކުރަމުންދާތީ ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ.

ޔޫކްރެއިން ހިފުމަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިން ދިވެހިރާއްޖެއަށް ކުރާނެ އަސަރު ކުޑަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ރާއްޖެއިން ޔޫކްރެއިންގެ ފުރިހަމަ މިނިވަންކަމަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ "ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު" ކަމަށެވެ.

ސަރުކާރު ވަޒީފާތަކުގައި އުޅޭ 27،467 މުވައްޒަފުންގެ އެވަރެޖު މުސާރައަކީ 15،686ރ. ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކުރީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. މިދިޔަ ހަފްތާގައި ނެރުނު އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖެނުއަރީ 2018-2022 އަށް ވޭތުވީ ހަތަރު އަހަރުގެ ތެރޭގައި 6،669 ވަޒީފާ އުފައްދައިފި އެވެ. އެއީ 33.3 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ ހަފްތާގައި ވަނީ ސުވާލު އުފެދޭ ގޮތަށް އަނބިމީހާ މަރާލިކަމުގެ ތުހުމަތުވާ މާވިން އެސްވައި ވާގަސްގެ ޝަރީއަތުގެ އަޑުއެހުމެއް ވެސް ބާއްވާފަ އެވެ. ނަމަވެސް، އަޑުއެހުމަށް ހާޒިރުވެ އިން ތަރުޖަމާނައަށް އެންމެ އެކަށީގެންވާ ގޮތުގައި ދައުވާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް, މާވިންއަށް ކިޔައިދޭން ނޭނގުމުން އަޑުއެހުން ކުރިޔަށް ގެންގޮސްފައެއް ނުވެ އެވެ. ދައުލަތުގެ ބައެއް ލިޔެކިޔުންތައް ދިފާއަށް ނުލިބި ހުރި ކަމަށް ބުނެ، ހަމަ މި މައްސަލާގައި ތުހުމަތު ކުރެވޭ ލަމްހާގެ މައްޗަށް ކުރާ ދައުވާތަކަށް ޖަވާބުދާރީވުމަށް އޭނާގެ ފަރާތުން އުޒުރުވެރިވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ބޭނުންކޮށްގެން ގަސްދުގައި ގޯސްހަދާ ފަރާތްތައް ފުލުހުންގެ ތެރޭގައި ތިބި ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިދިޔަ މަހު ވިދާޅުވި ނަމަވެސް, ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ ވާހަކަ ދޮގުކުރެއްވީ މިދިޔަ ހަފްތާގަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ރާއްޖޭގެ އެންމެ ބާރު ދުވުންވެރިޔާ ހަސަން ސާއިދު އާއި ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ ހޯދީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. މި އެވޯޑްސްގެ އެންމެ އުއްމީދީ އަންހެން އެތުލީޓްގެ އެވޯޑް ލިބުނީ ދީމާ އަށެވެ. އަދި އެންމެ އުންމީދީ ފިރިހެން އެތުލީޓުގެ އެވޯޑް ހޯދީ ބެޑްމިންޓަންގައި ފިޔަޖަހަމުން އަންނަ ނިބާލް އަހްމަދު އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކޮވިޑް- 19 ގެ ސަބަބުން ދެ އަހަރު ތެރޭގައި 71 ބިލިއަން ރުފިޔާ ގެއްލުންވި ކަމަށް ރައީސް ވިދާޅުވުން
  • ތެލުގެ އަގު ބޮޑުވިޔަސް ކަރަންޓު ބިލު ބޮޑު ނުވާނެ ކަމަށް ސްޓެލްކޯ އިން ބުނުން
  • ތ. ދިޔަމިގިލީގައި މީހެއްގެ ގައިގެ ފަސް ތަނަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކުރުން
  • ކްރިމިނަލް ކޯޓުން އޮންލައިންކޮށް މައްސަލަތައް ބަލައިގަންނަން ފެށުން
  • އެއްބަސްވުންތަކާ ބެހޭ ގޮތުން ޔާމީން ދެއްކެވި ވާހަކަތަކަށް ނަޝީދު ރައްދު ދެއްވުން
  • ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހުރިހާ ހިދުމަތެއް އެއްތާކުން ލިބޭ ސެންޓަރެއް ހުޅުވުން
  • ތަފާތު ކޮންސެޕްޓަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވުން
  • ފޭކު ޑޮލަރު ވިއްކާތީ ސަމާލުވާން ފުލުހުން އެދުން
  • އެސެޓް ރިކަވަރީ ކޮމިޝަން އުވާލުން

ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން

  1. މިއީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވާފައިވާ "ޙަސީނާގެ ހިތާމަ" ވާހަކަ ދިވެހި އަދަބިއްޔާތުގެ ހިނގައިގަނެވުނު ދައުރުގެ ތަރިކައަކަށް ވީ ސަބަބުތަކާ ގުޅޭގޮތުން ނަސްމާ އަބްދުލްމުހްސިން ލިޔުއްވާފައިވާ ކޮލަމެކެވެ.
  2. މި ރިޕޯޓަކީ ތ. ދިޔަމިގިލީ މަސްޖިދުއް އަމާނާތުގެ މުދިމު ކަމަށްވާ އަހުމަަދު މުހައްމަދު ރަޝީދު އަށް އެ ރަށު ހަސަން ސޯމިދު ވަޅިން ހަމަލާ ދީ ޒަހަމް ކޮށްލުމާ ގުޅިގެން ހާދިސާ އެ ރަށު މުދިމަށް އަމާޒުވި ސަބަބުތައް ގެނެސްދީ ހަސަން މުހައްމަދު ލިޔެފައިވާ ރިޕޯޓެކެވެ.
  3. މިއީ ދާދިފަހުން ރާއްޖޭގައި ފަޅާއެރި ޕޮންޒީ ސްކީމް އާ ގުޅިގެން ޕޮންޒީ ސްކީމް އާއި ޕިރަމިޑް ސްކީމްތައް ހިންގާ ގޮތާއި އެފަދަ ސްކީމްތަކާ މެދު ރާއްޖޭގެ ގާނޫނު ބުނާ ގޮތް ހިމަނައިގެން ގެނެސްދީފައިވާ ރިޕޯޓެކެވެ.

ދިރާސާތަކުން ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox