ސަރުކާރު ވަޒީފާތަކުގައި 27،467 މީހުން، އެވަރެޖު މުސާރަ 15,686ރ: ރިޕޯޓު

ސަރުކާރު ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގޭ ކުރިމަތީގައި ބަޔަކު މަޑުކޮށްލައިފި: ސަރުކާރުގެ ގިނަ ވަޒީފާތަކަކީ ވުޒާރާތަކާއި އޮފީސްތަކުގެ އިދާރީ ވަޒީފާތައް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ސަރުކާރު ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގޭ ކުރިމަތީގައި ބަޔަކު މަޑުކޮށްލައިފި: ސަރުކާރުގެ ގިނަ ވަޒީފާތަކަކީ ވުޒާރާތަކާއި އޮފީސްތަކުގެ އިދާރީ ވަޒީފާތައް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ސަރުކާރު ވަޒީފާތަކުގައި އުޅޭ 27،467 މުވައްޒަފުންގެ އެވަރެޖު މުސާރައަކީ 15،686ރ. ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފި އެވެ.

އެ ބިއުރޯއިން އަލަށް ޝާއިއުކުރަން ފެށި މަންތްލީ ގަވަމަންޓް ވޭޖް އިންޑެކްސްގައި ސަރުކާރު ވަޒީފާތައް ތިން ގިންތިއަކަށް ބަހާލާފައިވާއިރު، އެންމެ ގިނަ މީހުން ވަޒީފާ އަދާކުރަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އިދާރީ ހިންގުމުގެ ދާއިރާގަ އެވެ.

އެކަމަކު އެވަރެޖު މުސާރަތައް އެންމެ ބޮޑީ ހެލްތު އެންޑް ސޯޝަލް ނުވަތަ ސިއްހީ އަދި އިޖުތިމާއީ ދާއިރާގެ ވަޒީފާތަކުގަ އެވެ. އެންމެ މަދު މުވައްޒަފުންނާއި ނިސްތަބުން މުސާރަތައް އެންމެ ކުޑައީ އެޑިޔުކޭޝަން ނުވަތަ ތައުލީމީ ދާއިރާގަ އެވެ.

ސަރުކާރު މުވައްޒަފުންނާއި އެވަރެޖު މުސާރަ

  • ޕަބްލިކް އެޑްމިނިސްޓްރޭޝަން: 17،904 މުވައްޒަފުން، 15،920ރ.
  • އެޑިޔުކޭޝަން: 4،271 މުވައްޒަފުން، 12،605ރ.
  • ހެލްތު އެންޑް ސޯޝަލް: 5،292 މުވައްޒަފުން، 17،381ރ.

އަސާސީ މުސާރައަށް ބަލާއިރު ގިނަ މުވައްޒަފުންގެ އަސާސީ މުސާރަ ހުރީ 6،500ރ-9،999ރ. ދޭތެރޭގަ އެވެ.

އަސާސީ މުސާރައާ ގުޅޭ ގޮތުން ފާހަގަކުރެވޭ އަނެއް ކަމަކީ މިނިމަމް ވޭޖު ތަންފީޒުކުރަން ފެށި ނަމަވެސް، ސަރުކާރު މުވައްޒަފުންގެ ހަތަރުބައި ކުޅަ އެއްބައި މުވައްޒަފުންގެ މުސާރަތައް ހުރީ 5،000ރ. އަށް ވުރެ ދަށުގައި ކަމެވެ.

މިއީ އަސާސީ މުސާރަތައް އިތުރުކުރުމުގެ ބަދަލުގައި މިނިމަމް ވޭޖަށް ކަނޑައަޅާފައިވާ 7،000ރ. ހުރިހާ މުވައްޒަފުންނަށް ދޭން މިނިމަމް ވޭޖު އެލަވަންސްގެ ނަމުގައި ފިކްސްޑް އެލަވަންސެއް ދޭން ނިންމުމާ ގުޅިގެންނެވެ.

މުވައްޒަފުންގެ އަދަދު ހަތަރު އަހަރުގެ ތެރޭގައި 33 ޕަސެންޓު އިތުރު

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖެނުއަރީ 2018-2022 އަށް ވޭތުވީ ހަތަރު އަހަރުގެ ތެރޭގައި 6،669 ވަޒީފާ އުފައްދައިފި އެވެ. އެއީ 33.3 ޕަސެންޓުގެ އިތުރުވުމެކެވެ.

މީގެ ތެރެއިން ގިނަ ވަޒީފާތައް އުފެދުނީ 2020 ވަނަ އަހަރު އެވެ. އެ އަހަރު 2،755 ވަޒީފާ އިތުރުވެފައިވާ އިރު، މީގެ ސަބަބެއް ކަމަށް ވަނީ ކޮވިޑު ބަލިމަޑުކަމާ ގުޅިގެން ސިއްހީ ދާއިރާއިން އުފެއްދި ވަޒީފާތަކެވެ.

  • 2018 ގައި 196 ވަޒީފާ
  • 2019 ގައި 2208 ވަޒީފާ
  • 2020 ގައި 2755 ވަޒީފާ
  • 2021 ގައި 1706 ވަޒީފާ

މަހުން މަހަށް ބަލާނަމަ މި އަހަރުތަކުގެ ތެރޭގައި ވަޒީފާތައް އެންމެ ބޮޑަށް އިތުރުވީ ޑިސެމްބަރު، 2020 ގަ އެވެ.

މުސާރަތައް ދޭން 430 މިލިއަން ރުފިޔާ ހޭދަވޭ

ސަރުކާރު މުވައްޒަފުންގެ މުސާރަތައް ދޭން މި އަހަރުގެ ޖެނުއަރީގައި 430 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

މުސާރައަށް ކުރާ ހޭދައިގެ ތިންބައި ކުޅަ ދެ ބައި ނުވަތަ 66 ޕަސެންޓު ހޭދަވަނީ އެންމެ ގިނަ މުވައްޒަފުން ތިބޭ ޕަބްލިކް އެޑްމިނިސްޓްރޭޝަނަށެވެ. އެއީ 285 މިލިއަން ރުފިޔާ އެވެ.

ބާކީ ފައިސާގެ ތެރެއިން 92 މިލިއަން ރުފިޔާ ހޭދަވީ ހެލްތު ދާއިރާއަށް އަދި 53.8 މިލިއަން ރުފިޔާ ހޭދަވީ ތައުލީމީ ދާއިރާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox