މީހުންގެ އަގުވައްޓާލަން މައްސަލަ ހުށަހަޅާތީ އަމަލުކުރާނެ އުސޫލެއް އެކުލަވާލަމުންދާ ކަމަށް އޭސީސީން ބުނެފި

އޮކްޓޯބަރު 12، 2026: މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުކޮށްފައި --- ފޮޓޯ: މަޖިލިސް އިދާރާ

އޮކްޓޯބަރު 12، 2026: މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުކޮށްފައި --- ފޮޓޯ: މަޖިލިސް އިދާރާ

އެއްވެސް އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށްޓަކައި ކޮރަޕްޝަންގެ ތުހުމަތުކޮށް މައްސަލަ ހުށަހަޅާ ކަމަށާއި އެފަދަ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިއްޔެ އޭސީސީ ހާޒިރުކޮށް މިދިޔަ އަހަރު އެ ކޮމިޝަނުން ކުރި މަސައްކަތްތަކުގެ މައުލޫމާތު ސާފުކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވަނީ ބައެއް މީހުންގެ އަގުވައްޓާލުމަށް އޭސީސީއަށް މައްސަލަ ހުށަހަޅާތީ އެ ކަންކަމާ ގުޅޭގޮތުން އަމަލުކުރަނީ ކޮން އުސޫލަކުންތޯ ސުވާލު ކޮށްފަ އެވެ.

"ކަނޑައެޅިގެން އެއްވެސް އަަސާސެއް ނުހުންނަ މައްސަލަތައް ކޮމިޝަނަށް ހުށަހެޅި، އެއީ އަސްލު މައްސަލައެއް ކަމަށް ދެއްކުމުގެ ބޭނުމުގައި މައްސަލަ ލެވޭ ފަހަރު އާދޭ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އޮތްއިރު އެ ގާނޫނު ސީދާ ކަނޑައެޅިގެން ސާފު އިބާރާތުން، ހުދާއި ކަޅުން ލިޔެފައި އޮތް މަފްހޫމެއް މެންބަރު ފާހަގަކުރެއްވީ،"  އެ ސުވާލުގެ ޖަވާބުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވި އެވެ.

މި ވަގުތު އޭސީސީން އަމަލުކުރަމުންދާ ގާނޫނުތަކުގައި މީހެއްގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކާ މެދު އަމަލުކުރާނެ ސީދާ އުސޫލެއް ކަނޑައެޅިފައި ނުވާ ކަމަށް ޝާމިލު ވިދާޅުވި އެވެ. އެ ކޮމިޝަނުގެ މެންބަރުންގެ އަގުވައްޓާލުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ޝާމިލް ތުހުމަތުކުރެއްވި އެވެ. 

"އެ ގޮތަށް ހުށަހެޅޭ މައްސަލަތަކުގައި ހާއްސަކޮށް ސިޔާސީ މަތީގައި ތިއްބަވާ، ބޮޑެތި މަގާމުތަކުގައި ތިއްބަވާ، ހަމައެކަނި ސިޔާސީ ބޭފުޅުންނެއް ވެސް ނޫން، މިސާލަކަށް ޖުޑީޝަރީ ކަމަށްވިޔަސް، ކޮމިޝަނުގެ ތެރޭގައި އަޅުގަނޑުމެން ގެންގުޅޭނެ ސްޓްރެޓެޖީއެއް މިވަނީ އީޔޫގެ އެހީގައި އެކުލަވާލެވިފައި،" 

އެކަން ތަންފީޒުކުރުން އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ޝާމިލް ވިދާޅުވި އެވެ. އެއަށް އަމަލުކުރަން ފެށުމުން މައްސަލަތަކުގައި ކަން ހިނގާ ގޮތް ރައްޔިތުންނަށް ސާފުވާނެ ކަމަށް ޝާމިލު ވިދާޅުވި އެވެ. 

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ދަށް ނަތީޖާއެއް ލިބިފައިވާއިރު، ކޮރަޕްޝަނާ ގުޅޭ ގިނަ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަންގައި ތާށިވެފައި ހުރިކަން ފާހަގަކުރެވެ އެވެ. އަދި، ސަރުކާރުން ބޭނުން ވުމުން އިދިކޮޅު ސިޔާސީ މީހުންނާއި ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގުކުރާ މައްސަލައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް އެ ކޮމިޝަނަށް ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox