ރައީސްކަމާއި މެމްބަރަކަމުގެ ޝަރުތުތައް އިސްލާހުކުރަން ޔާމީން ގޮވާލައްވައިފި

ރައީސްކަމާއި މެމްބަރަކަމުގެ ޝަރުތުތައް އިސްލާހުކުރަން ޔާމީން ގޮވާލައްވައިފި

ރައިސުލްޖުމްހޫރިއްޔާ އާއި ރައްޔިތުން މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް އަލުން ކަނޑައެޅުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު، އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

އދ. މަހިބަދޫގައި އިއްޔެ ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ މެމްބަރުންނާއި، އެ ގާނޫނުތައް ތަންފީޒު ކުރާ ބާރުގެ އިސްވެރިއަކަށް އައްޔަން ކުރާ ރައީސުލްޖުމްހޫރިއްޔާ ކަމަށް އައުމަށް މިހާރު އޮތް ޝަރުތުތައް ޒަމާނަށް ނުފެތޭ ކަމަށެވެ.

އެހެންވެ، ގާނޫނުއަސާސީގެ އެ ފޮޅުވަތްތަކަށް އިސްލާހު ގެންނަން ހުށަހެޅުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ޓިކެޓުގައި މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް ދަންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުން، އަދި ދިވެހި ރާއްޖޭގެ ރައްޔިތުން މަޖިލީހަށް ކުރިމަތިލާ މެމްބަރުގެ ޝަރުތުތައް ލިޔަން ކިޔަން އެނގުން އެކަނި އޮތުން މިހާރު ޝަރުތަކަށް ނުފުދޭ ނޫންތޯ؟," ޔާމީން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު "އަދަދު" އަށް ވިދާޅުވީ އެ އިސްލާހު މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ޔާމީން މާލެއަށް ވަޑައިގެންނެވުމަށްފަހު ދެއްވާނެ ކަމަށެވެ.

އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީގައި ތިބި މެމްބަރުންގެ ތިންބައިކޮޅު ދެބައިގެ އަގުލަބިއްޔަތު ލިބިގެން ކަމަށްވާއިރު، އެ އިސްލާހު ފާސްވާނެ ކަމުގެ ޔަގީންކަން ނެތް ކަމުގައި ވީނަމަވެސް، އެ އިސްލާހު ތަޅަމަށް ވެއްދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ވަރަށް ތަފާތުކޮށް ހިންގާ ޕާޓީއެއް، އެހެންވީމަ އެބޭފުޅުން ވޯޓު ދެއްވާނެއޭ ބުނާކަށް އަދި ނޭނގޭ، އެކަމަކު ގައުމުދެކެ ލޯބިވާ ކޮންމެ މީހަކުވެސް [އެ އިސްލާހަށް] ވޯޓު ދޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެއީ ގިނަ ރައްޔިތުން އެދޭ ކަމަކަށް އެކަން [މެމްބަރުންނާއި ރައީސްގެ ތައުލީމީ ފެންވަރުގެ ޝަރުތު] ވީމަ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

titledesc

ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ ތިން ބައިކޮޅު ދެބައި މެމްބަރުންގެ ތާއީދު ލިބިގެންނެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީ ހިމެނޭ ކޯލިޝަނުން އެ އިސްލާހު މަޖިލީހަށް ވައްދާއިރު، އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގައި މިވަގުތު ތިބީ ޖުމްލަ ނުވަ މެމްބަރެކެވެ. އެ އިސްލާހު ފާސްކުރަން 58 މެމްބަރުންގެ ވޯޓު މަދުވެގެން ބޭނުންވާނެ އެވެ.

މަޖިލީހުގެ ދަފްތަރުގައި މެމްބަރުން ހިމެނޭ ގޮތް:

  • އެމްޑީޕީ - 65 މެމްބަރުން
  • ޕީޕީއެމް - ހަ މެމްބަރުން
  • ޕީއެންސީ - ތިން މެމްބަރުން
  • ޖުމްހޫރީ ޕާޓީ - ތިން މެމްބަރުން
  • އެމްއެންޕީ - ތިން މެމްބަރުން
  • އެމްޑީއޭ - ދެ މެމްބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ ފަސް މެމްބަރުން

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox