މި އަހަރުގެ މިހާތަނަށް ރާއްޖެއިން ކޮވިޑުގެ 107 ކޭސް ފެނިއްޖެ

ކޮވިޑް-19 އަށް މީހުން ސްކްރީން ކުރުމުގެ ތެރެއިން: މި އަހަރު މިހާތަނަށް ކޮވިޑުގެ 107 ކޭސްއެއް ވަނީ ފެނިފައި -- ފޮޓޯ: އަދަދު ފައިލް

ކޮވިޑް-19 އަށް މީހުން ސްކްރީން ކުރުމުގެ ތެރެއިން: މި އަހަރު މިހާތަނަށް ކޮވިޑުގެ 107 ކޭސްއެއް ވަނީ ފެނިފައި -- ފޮޓޯ: އަދަދު ފައިލް

ރާއްޖެއިން މި އަހަރު ޖޫން 1، ގެ ނިޔަލަށް ކޮވިޑް-19 ގެ 107 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރިލް 21، އިން ފެށިގެން ޖޫން 1، ގެ ނިިޔަލަށް ކޮވިޑުގެ 62 ކޭސްފެނިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ފެނުނީ 27 ކޭސް އެވެ.

ކޮވިޑުގެ ކޭސްތައް ފެންނަ މިންވަރު އޭޕްރިލް އިން ފެށިގެން އިތުރު:

  • މި އަހަރު އޭޕްރިލް 21، އިން އޭޕްރިލް 27، އަށް - 4 ކޭސް | މިދިޔަ އަހަރު އެ މުއްދަތުގައި - 6 ކޭސް
  • މި އަހަރު އޭޕްރިލް 28، އިން މެއި 4، އަށް - 10 ކޭސް | މިދިޔަ އަހަރު އެ މުއްދަތުގައި - 6 ކޭސް
  • މި އަހަރު މެއި 5، އިން މެއި 11، އަށް - 7 ކޭސް | މިދިޔަ އަހަރު އެ މުއްދަތުގައި - 6 ކޭސް
  • މި އަހަރު މެއި 12، އިން މެއި 18، އަށް - 11 ކޭސް | މިދިޔަ އަހަރު އެ މުއްދަތުގައި - 2 ކޭސް
  • މި އަހަރު މެއި 19، އިން މެއި 25، އަށް - 17 ކޭސް | މިދިޔަ އަހަރު އެ މުއްދަތުގައި - 6 ކޭސް
  • މި އަހަރު މެއި 26، އިން ޖޫން 1، އަށް - 13 ކޭސް | މިދިޔަ އަހަރު އެ މުއްދަތުގައި - 1 ކޭސް

މިދިޔަ އޭޕްރިލް 21، އިން ފެށިގެން ޖޫން 1، ގެ ނިޔަލަށް އަރިދަފުސް ރޯގާގެ 46،032 ކޭސްއެއް ފެނުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ފެނުނީ 33،948 ކޭސް އެވެ.

Advertisement

އެޗްޕީއޭއިން ބުނީ މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވާއިރު، ކޮވިޑް އަދި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކުރަނީ މާލެ ސަރަހައްދުން ކަމަށެވެ.

މިދިޔަ އޭޕްރިލް 21، އިން ފެށިގެން ޖޫން 1، ގެ ނިޔަލަށް ފެނުނު އިންފްލުއެންޒާ ކޭސްތައް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ އިތުރުވެފަ އެވެ.

މިގޮތުން މި އަހަރުގެ އެ މުއްދަތުގައި 364 ކޭސް ފެނުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ފެނުނީ 45 ކޭސް އެވެ. ނަމަވެސް މިދިޔަ އަހަރަށްވުރެ މި އަހަރު ޖުމްލަ ފެނުނު އިންފްލުއެންޒާ ކޭސްތައް ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.

މިދިޔަ މެއި މަހު ޑެންގީގެ 116 ކޭސް ފެނިފައިވާއިރު، މިދިޔަ އަހަރުގެ މެއި މަހު 675 ކޭސް ފެނިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރަށްވުރެ މި އަހަރު ޖުމްލަ ފެނުނު ޑެންގީ ކޭސްތައް ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox